Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026 | ބުރާސްފަތި 10:47

އީރާނުން އެމެރިކާއާއެކު މަޝްވަރާކުރަން ބޭނުންވި ނަމަވެސް، އެ ގައުމުން އެއްބަސްވުންތަކާ ޚިލާފުވާތީ މިވަގުތު އިޖާބަދިނުމުގެ ބޭނުމެއް ނެތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ. އީރާނުން ދޭ ކޮންމެ ހަމަލާއަކަށް އެމެރިކާއިން ދޭނީ ވަރުގަދަ ރައްދެއްކަން ފާހަގަކުރައްވައި، ރައީސް ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް" ކަމަށް ރޫބިއޯ ސިފަކުރެއްވި.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 10:47

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ޓްރަމްޕްގެ ސިޔާސަތީ "ލޮލަކަށް ބޮލެއް" ކަމަށް | ޕޮލިޓިކަލްޕެން/އެކްސް

އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް "އާދޭސްކުރަމުންދާ" ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް" ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދަކަށް އީރާނުން ހަމަލާދޭ ކޮންމެ ފަހަރަކު، އެ ގައުމުގެ ބްރިޖެއް ނުވަތަ އިންޖީނުގެއެއް "ބޮން އަޅައި ސުންނާފަތިކޮށްލާނެ" ކަމަށް ބުނެ ރައީސް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ރޫބިއޯއާ ވަނީ ނޫސްވެރިން ސުވާލުކޮށްފަ އެވެ.

ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ އާސިއާން ސަމިޓްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އީރާނުން އެމެރިކާގެ ކިބައިން އެދެމުންދަނީ އެއްބަސްވުމަކަށް އައުމަށާއި މަޝްވަރާ ކުރުމަށް ކަމަށެވެ.

ރޫބިއޯ އިތުރަށް ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަ ކޮންމެ ފަހަރަކު، އީރާނުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ އެއްބަސްވުމާ ޚިލާފުވާ ކަމަށާއި ނުވަތަ އެއްބަސްވުމަށް ބަދަލު ގެންނަން ބޭނުންވާ ކަމަށެވެ.

"އެހެންކަމުން އެމީހުންނަށް އޭގެ އަގު ދައްކަން ޖެހޭނެ. އަދި ކޮންމެ ރެއަކު އެ އަގު ދާނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުން،" ރޫބިއޯ ވިދާޅުވި އެވެ.

ރޫބިއޯ ވިދާޅުވި ގޮތުގައި، އީރާނަށް އަދިވެސް ހަމަބުއްދި ލިބިފައި ނުވާތީ، އެ ގައުމުން ހުށަހަޅާ ހުށަހެޅުންތަކަށް މިވަގުތު އިޖާބަދިނުމުގެ ބޭނުމެއް އޮތް ކަމަށް ރައީސް ޓްރަމްޕް ދެކެވަޑައެއް ނުގަންނަވަ އެވެ. ސަބަބަކީ އީރާނުން އެއްބަސްވުމަކަށް އައުމަށް ތައްޔާރު ނޫން ކަމަށާއި، ވަކިން ހާއްސަކޮށް އެމީހުން އަމަލުކުރާނެ ފަދަ އެއްބަސްވުމަކަށް އައުމުގެ ގާބިލުކަން އެ ގައުމުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ދާދިފަހުން ވަނީ އެ ގައުމުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް" ކަމަށް ސިފަކުރައްވާފަ އެވެ.

ބުދަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، އީރާނުގެ އުމްރާނީ ވަސީލަތްތައް ހިމެނޭހެން އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ އަދި ހަރުކަށި ރައްދެއް ދޭނެ ކަމަށެވެ.

އަރާގްޗީގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޫބިއޯ ވިދާޅުވީ، ރައީސް ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް" ކަމަށެވެ. އަދި ހަގީގަތުގައި ވެސް ކަންތައް ވާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ އައްބާސް އަރަގްޗީހުރްމުޒް ކަނޑުއޮޅިއާސިއާން ސަމިޓް

އިތުރަށް ކިޔާލަން

23 ޖުލައި 2026

އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު

23 ޖުލައި 2026
އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު
23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް

22 ޖުލައި 2026
އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް
22 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް

22 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް
22 ޖުލައި 2026

ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟

22 ޖުލައި 2026
ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟
22 ޖުލައި 2026

އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟

އަންގާރަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

22 ޖުލައި 2026
އަންގާރަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި

22 ޖުލައި 2026
ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް