Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި

ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނާގަލްސްމަން އަަށް އަންގާފައި ވަނީ، މަގާމުން އިސްތިއުފާ ދިނުމަށް. އެއީ އޭނާ އާއެކު އިތުރަށް ކުރިއަށް ދިޔުމަށް އެ އެސޯސިއޭޝަން އިން ބޭނުން ނުވާތީ. އެއާ އެކު ނާގަލްސްމަން މިހާރު ވަނީ ޖަރުމަނުގެ ކޯޗުކަމުން އިސްތިއުފާ ދީފައި ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2026 | ހުކުރު 06:23
ޖަރުމަނުގެ ކޯޗަކަށް ހުރި ހޫލިއަން ނާގަލްސްމަން.

ޖަރުމަނުގެ ކޯޗަކަށް ހުރި ހޫލިއަން ނާގަލްސްމަން. | ރޮއިޓާސް

ޖަރުމަނުގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އައި ހޫލިއަން ނާގަލްސްމަން، އެ މަޤާމުން ވަކި ކޮށްފި އެވެ.

އުމުރުން 38 އަހަރުގެ ނާގަލްސްމަން، ޖަރުމަނުގެ ކޯޗު ކަމުން ވަކިވެފައި ވަނީ މިހާރު ކުރިއަށްދާ ފީފާ ވަރލްޑް ކަޕްގައި ޖަރުމަނަށް ކުރިމަތިވި ބޮޑު ނާކާމިޔާބާ ގުޅިގެންނެވެ. މުބާރާތުގެ ގަދަ 32 ގެ ބުރުގައި ޖަރުމަނު ވަނީ ޕެރަގުއޭ އަތުން ބަލިވެ ކަޓައިފަ އެވެ. އެއާ އެކު ނާގަލްސްމަންގެ މުސްތަޤުބަލާ މެދު އޮތީ ސުވާލު ތަކެއް އުފެދިފައި އެވެ.

ނަމަވެސް، ނާގަލްސްމަން ވަނީ ޖަރުމަނުގެ ކޯޗު ކަމުން އޭނާ އިސްތިއުފާ ނުދޭނެ ކަަމަށް ބުނެފައި އެވެ. ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނާގަލްސްމަން އަަށް އަންގާފައި ވަނީ، މަގާމުން އިސްތިއުފާ ދިނުމަށެވެ. އެއީ އޭނާ އާއެކު އިތުރަށް ކުރިއަށް ދިޔުމަށް އެ އެސޯސިއޭޝަން އިން ބޭނުން ނުވާތީ އެވެ. އެއާ އެކު ނާގަލްސްމަން މިހާރު ވަނީ ޖަރުމަނުގެ ކޯޗުކަމުން އިސްތިއުފާ ދީފައި ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފައި އެވެ. 

މިފަހަރުގެ ވަރލްޑް ކަޕް އަކީ ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ތިން ވަނަ މުބާރާތެވެ. 2023 ވަނަ އަހަރު ޖަރުމަނުގެ ކޯޗަކަށް އޭނާ ހަމަޖެއްސިއިރު، އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނު އެންމެ ފުރަތަމަ ނިކުތީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށެވެ. ނަމަވެސް، މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ ކެޓީ އެވެ.

ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ދެ ވަނަ މުބާރާތަކީ މިދިޔަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔުއެފާ ނޭޝަންސް ލީގެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަނު ވަނީ ޕޯޗުގަލް އަތުން ބަލިވެ ކަޓައިފަ އެވެ. ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ފްރާންސް އަތުން ވެސް ބަލިވެ، ޖަރުމަނަށް ލިބުނީ ހަތަރު ވަނަ އެވެ.

ތިން ވަނަ މުބާރާތަކަށް މިހާރު ކުރިއަށްދާ ވަރލްޑް ކަޕާ ކުރިމަތިލީއިރު، ޖަރުމަނުގައި އޮތީ ވަރުގަދަ ޓީމެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކިއުރުސާއޯ ބަލިކޮށް، ދެ ވަނަ މެޗުގައި އައިވަރީ ކޯސްޓު އަތުން ވެސް ޖަރުމަނު މޮޅުވި އެވެ. ނަމަވެސް، ތިން ވަނަ މެޗުގައި އެކުއެޑޯ އަތުން ބަލިވީ އެވެ. އަދި ގަދަ 32 ގައި ޕެރަގުއޭ އަތުން ބަލިވެ މުބާރާތުން ކެޓީ އެވެ. 

ޖަރުމަނުގެ ކޯޗަކަށް ނާގަލްސްމަންގެ ބަދަލުގައި ގެންނަން މަސައްކަތް ކުރަނީ، އެ ޤައުމުގެ ތަޖުރިބާކާރު ކޯޗު ޔާގަން ކްލޮޕް ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފައި އެވެ. ކްލޮޕް ވެސް ވަނީ، ޖަރުމަނުން ދެން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި އޭނާާގެ ނަން ހިމެނޭ ކަމަށް ބުނެފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުހޫލިއަން ނާގަލްސްމަން

އިތުރަށް ކިޔާލަން

03 ޖުލައި 2026

އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު

މިއީ 1954 ވަނަ އަހަރުގެ މުބާރާތުގެ ކުއަޓަރ ފައިނަލްގައި ވާާދަ ކުރި ފަހުން، ސްވިޒަލެންޑަށް މުބާރާތުގެ ނޮކްއައުޓް ބުރުން ހޯދުނު ފުރަތަމަ މޮޅު. އޭގެ ފަހުން ސްވިޒަލެންޑު ވަނީ ގުރޫޕް ސްޓޭޖު ނުވަތަ ގަދަ 16 އިން ކަޓާފައި. މިފަހަރުގެ މުބާރާތުގެ ގަދަ 16 ގައި ސްވިޒަލެންޑުން ނިކުންނާނީ ކޮލަމްބިއާ އާއި ގާނާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް.

03 ޖުލައި 2026
އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު
03 ޖުލައި 2026

ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ

މެޗުގައި ކްރޮއޭޝިއާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޕޯޗުގަލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި.

03 ޖުލައި 2026
ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ
03 ޖުލައި 2026

އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް

އެގޮތުން މިއީ 2010 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބު ކުރި ފަހުން، މުބާރާތުގެ ނޮކްއައުޓް ބުރުގެ މެޗަކުން ސްޕެއިން މޮޅުވި ފުރަތަމަ ފަހަރު.

03 ޖުލައި 2026
އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް
02 ޖުލައި 2026

އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!

އެ ޚަބަރު ލިބުމާ އެކު، އެ ތަނުގައި ތިބި ނޫސްވެރިންނާ މުޚާތަބުކޮށް "ޝުކުރިއްޔާ" ބުނުމަށް ފަހު ޑެސަބްރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފައި. ޑެސަބްރޭގެ ބައްޕަ މަރުވި ކަމުގެ ޚަބަރާ އެކު، ކޮންގޯގެ ސަޕޯޓަރުން އަންނަނީ އޭނާގެ އާއިލާ އަަށް ތައުޒިޔާ ފޮނުވަމުން.

02 ޖުލައި 2026
އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްސަން ސާވިސް އިން ހަ މިލިއަނަށް ވުރެ ގިނަ ޕޯސްޓު ތަކާއި، ކޮމެޓުތައް ސްކޭން ކުރުމަށް ފަހު މިކަން ހޯދާފައިވާއިރު، މިއީ 2022 ވަނަ އަހަރު ކުރި ޕޯސްޓުތަކާ ބަލާއިރު 33 އިންސައްތަ އިތުރުވުމެއް. އޭގެ ތެރެއިން 11 އިންސައްތަ އަކީ ނަސްލީ ގޮތުން ދިމާ ކުރުމުގެ މެސެޖުތައް ކަމަށް ފީފާ އިން ބުނެފައިވޭ.

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު