Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނބުރުދޫ ކައުންސިލް

ކުނބުރުދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭންކު އެކައުންޓުތަކުގެ ބާކީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

24 ޖުލައި 2026 | ހުކުރު 12:38

ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުނބުރުދޫ ކައުންސިލުން ބޭންކް އެކައުންޓްތަކުގެ ހިސާބު ބަލަހައްޓާފައި ނުވާތީ، އެ އިދާރާގެ ފަންޑުތަކުގައި ހުރި ފައިސާގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި. އެހެންކަމުން، މާލީ ހިސާބުތަކުގެ ފުރިހަމަކަން ކަށަވަރުކުރުމަށްޓަކައި ކޮންމެ މަހަކު އެކައުންޓް ރިކޮންސައިލް ކުރުމަށާއި ވިޔަ މޮޑިއުލް މެދުވެރިކޮށް ހިސާބުތައް ތަރުތީބުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ އެ ކައުންސިލަށް އަންގާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖުލައި 2026 | ހުކުރު 12:38
އދ. ކުނބުރުދޫ

އދ. ކުނބުރުދޫ

ކުނބުރުދޫ ކައުންސިލްގެ އިދާރާއިން 2022 ވަނަ އަހަރުގެ ބޭންކް އެކައުންޓުތަކުގައި ބާކީ ބަލަހައްޓާފައި ނުވާ ކަމަށާއި ބޭންކް ރިކޮންސިލިއޭޝަން ތައްޔާރުކޮށްފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލް (އޭޖީ) އޮފީހުގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފި އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުން، ދައުލަތުގެ އޮފީހަކުން ބޭންކަކުން ފައިސާ ޖަމާކޮށްފިނަމަ، އެ ފައިސާ ޖަމާކުރި އޮފީހަކުން އެ ފައިސާގެ ހިސާބު ބަލަހައްޓައި، އެކައުންޓު ބާކީ ފޮތުގައި ލިޔެގެން ނުވަތަ ކޮމްޕިއުޓަރ ޝީޓުގައި ހިމަނައިގެން، އެ ހިސާބު ބަލަހައްޓަމުން ގެންދަން ޖޭހޭނެކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮއްފަ އެވެ. އަދި ކޮންމެ މަހެއް ނިމުމުން އެ އޮފީސްތަކުގެ އެކައުންޓުތަކުން ދައްކާ ބާކީ އާއި އޮފީހުގެ ހިސާބުތަކުން ދައްކާ ބާކީ އަކީ ރަނގަޅު ހިސާބުތަކެއްކަން ދެނެގަތުމަށް އެ ގަވާއިދުގެ 5.16 ވަނަ މާއްދާގެ (ށ) އާއި 4.07 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ރިކޮންސިލިއޭޝަން ސްޓޭޓްމެންޓެއް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި އޮޑިޓް ރިޕޯޓުގައި ވާގޮތުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 13.09 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ބޭންކް އެކައުންޓެއްގެ ހިސާބުތަކާއި ލިޔުންތައް މާލީ ޒިންމާދާރުވެރިޔާ ވަކިން ބަލަހައްޓަން ވާނެ ކަމަށާއި، ހަވާލާ ދީފައިވާ މާއްދާގެ (ނ) ގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރަށް ވަކިން ބޭންކް އެކައުންޓެއް ހިންގޭނަމަ މާލީ ޒިންމާދާރުވެރިޔާ މަދުވެގެން މަހަކު އެއް ފަހަރު އެކައުންޓް ރިކޮންސައިލް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ކައުންސިލް އިދާރާގެ ބޭންކް އެކައުންޓްތަކުގައި 2022 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 4،242،000 (ހަތަރު މިލިއަން ދެ ލައްކަ ސާޅީސް ދެ ހާސް) ރުފިޔާ ހުރިނަމަވެސް މި ގަވާއިދާ އެއްގޮތަށް އެކައުންޓުގެ ބާކީ ބަލަހައްޓާފައެއް ނުވެ އެވެ. އަދި މި އެކައުންޓުތަކުގައި ހުރި ފައިސާ އާއި ކައުންސިލްގެ އިދާރާގެ ހިސާބުތަކުން ދައްކާ ފައިސާއަކީ ރަނގަޅު ހިސާބުތަކެއްކަން ދެނެގަތުމަށްޓަކައި ތައްޔާރުކުރަންޖެހޭ ރިކޮންސިލިއޭޝަން ސްޓޭޓްމަން ތައްޔާރުކޮއްފައި ނުވާކަން ވެސް ވަނީ މި ރިޕޯޓުގައި ފާހަގަކޮއްފަ އެވެ.

މިގޮތަށް އިދާރާގެ ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި ކައުންސިލްގެ އިދާރާގެ ހިސާބުތަކުން ދައްކާ ފައިސާއާއި އަޅާކިޔައި ރިކޮންސައިލް ނުކުރާނަމަ މާލީ ހިސާބުތަކުގެ ފުރިހަމަކަން ކަށަވަރުކުރަން ދަތިވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ  އެވެ.

ކުނބުރުދޫ ކައުންސިލްގެ އިދާރާއިން އައިޓަމް ބާކީ ބަލަހައްޓާފައި ނުވުމުގެ ސަބަބުން އިދާރާގެ އެކިއެކި ފަންޑުތަކުގައި އެ އަހަރުތަކުގެ ނިޔަލަށް ހުރި ފައިސާގެ އަދަދު ކަށަވަރުވެފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މިކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.20 ވަނަ މާއްދާގެ (ހ) އަދި 13.09 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ބޭންކް އެކައުންޓް ބާކީ ބެލެހެއްޓުމަށާއި އަދި ރިކޮންސިލިއޭޝަން ތައްޔާރު ކުރުމަށް އެ ކައުންސިލަށް އަންގާ ކަމަށެވެ. އަދި މިގޮތަށް ރިކޮންސައިލް ކުރުމުގައި ކައުންސިލްގެ އިދާރާގެ ވިޔަ މޮޑިއުލް ހިސާބުތައް ބޭނުންކޮށްގެން ރިކޮންސައިލް ކުރުމަށް ވެސް އެ އޮފީހުން ވަނީ އެ ކައުންސިލަށް އަންގާފަ އެވެ.

އދ.ކުނބުރުދޫއޮޑިޓް އޮފީސްދައުލަތުގެ މާލިއްޔަތު ގަވާއިދު

އިތުރަށް ކިޔާލަން

20 ޖުލައި 2026

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

20 ޖުލައި 2026
ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް
12 ޖުލައި 2026

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026
މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް
06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
21 ޖޫން 2026

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

21 ޖޫން 2026
އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
26 މެއި 2026

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ
03 އެޕްރީލު 2026

2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

03 އެޕްރީލު 2026
2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް
05 މާރިޗު 2026

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
26 ފެބުރުއަރީ 2026

ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް

26 ފެބުރުއަރީ 2026
ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް