Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026 | ބުރާސްފަތި 05:47

އީރާނުގެ އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދީފިނަމަ، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި. މި އިންޒާރު ދީފައިވަނީ އީރާނުގެ ބްރިޖުތަކާއި އިންޖީނުގެތަކަށް ބޮން އަޅާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 05:47

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާގެ ވީޑިއޯ. | ސޯޝަލް މީޑިއާ

އީރާނުގެ ބްރިޖުތަކަށް ނުވަތަ އިންޖީނުގެތަކަށް އެމެރިކާއިން އެއްވެސް ހަމަލާއެއް ދީފިނަމަ، އެކަމުގެ ބަދަލު ވަގުތުން ހިފާނެ ކަމަށާއި، މުޅި ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެއަރޯސްޕޭސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ސައްޔިދު މަޖީދު މޫސަވީ ދެއްވައިފި އެވެ.

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖެނެރަލް މޫސަވީ ވިދާޅުވީ، އީރާނުގެ ބްރިޖުތަކާއި އިންޖީނުގެތަކަށް ހަމަލާދީ އުސޫލުތަކާ ޚިލާފުވެއްޖެ ނަމަ، "ކުޑަކުދިން މަރާ މީހުންނަށް" ވާގިވެރިވާ ފަރާތްތަކާއި އެމީހުންނަށް މަރުހަބާ ކިޔާ ގައުމުތަކުން ކަރަންޓު ކެނޑޭނެކަން ކަށަވަރު ކަމަށެވެ.

މި އިންޒާރު ދީފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދަކަށް އީރާނުން އަމާޒުކޮށްފި ކޮންމެ ފަހަރަކު، އީރާނުގެ "ބްރިޖަކަށް ނުވަތަ އިންޖީނުގެއަކަށް ބޮން އަޅައި ސުންނާފަތި ކުރާނެ" ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި އިންޒާރު ދެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިފަދަ ހަމަލާތައް އަމާޒުކުރާނީ ވެރިރަށް ތެހެރާނުގައި ނުވަތަ ތެހެރާނާ ކައިރީގައި ހުންނަ ވަސީލަތްތަކަށެވެ.

އީރާނުގެ އިންޖީނުގެތަކަށް ނުވަތަ ބްރިޖުތަކަށް އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން، އެ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަށް އީރާނުން ފަސްނުޖެހޭނެ ކަމަށް އަސްކަރީ އިސް މަސްދަރަކުން ތަސްނީމް ނިއުސް އެޖެންސީއަށް ބުނެފައިވެ އެވެ.

އެ މަސްދަރުން ބުނި ގޮތުގައި، އެމެރިކާއިން އީރާނުގެ ބްރިޖަކަށް ނުވަތަ އިންޖީނުގެއަކަށް އަމާޒުކޮށްފި ނަމަ، އީރާނުން ބަދަލުގައި އެ ސަރަހައްދުގައި ހުރި އުމްރާނީ ވަސީލަތްތަކާއި ބްރިޖުތަކުގެ އިތުރުން އެމެރިކާގެ މަސްލަހަތު އޮތް ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމައަށް ފަސް މަސް ފުރެން ކައިރިވެފައިވާއިރު، މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

އެމެރިކާއިން ދަނީ ވިދިވިދިގެން 12 ރޭ ވަންދެން އީރާނަށް ހަމަލާތައް ދެމުންނެވެ. މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ގައުމުގެ ދެކުނު އައްސޭރިފަށަށާއި ހުރްމުޒް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކަށެވެ.

އީރާނުން ދަނީ ކޮންމެ ދުވަހަކުވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް ހަމަލާދެމުންނެވެ. މީގެ އިތުރުން އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ވެސް އަމަލީގޮތުން ބަންދުކޮށްފަ އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް

22 ޖުލައި 2026
އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް
22 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް

22 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް
22 ޖުލައި 2026

ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟

22 ޖުލައި 2026
ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟
22 ޖުލައި 2026

އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟

އަންގާރަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

22 ޖުލައި 2026
އަންގާރަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި

22 ޖުލައި 2026
ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި
22 ޖުލައި 2026

އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ

22 ޖުލައި 2026
އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް