Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ.މަހިބަދޫ ކައުންސިލް

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026 | އާދީއްތަ 12:07

އދ. މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާތީ، ލިބެންޖެހޭ ފައިސާގެ ހިސާބުތައް ކަށަވަރުނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ. އެހެންކަމުން ކުލީގެ މައުލޫމާތު ފުރިހަމަކޮށް، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ އެ ކައުންސިލަށް އަންގާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖުލައި 2026 | އާދީއްތަ 12:07
އދ. މަހިބަދޫ: ކުލީގެ ގޮތުގައި ލިބެންޖެހޭ ހުރިހާ ފައިސާއެއް ގަވާއިދުން ލިބޭތޯ ބެލުމާއި، ފައިސާ ނުދައްކާ ފަރާތްތަކާ މެދު މާލިއްޔަތުގެ ގަވާއިދުގެ 5.16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ

އދ. މަހިބަދޫ: ކުލީގެ ގޮތުގައި ލިބެންޖެހޭ ހުރިހާ ފައިސާއެއް ގަވާއިދުން ލިބޭތޯ ބެލުމާއި، ފައިސާ ނުދައްކާ ފަރާތްތަކާ މެދު މާލިއްޔަތުގެ ގަވާއިދުގެ 5.16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ | ސޯޝަލް މީޑިއާ

އދ. މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމުކޮށްފައިވާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.31 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ކުއްޔަށް ދޫކުރާ ތަންތަނާއި ކުއްޔަށް ހިފާ ތަންތަނުގެ މައުލޫމާތު މައުލޫމާތުގެ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ދެ ރަޖިސްޓްރީއެއް ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން އެ ރަޖިސްޓްރީގައި ތަނުގެ ނަމާއި، އެޑްރެސް ކުއްޔަށް ދޫކުރި ނުވަތަ ހިފި ފަރާތް، ކުލި (މަހަކަށް)، ކުއްޔަށް ދޫކުރި ނުވަތަ ހިފި ތާރީޚު ކުލި ލިބުނު ތާރީޚާއި، ފައިސާ ބަލައިގަތް ރަސީދު ނުވަތަ ބިލު ނަންބަރާ ލިބުނު ފައިސާގެ އަދަދާއި، ކުލި ދެއްކި ތާރީޚާއި، ވައުޗަރ ނަންބަރު، ކުލީގެ ފައިސާ ޖަމާކުރެވޭ އެކައުންޓް ނަންބަރު، ކުއްޔަށް ދިން ނުވަތަ ހިފި ތަން ދޫކޮށްލި ތާރީޚު، އިތުރު ބަޔާން (ކުރެވޭ އެގްރީމަންޓާ ގުޅިގެން އެގްރީމެންޓުގެ މުއްދަތާއި މާއްދާތަކަށް ގެނެވޭ ބަދަލު) އަދި ކުއްޔަށް ދޫކުރި ނުވަތަ ހިފި ތަނުގެ އިންވެންޓްރީ ހިމަނަންވާނެ ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

ނަމަވެސް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާ އިން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައިވީ ނަމަވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މައުލޫމާތު ފުރިހަމަ ކޮށް، ކުލިދައްކާ ޝެޑިއުލް އަދާހަމަ ކޮށްފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

އެހެންކަމުން ކުލީގެ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ހުރިހާ ފައިސާ އެއް ލިބިފައިވާ ކަމެއް އަދި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި އަދަދު ކަށަވަރު ކުރެވިފައި ނުވާ ކަމަށާ ގަވާއިދުން ކުލި ނުދައްކާ ފަރާތްތަކަކަށް އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އެ އޮފީހުން ބުނީ އެހެންކަމުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.13 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މައުލޫމާތު ކަމާގުޅޭ ނަމޫނާއާ އެއްގޮތަށް ބެލެހެއްޓުމަށް ކައުންސިލަށް އަންގާ ކަމަށެވެ. އަދި ކުލީގެ ގޮތުގައި ލިބެންޖެހޭ ހުރިހާ ފައިސާއެއް ގަވާއިދުން ލިބޭތޯ ބެލުމާއި، ފައިސާ ނުދައްކާ ފަރާތްތަކާ މެދު މާލިއްޔަތުގެ ގަވާއިދުގެ 5.16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އދ.މަހިބަދޫއޮޑިޓް އޮފީސްދައުލަތުގެ މާލިއްޔަތު ގަވާއިދުކޮމްޕްލަޔަންސް އޮޑިޓް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
21 ޖޫން 2026

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

21 ޖޫން 2026
އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
26 މެއި 2026

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ
03 އެޕްރީލު 2026

2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

03 އެޕްރީލު 2026
2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް
15 މާރިޗު 2026

ހއ. އަތޮޅު ކައުންސިލުން 2 އަހަރުގެ ތެރޭ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް

15 މާރިޗު 2026
ހއ. އަތޮޅު ކައުންސިލުން 2 އަހަރުގެ ތެރޭ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް
05 މާރިޗު 2026

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
27 ފެބުރުއަރީ 2026

ކުނި ޕިކަޕް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް 68 ހާސް ރުފިޔާ ހަރަދުކޮށްފައި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ވަޑައިގަތީ ލަންކާ އަށް

27 ފެބުރުއަރީ 2026
ކުނި ޕިކަޕް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް 68 ހާސް ރުފިޔާ ހަރަދުކޮށްފައި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ވަޑައިގަތީ ލަންކާ އަށް
26 ފެބުރުއަރީ 2026

ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް

26 ފެބުރުއަރީ 2026
ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް