Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުސާރަ ލަސްވުން

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026 | އަންގާރަ 13:57

އީދު ބަންދުގެ ކުރިން މުސާރަ ނުލިބުމުން މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް މި މަހުގެ މުސާރަ ދޫކުރާނީ ބޭންކުތައް ހުޅުވާ ތާރީޚުތަކަށް ރިއާޔަތްކޮށް މި މަހުގެ 28 އަދި 31 ގަ ކަމަށް މިނިސްޓްރީ އިން ބުނެފި. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މުސާރަ ޝީޓުތައް ކުރިން ތައްޔާރުކުރި ނަމަވެސް، މިހާރު ކަނޑައަޅާފައިވާ ތާވަލަކީ ބޭންކުތައް ބަންދުވުމާ ގުޅިގެން ހަމަޖެއްސި ތަރުތީބެއް ކަމަށް. ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ އިތުރުވެފައިވާ މި ދަނޑިވަޅުގައި، މުސާރަ ޖަމާކުރުން ލަސްވުމަކީ ގިނަ ބައެއްގެ ޝަކުވާ އަމާޒުވެފައިވާ ކަމެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 26 މެއި 2026 | އަންގާރަ 13:57
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު | ރައީސް އޮފީސް

އީދު ބަންދުގެ ކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކޮށްދީފައި ނުވާތީ ގިނަ ބައެއްގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، މި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި ދައުލަތުގެ މުވައްޒަފުންނަށް މެއި މަހުގެ މުސާރަ ލިބޭނީ މި މަހުގެ 28 އަދި 31 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވަނީ މުސާރަ ލަސްވާތީ މުވައްޒަފުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އެ މިނިސްޓްރީން ބުނީ މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާވާނީ މި ހަފުތާ ނިމޭ ދުވަހާއި އަންނަ ހަފުތާ ފެށޭ ދުވަހު ކަމަށެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހަކީ އީދު ޗުއްޓީގެ ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވާ ދުވަހެވެ. މިނިސްޓްރީން ބުނި ގޮތުގައި މުސާރަ ދިނުމުގެ ކަންކަން މި ތާރީޚުތަކަށް ތަރުތީބުކުރީ ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.

ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން އަންނަނީ އީދު ބަންދުގެ ކުރިން މުސާރަ ނުލިބުމުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. ގިނަ މުވައްޒަފުން އުންމީދުކޮށްގެން ތިބީ އީދު ބަންދަށް އޮފީސްތައް ބަންދުވުމުގެ ކުރިން މުސާރަ ލިބޭނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން ފުރަތަމަ މަސައްކަތް ކުރީ އީދަށް ބަންދު ކުރުމުގެ ކުރިން މުސާރަ ޖަމާކޮށްދިނުމަށެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެލަވަންސްތައް ހަދައި، ސަރުކާރުގެ ވުޒާރާތަކުން މުސާރަ ޝީޓުތައް ވެސް އޮތީ ފިނޭންސަށް ފޮނުވާފަ އެވެ.

އީދު ބަންދާ ގުޅިގެން މުސާރަ ދިނުން ލަސްވި ކަމަށް ސަރުކާރުން ބުނާއިރު، ފަހަކަށް އައިސް ސަރުކާރުގެ މުވައްޒަފުންގެ އަދަދު އިތުރުވެ، މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ އިތުރުން ޕޭ ހާމަނައިޒޭޝަންގެ ދަށުން ގެނައި ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހަރަދު ވެސް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.

ފިނޭންސް މިނިސްޓްރީޕޭ ހާމަނައިޒޭޝަންދައުލަތުގެ މާލިއްޔަތު ގަވާއިދުމުސާރަ ލަސްވުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މެއި 2026

އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް

22 މެއި 2026
އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް
18 މެއި 2026

އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް

18 މެއި 2026
އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް
18 މެއި 2026

ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން

18 މެއި 2026
ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން
29 އެޕްރީލު 2026

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
25 އެޕްރީލު 2026

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި
19 އެޕްރީލު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު
08 އެޕްރީލު 2026

އދ. ދިއްދޫ ކަައުންސިލް އިދާރާގެ މުވައްޒަފުންނަށް ނިމިދިޔަ މަހުގެ މުސާރަ ޖަމާވީ މިއަދު

08 އެޕްރީލު 2026
 އދ. ދިއްދޫ ކަައުންސިލް އިދާރާގެ މުވައްޒަފުންނަށް ނިމިދިޔަ މަހުގެ މުސާރަ ޖަމާވީ މިއަދު
03 އެޕްރީލު 2026

2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

03 އެޕްރީލު 2026
2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް
29 މާރިޗު 2026

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

29 މާރިޗު 2026
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި
18 މާރިޗު 2026

"ރައީސް އޮފީސް، ޕޭ ކޮމިޝަން، މި ހުރިހާ ތަނަކަށް ދެވިއްޖެ، ދެން ނުދެވި އޮތީ އަޅުގަނޑުމެން ގަބުރުތައް މި ގެންދާ ތަން"

18 މާރިޗު 2026
"ރައީސް އޮފީސް، ޕޭ ކޮމިޝަން، މި ހުރިހާ ތަނަކަށް ދެވިއްޖެ، ދެން ނުދެވި އޮތީ އަޅުގަނޑުމެން ގަބުރުތައް މި ގެންދާ ތަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް