Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނު އަނެއް ބުރަށް

މޮޅާ އެކު ޖަރުމަނުން ގަދަ 32 ގެ ތެރެއިން ޖާގަ ހޯދީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަ ޕޮއިންޓާ އެކު، ގުރޫޕުގެ އެއް ވަނައިގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 01:32
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އީގައި އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ޖަރުމަނުން މުބާރާތުގެ ގަދަ 32 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައި ޖަރުމަނު ވަނީ މެޗުން މޮޅުވެފައި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އައިވަރީ ކޯސްޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ފްރޭންކް ކެސިއޭ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ޖަރުމަނުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައި އެވެ.

މެޗުގެ ދެ ވަނަ ހާފުގައި 68 ވަނަ މިނެޓުގައި ޑެނިސް އުންޑާވް ވަނީ ލަނޑު ޖަހައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން ޖަރުމަނު މޮޅު ކޮށްދީފައި އެވެ.

މޮޅާ އެކު ޖަރުމަނުން ގަދަ 32 ވަނަ ބުރުގެ ޖާގަ ހޯދީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަ ޕޮއިންޓާ އެކު، ގުރޫޕުގެ އެއް ވަނައިގައި އެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނު ނިކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުއައިވަރީ ކޯސްޓް ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

21 ޖޫން 2026

ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި

21 ޖޫން 2026
ސްވިޑެން ކޮޅަށް ފަސް ލަނޑު ޖަހައިގެން ނެދަލެންޑްސް ހަމަޖެހިލައިފި
20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
20 ޖޫން 2026

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

20 ޖޫން 2026
1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!
20 ޖޫން 2026

އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން

20 ޖޫން 2026
އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން
20 ޖޫން 2026

ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި

20 ޖޫން 2026
ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު