Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިލަންދޫ ކައުންސިލްގެ އާމްދަނީ

ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް

26 ފެބުރުއަރީ 2026 | ބުރާސްފަތި 10:54

ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ، ދައުލަތުގެ މާލީ ނިޒާމު "ވިޔަ މޮޑިއުލް" ގައި ރެކޯޑްކޮށްފައި ނުވާކަން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މާލިއްޔަތު ގަވާއިދާ ޚިލާފަށް ބިމު ކުއްޔާއި އެކި ވިޔަފާރިތަކުން ލިބުނު މި ފައިސާގެ ރަސީދު ހަދާފައިވަނީ ހަމައެކަނި "ކުއިކް ބުކްސް" ސިސްޓަމުން ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވޭ. މި މުއާމަލާތްތައް ރަސްމީ ނިޒާމުގެ ތެރެއިން ރެކޯޑް ނުކުރުމުގެ ސަބަބުން ކައުންސިލްގެ އާމްދަނީގެ ރިޕޯޓުތައް ފުރިހަމަ ނޫންކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ.

މަޚްތޫމް
މަޚްތޫމް | 26 ފެބުރުއަރީ 2026 | ބުރާސްފަތި 10:54
ފ. ނިލަންދޫ ކައުންސިލްގެ މެންބަރުން.

ފ. ނިލަންދޫ ކައުންސިލްގެ މެންބަރުން. | ފ. ނިލަންދޫ ކައުންސިލް

ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް ކަމަށް އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ  ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.06 ވަނަ މާއްދާގެ  (ހ) ގައި ބަޔާންކޮށްފައިވަނީ، ޗެކުން ނުވަތަ އެކައުންޓް ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ދައްކާ ފައިސާ ނުވަތަ ކްރެޑިޓް ކާޑުން ދައްކާ ފައިސާ ބަލައިގަންނާނީ ރަސީދު ހަދައިގެން ކަމަށާއި، އަދި ފޮތުގައި ލިޔެ ހިސާބުތައް ގަވާއިދުން ފުރިހަމަ ކުރަންވާނެ ކަަމަށެވެ. 

Advertisement - newsAdvertisement

އަދި ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ "ކައުންސިލްތަކުން އޮންލައިން ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު"  ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ކައުންސިލްތަކުގެ ހިސާބު ބެލެހެއްޓުމަށް ބޭނުންކުރާ ވިއުގަ "ވިޔަ މޮޑިއުލް" ގައި އޮންލައިން ބޭންކިންގ މެދުވެރިކޮށް ކުރާ މުއާމަލާތްތައް ރިކޯޑް ކުރަންވާނެ ކަމަށެވެ. އަދި "ވިޔަ މޮޑިއުލް" ގައި ރިކޯޑް ނުކޮށް އޮންލައިން ބޭންކިންގ މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެ ކަމަށާއި، އާމްދަނީގެ ގޮތުގައި ފައިސާއެއް ލިބިއްޖެނަމަ، ލިބިފައިވާ ފައިސަގެ ތަފްސީލު ވިޔަ މޮޑިއުލްގައި ރިކޯޑް ކުރަންވާނެ ކަމަށެވެ. 

ނަމަވެސް ފ. ނިލަންދޫ ކައުންސިލް އިދާރާ އަށް 2023  ވަނަ އަހަރު ބަލައިގަނެފައިވާ ހުރިހާ ފައިސާއަށް ވިޔަ މޮޑިއުލްގެ ތެރެއިން ރަސީދު ހަދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ކައުންސިލްގެ އާމްދަނީގެގޮތުގައި ބަލައިގަންނަ ބައެއް ފައިސާ އާއި ވިޔަފާރި ހަރަކާތުން (އައްޑަނަ ފިހާރަ) އިން ލިބޭ ފައިސާ އަށް "ކުއިކް ބުކްސް" ސިސްޓަމުން ރަސީދު ހަދާފައިވީ ނަމަވެސް. "ވިޔަ މޮޑިއުލް" ގައި ރެކޯޑް ކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ. 

އޮޑިޓްގައި ބުނީ މިޔަ މޮޑިއުލްގެ ތެރެއިން ރަސީދު ހަދާފައި ނުވާ ކަމަށް ފާހަގަކުރެވިފައިވާ ކައުންސިލްގެ އާމްދަނީގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކަށް ލިބޭ ފައިސާ، ބިމު ކުލީގެ ގޮތުގައި ލިބޭ ފައިސާ، ރުއްގަނޑު ކުލީގެ ގޮތުގައި ލިބޭ ފައިސާ، އިމާރާތު ކުލީގެ ގޮތުގައި ލިބޭ ފައިސާ، ކުއްޔަށް ތަކެތި ދޫކޮސްގެން ލިބޭ ފައިސާ، ކާށި/ކުރުނބާ ވިއްކައިގެން ލިބޭ ފައިސާ އަދި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ހިމެނެ އެވެ. 

އަދި ކައުންސިލަށް ލިބޭ ފައިސާގެ ގޮތުގައި "ކުއިކް ބުކްސް" ގައި ޖުމްލަ 2،273،238 (ދެ މިލިއަން ދެލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ އަށްޑިހަ ނުވައެއް) ރުފިޔާ ހިމަނާފައިވާ އިރު، 1،24،816 (އެއް މިލިއަން ހަތްލައްކަ ސައުވިސް ހާސް އަށްސަތޭކަ ސޯޅަ ރުފިޔާ) ވިޔަ މޮޑިއުލްގައި ރިކޯޑް ކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވެ އެވެ. 

އެހެންކަމުން، ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބުނު ގިނަ އަދަދެއްގެ ފައިސާ ވިޔަ މޮޑިއުލްގެ ތެރެއިން ރަސީދު ހަދާ ރިކޯޑްކޮށްފައި ނުވުމުގެ ސަބަބުން ވިޔަ މޮޑިއުލްގެ ލިބުނު ފައިސާގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ. 

ނީލަންދޫވިޔަ މޮޑިއުލްދައުލަތުގެ މާލިއްޔަތު ގަވާއިދުފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2026

ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް

22 ފެބުރުއަރީ 2026
ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް
24 ޖެނުއަރީ 2026

ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި

24 ޖެނުއަރީ 2026
ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި
24 ޖެނުއަރީ 2026

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

24 ޖެނުއަރީ 2026
2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ
09 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް
07 ޖެނުއަރީ 2026

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި
29 ޑިސެމްބަރު 2025

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި
01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް