Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

ޖަރުމަނުގެ ކޯޗުކަމާ ހަވާލުވާން ކްލޮޕް އެއްބަސްވެއްޖެ

6 ޖުލައި 2026 | ހޯމަ 05:27

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޖަރުމަނުން ކްލޮޕް އަށް ދެނީ ދިގު މުއްދަތުގެ އެއްބަސްވުމެއް. އެގޮތުން ޔުއެފާ ނޭޝަންސް ލީގާއި، 2028 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 2030 ގެ ފީފާ ވޯލްޑް ކަޕްގައި ކްލޮޕް ޖަރުމަނަށް އިރުޝާދު ދޭނެ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2026 | ހޯމަ 05:27
ޔާގަލް ކްލޮޕް.

ޔާގަލް ކްލޮޕް. | ރޮއިޓާސް

ޖަރުމަނުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ކަމުގެ މަޤާމާ ހަވާލުވާން، އެ ޤައުމުގެ ތަޖުރިބާކާރު ކޯޗު ޔާގަން ކްލޮޕް އެއްބަސްވެއްޖެ އެވެ.

ޖަރުމަނުގެ ކޯޗު ކަމުގައި އެންމެ ފަހުން ހުރީ ހޫލިއަން ނާގަލްސްްމަން އެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގައި ޕެރަގުއޭ އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކެޓުމާ އެކު، ނާގަލްސްމަން ވަނީ މަޤާމުން އިސްތިއުފާ ދީފައި އެވެ. އެއީ ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނާގަލްސްމަން އަށް އެކަން އެންގުމުންނެވެ. 

އެއަށް ފަހު ޖަރުމަނުން ވަނީ ކްލޮޕް އާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި އެވެ. އެގޮތުން ޖަރުމަނުގެ ކޯޗުކަމާ ހަވާލުވާން ކްލޮޕް މިހާރު އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ޖަރުމަނުން އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޖަރުމަނުން ކްލޮޕް އަށް ދެނީ ދިގު މުއްދަތުގެ އެއްބަސްވުމެކެވެ. އެގޮތުން ޔުއެފާ ނޭޝަންސް ލީގާއި، 2028 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 2030 ގެ ފީފާ ވޯލްޑް ކަޕްގައި ކްލޮޕް ޖަރުމަނަށް އިރުޝާދު ދޭނެ ކަމަށް ބުނެފައިވެ އެވެ. މިއީ ކްލޮޕްގެ ކޯޗިން ކެރިއަރުގައި އޭނާ ޤައުމީ ޓީމަކަށް އިރުޝާދު ދޭނެ ފުރަތަމަ ފަހަރެވެ.

އުމުރުން 59 އަހަރުގެ ކްލޮޕް މިވަގުތު ހުރީ ރެޑްބުލްގެ ހެޑް އޮފް ގްލޯބަލް ސޮކާގެ މަޤާމުގައި އެވެ. އޭގެ ކުރިން އޭނާ އިރުޝާދު ދީފައި ވަނީ ލިވަޕޫލް އަށެވެ. ލިވަޕޫލްގައި ކާމިޔާބު މަސައްކަތް ތަކެއް ކުރުމަށް ފަހު، ކްލޮޕް އެ ކުލަބު ދޫކޮށްލަން ނިންމީ އެވެ. އޭގެ ފަހުން އޭނާ ހޯދުމަށް ބައެއް ކުލަބު ތަކުން ޝައުޤުވެރިކަން ފާޅު ކުރި ނަަމަވެސް، ކްލޮޕް ވަނީ ކުލަބަކާ ހަވާލުވުމުގެ ވިސްނުމެއް ނެތް ކަމަށް ހާމަ ކޮށްފައި އެވެ.

ޖަރުމަނުގެ މައިންޒުން ކޯޗިން ކެރިއަރު ފެށި ކްލޮޕް އަކީ، ދުނިޔޭގައި ތިބި ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓުގެ އިތުރުން، ލިވަޕޫލް އަށް ވެސް އިރުޝާދު ދީފައި އެވެ. ލިވަޕޫލް އަށް އިރުޝާދު ދިން ނުވަ އަހަރުގެ ތެރޭގައި ކްލޮޕް ވަނީ އެ ކުލަބަށް އަށް ތައްޓެއް ކާމިޔާބު ކޮށްދީފައި އެވެ. 

ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުޔާގެން ކްލޮޕް

އިތުރަށް ކިޔާލަން

03 ޖުލައި 2026

ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި

03 ޖުލައި 2026
ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި
02 ޖުލައި 2026

ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!

02 ޖުލައި 2026
ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!
30 ޖޫން 2026

ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!

30 ޖޫން 2026
ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!
30 ޖޫން 2026

ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް

30 ޖޫން 2026
ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް
26 ޖޫން 2026

އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް

26 ޖޫން 2026
އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް
21 ޖޫން 2026

އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް

21 ޖޫން 2026
އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް
15 ޖޫން 2026

ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް
06 ޖޫން 2026

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

06 ޖޫން 2026
ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
23 މެއި 2026

މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!

23 މެއި 2026
މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
31 މާރިޗު 2026

ޖަރުމަނުން ގާނާ ވެސް ބަލިކޮށްފި

31 މާރިޗު 2026
ޖަރުމަނުން ގާނާ ވެސް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް