Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްއޭއެމްގެ ފައިސާ ގެއްލުން

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

ހުޅުމާލޭގައި ފުޓްބޯޅަ ފެސިލިޓީއެއް އެޅުމަށް އެފްއޭއެމަށް ދޫކުރި ބިމުން ސްލޮޓްތައް ކުއްޔަށް ދީގެން ލިބުނު 29.6 މިލިއަން ރުފިޔާ ގެއްލިފައިވާކަން ހާއްސަ އޮޑިޓަކުން ވަނީ ހާމަވެފަ. މީގެ ތެރޭގައި އެ އިދާރާގެ އިސްވެރިން ބަލައިގަތް ނަގުދު ފައިސާގެ އިތުރުން، ބޭންކް އެކައުންޓަށް ޖަމާވި ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ފޮނުވައިގެންނާއި ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން މުޢާމަލާތުކޮށްފައިވާ ގޮތްތައް ފާހަގަކޮށްފައިވެ. މި ފައިސާއަކީ އެފްއޭއެމްގެ ރަސްމީ އެއްވެސް ކަމަކަށް ބޭނުންކޮށްފައިވާ ފައިސާއެއް ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ.

މަޚްތޫމް
މަޚްތޫމް | 5 މާރިޗު 2026 | ބުރާސްފަތި 03:08
އެފްއޭއެމް ހައުސް

އެފްއޭއެމް ހައުސް | ސަން އޮންލައިން

ހުޅުމާލޭއިން އެފްއޭއެމްއަށް ދޫކުރި ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން ލިބުނު ފައިސާގެ ތެރެއިން 29.6 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

ފުޓުބޯޅަ ޓްރެއިނިންގ ފެސިލިޓީއެއް ގާއިމު ކުރުމަށް އެފްއޭއެމްއަށް ދޫކުރި ބިމުން ބައެއް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާއި ގުޅޭ ހާއްސަ އޮޑިޓުގައި ބުނެފައިވަނީ ހުޅުމާލޭގައި ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އެފްއޭއެމްއަށް ދޫކުރި ބިމުގެ ތެރެއިން 12 ބްލޮކެއް ކޮމާޝަލް ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި މި ބްލޮކްތަކުގެ އެކި ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް އެފްއޭއެމްއިން އެކި ފަރާތްތަކާއެކު 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 13 ސަބްލީސް އެއްބަސްވުމެއް ވަނީ ހަދާފައެވެ. މީގެ އިތުރުން އެ ބިމުގައި އަޅާފައި ހުރި އެކޮމަޑޭޝަން ބްލޮކްގެ ތިން ފްލޯރއެއް ކުއްޔަށް ދޫކުރުމަށް ދެ ސަބްލީސް އެއްބަސްވުމެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

މި އެއްބަސްވުންތަކުގެ ދަށުން ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯރތައް ކުއްޔަށް ނެގި ފަރާތްތަކުން ކުލީގެ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް އެފްއޭއެމްއަށް ޖުމުލަ 56,150,354 ރުފިޔާ ދައްކަންޖެހެ އެވެ. އެފްއޭއެމްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން 52,210,000 ރުފިޔާ އެ އިދާރާއަށް ލިބި ބަލައިގެންފައިވެއެވެ. ނަމަވެސް، މި ފައިސާގެ ތެރެއިން 29,598,200 ރުފިޔާ އެފްއޭއެމްގެ އެއްވެސް ކަމަކަށް ބޭނުން ނުކުރެވި ގެއްލިފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. 

ގެއްލިފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު، ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯރތައް ކުއްޔަށް ނެގި ފަސް ފަރާތަކުން ނަގުދު ފައިސާއިންނާއި ޗެކުން ދެއްކި 14,100,000 ރުފިޔާ ހިމެނެ އެވެ. މި ފައިސާއަކީ އެފްއޭއެމްގެ ބައެއް އިސް ފަރާތްތަކުން ބަލައިގަތް ކަމަށް ބުނެ ހުށަހަޅާފައިވާ، އެ އިދާރާގެ ސްޓޭމްޕާއި އިސްވެރިންގެ ސޮއި ހިމެނޭ ރަސީދުތަކާއި ޕޭމަންޓް ވައުޗަރުތަކުން ފެންނަން ހުރި ފައިސާ އެވެ.

މީގެ އިތުރުން، އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ކުލީގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން، އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް 14,074,060 ރުފިޔާ ފޮނުވާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. އަދި އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރި ފައިސާގެ ތެރެއިން އެކި ފަހަރު މަތިން ނަގުދު ފައިސާގެ ގޮތުގައި 1,424,140 ރުފިޔާ ނަގާފައިވާކަން ވެސް ރެކޯޑުތަކުން ދައްކަ އެވެ.

ހުޅުމާލެ އެޗްޑީސީއެފްއޭއެމް އޮޑިޓް އޮފީސް

އިތުރަށް ކިޔާލަން

04 މާރިޗު 2026

ހިޔާ ފްލެޓް ކުއްޔަށް ދޭ މައްސަލަ: އެއީ މަނާކަމެއް ކަމަށް ގާނޫނުން ކަނޑައަޅަނީ

04 މާރިޗު 2026
ހިޔާ ފްލެޓް ކުއްޔަށް ދޭ މައްސަލަ: އެއީ މަނާކަމެއް ކަމަށް ގާނޫނުން ކަނޑައަޅަނީ
03 މާރިޗު 2026

ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ

03 މާރިޗު 2026
ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ
03 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

03 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް
03 މާރިޗު 2026

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ
02 މާރިޗު 2026

ރެޑްވޭވް މޯލް މަތިން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ

02 މާރިޗު 2026
 ރެޑްވޭވް މޯލް މަތިން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު