Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޖެހި ޖެހިގެން ތިން މުބާރާތުގެ ނާކާމިޔާބަށް ފަހު ވެސް ނާގަލްސްމަން ބުނީ، އިސްތިއުފާ ނުދޭނެ ކަމަށް!

ޖަރުމަނު ކެޓި މެޗަށް ފަހު ނާގަލްސްމަން ބުނީ، އޭނަ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް. އަދި ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން 2028 ވަނަ އަހަރާ ހަަމައަށް އޭނާ ހުންނަން ބޭނުންވާ ނަމަ، މަގާމުގައި ދެމި ހުންނާނެ ކަމަށް ނާގަލްސްމަން ބުނި. ނަމަވެސް، އެސޯސިއޭޝަން އިން އެގޮތް ބޭނުން ނުވާ ނަމަ މަގާމުން ދުރަށް ދާނެ ކަމަށް ނާގަލްސްމަން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 07:26
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން.

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގައި ޕެރަގުއޭ އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކެޓި ނަމަވެސް، މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ވޯލްޑް ކަޕްގެ ގަދަ 32 ގައި ޕެނަލްޓީގައި ޕެރަގުއޭ އަތުން ބަލިވެ، ޖަރުމަނު ވަނީ ކަޓައިފަ އެވެ. ޖަރުމަނަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ޓީމެކެވެ. 

ޖަރުމަނު ކެޓި މެޗަށް ފަހު ނާގަލްސްމަން ބުނީ، އޭނަ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށެވެ. އަދި ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން 2028 ވަނަ އަހަރާ ހަަމައަށް އޭނާ ހުންނަން ބޭނުންވާ ނަމަ، މަގާމުގައި ދެމި ހުންނާނެ ކަމަށް ނާގަލްސްމަން ބުންޏެވެ. ނަމަވެސް، އެސޯސިއޭޝަން އިން އެގޮތް ބޭނުން ނުވާ ނަމަ މަގާމުން ދުރަށް ދާނެ ކަމަށް ނާގަލްސްމަން ވަނީ ބުނެފައި އެވެ.

މިއީ ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ތިން ވަނަ މުބާރާތެވެ. 2023 ވަނަ އަހަރު ޖަރުމަނުގެ ކޯޗަކަށް އޭނާ ހަމަޖެއްސިއިރު، އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނު އެންމެ ފުރަތަމަ ނިކުތީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށެވެ. ނަމަވެސް، މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ ކެޓީ އެވެ.

ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ދެ ވަނަ މުބާރާތަކީ މިދިޔަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔުއެފާ ނޭޝަންސް ލީގެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަނު ވަނީ ޕޯޗުގަލް އަތުން ބަލިވެ ކަޓައިފަ އެވެ. ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ފްރާންސް އަތުން ވެސް ބަލިވެ، ޖަރުމަނަށް ލިބުނީ ހަތަރު ވަނަ އެވެ.

ތިން ވަނަ މުބާރާތަކަށް މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ ކުރިމަތިލީއިރު، ޖަރުމަނުގައި އޮތީ ވަރުގަދަ ޓީމެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކިއުރުސާއޯ ބަލިކޮށް، ދެ ވަނަ މެޗުގައި އައިވަރީ ކޯސްޓު އަތުން ވެސް ޖަރުމަނު މޮޅުވި އެވެ. ނަމަވެސް، ތިން ވަނަ މެޗުގައި އެކުއެޑޯ އަތުން ބަލިވީ އެވެ. އަދި ގަދަ 32 ގައި ޕެރަގުއޭ އަތުން ބަލިވެ މުބާރާތުން ކެޓީ އެވެ. 

ޖެހި ޖެހިގެން ތިން ވަނަ މުބާރާތުގައި ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނަށް ނަތީޖާ ނު ނެރެވުނުއިރު، އޭނާ އަށް އަންނަނީ ޕްރެޝަރު ބޮޑު ވަމުންނެވެ. ކުރިއަށް އޮތް ދުވަސް ތަކުގައި ނާގަލްސްމަންގެ މުސްތަަޤުބަލާ މެދު ގޮތެއް ނިންމާނެ އެވެ.

ފީފާ ވާރލްޑް ކަޕް 2026ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުހޫލިއަން ނާގަލްސްމަން

އިތުރަށް ކިޔާލަން

30 ޖޫން 2026

ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި

30 ޖޫން 2026
ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި
30 ޖޫން 2026

ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް

30 ޖޫން 2026
ޕެނަލްޓީގައި ވަރުގަދަ ޖަރުމަނު ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް
30 ޖޫން 2026

ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

30 ޖޫން 2026
ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
29 ޖޫން 2026

ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް

29 ޖޫން 2026
ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅައަށް އައިސްފައިވާ ބަދަލުތައް
29 ޖޫން 2026

ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ

29 ޖޫން 2026
ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ
29 ޖޫން 2026

މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ

29 ޖޫން 2026
މެސީ ބޭނުންވީ އެހެން ކުޅުންތެރިންނަށް ވަގުތު ދޭން، އޭނާގެ ކުޅުމާ މެދު މިހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި: ސްކަލޯނީ
29 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް

29 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!
28 ޖޫން 2026

ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް

28 ޖޫން 2026
ހިލޭ ޖެހުމެއްގައި މެސީ ޖެހި ލަނޑާ އެކު މޮޅުވެ، އާޖެންޓީނާގެ ރެކޯޑު ކުރިއަށް
28 ޖޫން 2026

ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ

28 ޖޫން 2026
ޕޯޗުގަލްއާ އެއްވަރުކޮށް، ކޮލަމްބިއާ އަށް ގުރޫޕުގެ އެއް ވަނަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު