Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންނަމާދޫ އޮޑިޓް ރިޕޯޓް

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

ރ. އިންނަމާދޫ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަލް އަމީން އިންވެސްޓްމަންޓާ ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް 15 އިންސައްތައަށް ވުރެ ގިނައިން އެޑްވާންސް ފައިސާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ. މަސައްކަތުގެ ފެންވަރު ދަށްވުމާއި މުއްދަތަށް ނުނިމުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރިއިރު، ޕާފޯމަންސް ގެރެންޓީ އާއި ރިޓެންޝަން ފައިސާ ނަގާފައި ނުވާތީ ދައުލަތަށް 1.8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓް އޮފީހުން ފާހަގަކުރޭ. އެހެންކަމުން މި މަސައްކަތް މިހާރު ވަނީ އިތުރު ހަރަދަކާއެކު އެހެން ކުންފުންޏަކާ ހަވާލުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 09:06
ރ. އިންނަމާދޫ ކައުންސިލާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު

ރ. އިންނަމާދޫ ކައުންސިލާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ރ. އިންނަމާދޫ ކުނިކޮށީ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގައި އާއި އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމު ކޮށްފައިވާ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ކައުންސިލްގެ އިދާރާ އިން ރ. އިންނަމާދޫ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 720،684 ރުފިޔާ އަށް އަލް އަމީން އިންވެސްޓްމަންޓާ 6 އޭޕްރީލް 2023 ގައި ހަވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނިންމާފައިނުވުމާ، ކޮށްފައިވާ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން 22 އޮކްޓޫބަރު 2023 ވަނަ ދުވަހު އެ އެއްބަސްވުން ބާތިލުކޮށް، މި މަސައްކަތް 695،000 ރުފިޔާ އަށް އެހެން ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން އަލް އަމީން އިންވެސްޓްމަންޓާ ހަވާލު ކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކައުންސިލްގެ އިދާރާ އިން ބައެއް ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާން ފައިސާ ދީފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. 

އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން ކޮންޓްރެކްޓަރ 15 އިންސައްތަ އަށް ވުރެ އިތުރަށް އެޑްވާންސް ފައިސާ ހޯދުމަށް އެދިފައިވާ ނަމަ އެޑްވާންސް ފައިސާ ދޫކުރެވޭނީ މިނިސްޓަރަށް ލިޔުމުން ހުށަހަޅައި، މިނިސްޓަރު ލިޔުމުން ދޫކުރާ ހުއްދަޔާ އެކުގައި ކަމަށެވެ. މީގެ އިތުރުން މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތް ކޮށްދޭ ނުވަތަ ޚިދުމަތް، (ކޮންސަލްޓެންސީ ފިޔަވައި) ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނީ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީ އެއް އެ ފަރާތުން ހުށަހެޅުމުން ކަމަށެވެ. 

ނަމަވެސް ކައުންސިލްގެ އިދާރާ އިން އަލް އަމީން އިންވެސްޓްމަންޓަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ހުއްދަ ނެތި 15 އިންސައްތަ އަށް ވުރެ އިތުރަށް އެޑްވާންސަށް ފައިސާ ދޫކޮށްފައިވާ ކަން އެ އޮފީހުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މި ފައިސާ ދޫކޮށްފައި ވަނީ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދާކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިގޮތުން މުޅި ކޮންޓްރެކްޓުގެ އަގު ކަމަށްވާ 720،684 ރުފިޔާގެ 20.81 އިންސައްތަ އަށްވާ 150،000 ރުފިޔާ އެޑްވާންސްގެ ގޮތުގައި އެ ފަރާތަށް ދީފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މިނިސްޓަރު ގެ ހުއްދައެއް ނުހޯދާ އެޑްވާންސްގެ ގޮތުގައި މި މަސައްކަތަށް ދެއްކޭނެ އެންމެ މަތީ އަދަދަކީ 108،103 ރުފިޔާ ކަމަށްވާއިރު މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް 41،897 ރުފިޔާ އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ ކަން ވަނީ ފާހަގަ ކޮށްފަ އެވެ. 

ކައުންސިލުން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު މި ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަސައްކަތަށް ބޭނުންވާ ތަކެތީގެ 50 އިންސައްތަ ސައިޓަށް ގެންގޮސް، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ، ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފެށުމުން ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް މި ފައިސާ ދޫކުރިއިރު ކުނިކޮށީގެ ވަށާފާރު ރޭނުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނިމިފައިނުވާތީ މިއީ މަސައްކަތުގެ ކުރިއެރުމަށް ބަލައި ދޫކުރި ޕްރޮގްރެސް ޕޭމަންޓް އަކަށް ވުރެ އެޑްވާންސް ޕޭމަންޓް އެއްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއެއް ކަން އެ އޮފީހުން ފާހަގަ ކުރެ އެވެ. 

އޭގެ އިތުރުންވެސް އެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ޕަރފޯމަންސް ގެރެންޓީ ނަގާފައިނުވުމުން މަސައްކަތް ނުނިންމާ ދޫކޮށްލުމުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތެއް ނެތް ކަމަށާ ބިލްތަކަށް ފައިސާ ދައްކާފައި ވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމުމުން ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ. އަދި މަސައްކަތުގެ ބޮޑު ބައެއް ނުނިންމާ ކޮންޓްރެކްޓަރު މަސައްކަތް ދޫ ކޮށްލާފައިވާ ކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ރިޓެންޝަން ފައިސާ ވެސް ކެނޑުމެއް ނެތި ކަމަށާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމާ ދޫކޮށްލުމުން ދައުލަތަށް އިތުރަށް 184،316 ރުފިޔާ ޚަރަދު ކުރަން ޖެހުނު ކަމަށެވެ. 

އޮޑިޓް އޮފީސްރ. އިންނަމާދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

24 ޖެނުއަރީ 2026
އެކި ފަހަރު މަތިން ރިޕޯޓު ކޮށްގެން ވެސް ފިޔަވަޅެއް ނޭޅި، އޮޅުވާލައިގެން ބައްޕަގެ ނަމުގައި 1 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި!

އެކި ފަހަރު މަތިން ރިޕޯޓު ކޮށްގެން ވެސް ފިޔަވަޅެއް ނޭޅި، އޮޅުވާލައިގެން ބައްޕަގެ ނަމުގައި 1 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި!

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު