Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގދ. އަތޮޅު ކައުންސިލް

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަންގާފައިވާ ސާކިއުލާއާ ޚިލާފަށް، ގދ. އަތޮޅު ކައުންސިލްގެ ބަޖެޓުން 7 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތައިލެންޑަށް ތަޖުރިބާ ދަތުރެއް ކުރި މައްސަލަ އޮޑިޓް އޮފީހުން ފާހަގަކޮށްފި. މި ދަތުރުގައި އެ ގައުމުގެ ރަސްމީ އެއްވެސް އިދާރާއަކާ ބައްދަލުކުރިކަން އެނގެން ނެތްއިރު، މިއީ މީގެ ކުރިން އެކި ގައުމުތަކަށް ކުރި ދަތުރުތަކުގައި ހާސިލުކުރަން ބުނި ކަންކަން ހާސިލުކުރުމަށް ކޮށްފައިވާ ދަތުރެއްކަން އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވޭ. އެހެންކަމުން، ބަޖެޓުން ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި ސްޕޮންސަރާއި އެހީ ހޯދައިގެން މެނުވީ މިފަދަ ދަތުރުތައް ނުކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 10:02
މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގދ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގދ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން | ރައީސް އޮފީސް

ގދ. އަތޮޅު ކައުންސިލުން 2025 ވަނަ އަހަރު ތައިލެންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރަކަށް 723،936 ރުފިޔާ ޚަރަދު ކޮށްފައިވާއިރު މި ޚަރަދަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ކަމުގައި ބެލެން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން ނެރެފައިވާއިރު ގދ. އަތޮޅު ކައުންސިލް އިދާރާގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނީ ސިޓީތަކާ އިދާރީ ހިންގުމާ އާންމު މަސައްކަތާ ބެހޭ ވުޒާރާ އިން ނެރެފައިވާ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ނިންމެވި ކަންކަން ތަންފީޒު ކުރުމާ ބެހޭ ސަރކިއުލާ ގައި ކައުންސިލްތަކުގެ ރިކަރަންޓް ޚަރަދު ކުޑަ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށާއި އަދި އެ ވަގުރު ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫނީ ނުކުރުމަށާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ރިޕޯޓުގައި ބުނީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 4 ވަނަ އާންމު ބައްދަލުވުމުގައި ތައިލެންޑްގެ ހުއަ-ނިން އަށް "ފީލްޑް އެކްސްޕަޓައިޒް ޓުއަރ" ގެ ނަމުގައި ދަތުރެއް ކުރުމަށް ނިންމައި މި ދަތުރު ކުރުމާއި ގުޅޭ މައުލޫމާތު ހިމެނުމަށްފަހު 9 މާޗު 2025 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އަށް ސިޓީ އެއް ފޮނުވާފައި ވާ ކަމަށެވެ. 

ނަމަވެސް މި ސިޓީ އާއި ގުޅޭ އެއްވެސް ޖަވާބެއް ކައުންސިލްގެ އިދާރާ އަށް ލިބިފައި ނުވާއިރު ދަތުރުގެ ޚަރަދުތައް ކުރުމުގައި އެ ވުޒާރާ އިން ނެރެފައިވާ ސަރކިއުލާ އާ އެއްގޮތަށް އަމަލު ކޮށްފައި ނުވާކަން ފާހަގަ ކޮށްފައި ވެ އެވެ. 

މިގޮތުން 9 އޭޕްރީލް 2025 އިން 21 އޭޕްރީލް 2025 އަށް ތައިލެންޑަށް އަތޮޅު ކައުންސިލްގެ އިދާރާ ތަމްސީލު ކުރާ 9 މެންބަރުންނާ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 10 ބޭފުޅުން 13 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާއިރު މި ދަތުރަށް ހިނގާނޭ ޚަރަދުގެ ފައިސާ ލިބޭނެ އެހެން ގޮތްތަކެއް ( ސްޕޮންސަރ ނުވަތަ ބޭރުގެ އެހީ) ހޯދުމަކާ ނުލައި ކައުންސިލްގެ އިދާރާގެ ބަޖެޓުން 723،936 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

މިގޮތަށް ކައުންސިލްގެ އިދާރާގެ ބަޖެޓުން ބޮޑު އަދަދެއް ޚަރަދު ކޮށްފައި ވުމުން ސަރކިއުލާގައި އިރުޝާދުދީފައިވާ ގޮތަށް ޚަރަދުތައް ކުޑަ ކުރަން ކައުންސިލްގެ އިދާރާއިން އަމަލު ކޮށްފައިވާ ނުވާކަން ފާހަގަ ވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އޮޑިޓް އޮފީހުން ވަނީ ދަތުރު ރިޕޯޓްގައި ތައިލެންޑުގެ ކަމާބެހޭ އިދާރާތަކާއި ރިސަރޗް އިންސްޓިޓިއުޝަންތަކާއި އަދި ރަސްމީ ގޮތުން ގަބޫލުކުރާ ދަނޑުވެރިކަމުގެ ޖަމިއްޔާތަކާ ބައްދަލު ކޮށްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތްކަމާއި އެ ގައުމުގެ ދަނޑުވެރިކަމާ ފަތުރުވެރިކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލު ކޮށްފައިވާ ކަން އެނގެން ނެތްކަން ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ކައުންސިލް އިދާރާ އިން ތައިލެންޑަށް ކޮށްފައިވާ ދަތުރުތަކުގައި ހާސިލުކުރުމަށް ބަޔާން ކޮށްފައިވާ ބައެއް ކަންކަމަކީ 2023 ވަނަ އަހަރު ތައިލެންޑަށް އަދި 2024 ވަނަ އަހަރު ތުރުކީ، ދުބާއީ، އަދި ސްރީ ލަންކާ އަށް ކޮށްފައިވާ ދަތުރުތަކުގައި ވެސް ހާސިލުކުރުމަށް ބަޔާން ކޮށްފައިވާ ކަންކަން ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ. 

އެހެންކަމުން މިކަންކަން އިސްލާހު ކޮށް އިސްލާހު ކުރަން ލަފާދީފައިވާ ގޮތް ސަރކިއުލާގައި ލަފާދިފައިވާ ގޮތަށް އަމަލު ކުރުމަށް އެ އޮފީހުން ވަނީ ކައުންސިލަށް އިލްތިމާސް ކޮށްފަ އެވެ. އަދި ދައުލަތުން ކުރާ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި މިފަދަ ދަތުރުތަކަށް ހިނގާނޭ ޚަރަދު އިދާރާގެ ބަޖެޓުން ކުރުމުގެ ބަދަލުގައި ސްޕޮންސަރ އާއި އެހީގެ ގޮތުގައި ފައިސާ ހޯދައިގެން މެނުވީ ދަތުރުތަކަށް މިފަދަ ބޮޑު ޚަރަދެއް ނުކުރުމަށް ވެސް ބުނެފައިވެ އެވެ. 

ތައިލެންޑްއޮޑިޓް އޮފީސްމިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" : މިނިސްޓަރު އާދަމް ޝަރީފް

ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" : މިނިސްޓަރު އާދަމް ޝަރީފް

25 މާރިޗު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނެއް މަރުވެއްޖެ

06 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ކެނދިކުޅުދޫގައި ޤާއިމު ކުރާ އައުޓްޑޯ ޖިމް ހުއްޓިފައި، ކައުންސިލާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރޭ

ކެނދިކުޅުދޫގައި ޤާއިމު ކުރާ އައުޓްޑޯ ޖިމް ހުއްޓިފައި، ކައުންސިލާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރޭ

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު