Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ. ބޮޑުފޮޅުދޫ

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

6 ޖުލައި 2026 | ހޯމަ 08:44

އއ. ބޮޑުފޮޅުދޫ ކައުންސިލުން ގާޑިޔާ ހިންގުމަށާއި ރެސްޓޯރަންޓްތަކުގެ ބޭނުމަށް ބިންތައް ކުއްޔަށް ދޫކޮށްފައިވަނީ އާންމުކޮށް އިއުލާނުނުކޮށް އަދި ލޭންޑް ޔޫޒް ޕްލޭނާ ޚިލާފަށް ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފަ. މީގެ އިތުރުން، ލާމަރުކަޒީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ރަށުގެ ބިމުގެ ދަފްތަރު އެކުލަވާލައި ބަލަހައްޓާފައި ނުވާކަން ވެސް 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ. އެހެންކަމުން، ބިން ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުމަށާއި ބިމުގެ ދަފްތަރު ފުރިހަމަކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖުލައި 2026 | ހޯމަ 08:44
އއ. ބޮޑުފޮޅުދޫ: ކައުންސިލްގެ ބިންތައް ކުއްޔަށް ދިނުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައެއް ނުވޭ

އއ. ބޮޑުފޮޅުދޫ: ކައުންސިލްގެ ބިންތައް ކުއްޔަށް ދިނުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައެއް ނުވޭ | ޑައިނަމިސްޓް

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ބިންތައް ކުއްޔަށް ދިނުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އޮޑިޓް އޮފީހުން ނެރެފައިވާ އަރިއަތޮޅު އުތުުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް އިދާރާގެ 2024 ވަަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ  ދިރިއުޅެން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ، ރަޖިސްޓަރ ކުރުމުގެ ގަވާއިދު ގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ވަނީ އެ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގޮތަށް ބީލަމުގެ އުސޫލަށް ނުފެތޭ ގޮތަށް، އެހެން ނަމަވެސް އާންމުކޮށް އިއުލާނު ކޮށްގެން ވަކި ބޭނުންތަކަށް ބިން ދޫކުރެވިދާނެ ކަމަށް ކަމަށެވެ. 

އެއީ: 

1. މަސް ކައްކައި ހިއްކުމައި، ލޮނު އެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތް ފަދަ މަސައްކަތްތަކަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތައް ދޫކުރާ ބިން

2. ދަނޑުވެރިކަމުގެ މަސައްކަތަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން

3. ޖަނަވާރު ގެންގުޅުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން

4. ގާޑިޔާގެ ވިޔަފާރި ހިންގުމަށް 1 އަހަރު ދުވަހަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން 

5. ސާފުކޮށް ބެލެހެއްޓުމަށް 1 އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން

އޮޑިޓް ރިޕޯޓުގައި ބުނީ ނަމަވެސް ކައުންސިލުން 2024 ވަނަ އަހަރު ގާޑިޔާ ހިންގުމަށާ ރެސްޓޯރަންޓްތަކުގެ އައުޓްޑޯ ސަރަހައްދުގެ ކައުންސިލްގެ ބިން ވަގުތީ ގޮތުން ކުއްޔަށް ދޫ ކޮށްފައިވަނީ އާންމު ކޮށް އިއުލާނު ނުކޮށް ކަމަށެވެ. އަދި މިފަދައިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަކީ ކައުންސިލުން ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މަތިން ދޫކޮށްފައިވާ ބިންތަކެއް ނޫން ކަން ފާހަގަ ވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ، ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ބިން ދޫ ކުރުމަށް އޮޑިޓް އޮފީހުން ވަނީ ކައުންސިލަށް ލަފާ ދީފަ އެވެ. 

އޭގެ އިތުރުން އެ ރިޕޯޓުގައި ބުނީ ކައުންސިލްގެ އިދާރާގެ ބިމުގެ ދަފްތަރު އެކުލަވާލާފައި ނުވާ ކަމަށެވެ.

ރިޕޯޓުގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ރަށު ކައުންސިލުން އެ ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާ ބެހޭ ގައުމީ ދަފްތަރު އެކުލަވައި ބަލަހައްޓައި އިދާރާއަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން އެކުލަވާލެވިފައިވާ ބިމުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާ އަކުން ވެސް އެ އިދާރީ ދާއިރާއެއް ނިސްބަތްވާ ރަށު ކައުންސިލްތަކުގެ ބިމުގެ ދަފްތަރު ލިޔެ، ބަލަހައްޓަން ވާނެ ކަމަށެވެ. 

މި ދަފްތަރުގައި ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކާއި، ސަރުކާރަށް ދޫކުރެވިފައިވާ ގޯތިތަކާ، ވިޔަފާރި އުސޫލުން ދޫކުރެވިފައިވާ ބިންތަކުގެ އިތުރުން ރައްޔިތުންގެ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތަކާއި، ވަގުތީ ގޮތުން ދޫކުރެވިފައިވާ އޮޑި ހަރުތަކާއި، އަމިއްލަ ބޭނުން ތަކަށް ދޫކުރެވިފައިވާ ބިންތަކާއި، ވިޔަފާރި ކުރުމާއި ސިނާއީ މަސައްކަތަކަށް ދޫކުރެވިފައިވާ ބިންތައް އަދި އިޖްތިމާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތައް ވަކިން ހިމަނަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ. 

އެހެން ނަމަވެސް 2024 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލް އިދާރާގެ ބިމުގެ ދަފްތަރެއް ބަލަހައްޓާފައި ނުވާ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ބޮޑުފޮޅުދޫއޮޑިޓް އޮފީސްލޯކަލް ގަވަރންމަންޓް އޮތޯރިޓީ

އިތުރަށް ކިޔާލަން

03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
21 ޖޫން 2026

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

21 ޖޫން 2026
އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
21 މެއި 2026

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދޭން ނިންމައިފި

21 މެއި 2026
 ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދޭން ނިންމައިފި
21 މެއި 2026

އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތެއް ހުއްޓިފައި!

21 މެއި 2026
އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތެއް ހުއްޓިފައި!
18 މެއި 2026

އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު

18 މެއި 2026
އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް