Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓް އޮފީސް

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

ހއ. ބާރަށު ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި ކަނޑައެޅިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ނޫންކަން އޮޑިޓް އޮފީހުން ފާހަގަކޮށްފި. އެހެންކަމުން، މާލީ މުއާމަލާތްތައް "ވިޔަ މޮޑިއުލް" މެދުވެރިކޮށް ގަވާއިދުން އަދާހަމަކޮށް ބެލެހެއްޓުމަށާއި، ކަނޑައެޅިފައިވާ އޮނިގަނޑާ އެއްގޮތަށް ތެދު މައުލޫމާތު ހިމަނައިގެން މާލީ ބަޔާންތައް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ އެ ކައުންސިލަށް އަންގަވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ޖުލައި 2026 | ހޯމަ 07:48
ހއ. ބާރަށް: އެ ރަށު ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި ކަނޑައެޅިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ނޫން

ހއ. ބާރަށް: އެ ރަށު ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި ކަނޑައެޅިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ނޫން | މޯލްޑިވްސް ވާޗުއަލް ޓުއަރ

ހއ. ބާރަށު ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި، 2021 ވަނަ އަހަރުގެ މާލީ މައުލޫމާތުތައް ނުވަތަ ކޮމްޕެރެޓިވް އިންފޮމޭޝަން ފުރިހަމައަށް ހިމަނާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމު ކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަރ ޖެނެރަލް ދޭ ރިޕޯޓުގައި ބުނީ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރަންވީ އޮނިގަނޑު މާލިއްޔަތާއި ބެހޭ ސަރކިއުލާގައި ކަނޑައަޅާފައިވާއިރު މާލީ ބަޔާން ތައްޔާރުކުރުމުގައި "އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންފ ސްޓޭންޑަރޑް: ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" އާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރު ކުރުމަށް ބަޔާންކޮށްފައިވާ ކަމަށެެވެ. 

މި ސްޓޭންޑާޑް ގައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ބަޔާން ތައްޔާރު ކުރުމަށްޓަކައި އެ އަހަރެއްގެ މާލީ ބަޔާންތަކާއެކު ކުރީ އަހަރުގެ މާލީ މައުލޫމާތު ހުށަހެޅުމަށް މި ސަރކިއުލާގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައި ބުނީ މި ސްޓޭންޑާޑްގައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ބަޔާން ތައްޔާރު ކުރުމަށްޓަކައި އެ އަހަރެއްގެ މާލީ ބަޔާންތަކާއެކު ކުރީ އަހަރުގެ މާލީ މައުލޫމާތު ހުށަހެޅުމަށް ވެސް ސަރކިއުލާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި، 2021 ވަނަ އަހަރުގެ މާލީ މައުލޫމާތުތައް ނުވަތަ ކޮމްޕެރެޓިވް އިންފޮމޭޝަން ފުރިހަމައަށް ހިމަނާފައިނުވުމުގެ އިތުރުން، މާލީ ބަޔާނުގައި ފާއިތުވި އަހަރުގެ ޚަރަދުތައް ކޮމްޕެރެޓިވްސް ހިމެނުމަށް އޮންނަ ކޮލަމްތަކުގައި ގިނަ ޚަރަދުތަކެއް ނުހިމަނައި ހުސްކޮށް ބާއްވާފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. 

އެހެންކަމުން އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ މާލިއްޔަތާ ބެހޭ ސަރކިއުލާ 27 ފެބްރުއަރީ ގައި އާންމު ކޮށްފައިވާއިރު، އެ ސަރކިއުލާގައި ކަނޑައަޅާފައިވާ އޮނިގަނޑާ އެއްގޮތަށް މާލީ ބަޔާން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް އެ ރަށު ކައުންސިލަށް އަންގާފައިވާނެ އެވެ. 

އޭގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާފައިވާ ގޮތަށް "ވިޔަ މޮޑިއުލް"ގެ ތެރެއިން ބެލެހެއްޓުމަށާއި އެ މޮޑިއުލްގައި ކައުންސިލްގެ އިދާރާގެ މާލީ މުއާމަލާތްތަކާއި މާލީ ކަންކަމާ ގުޅޭ މައުލޫމާތު ގަވާއިދުން ފުރިހަމަ ކޮށް، އަދާހަމަ ކޮށް، ބެލެހެއްޓުމަށް އޮޑިޓް އޮފީހުން ވަނީ ކައުންސިލަށް އަންގާފަ އެވެ. އަދި އެ ރެކޯޑުތަކަށް ބިނާކޮށް، މާލީ ބަޔާންތަކާއި މާލީ ބަޔާންތަކާ ގުޅޭ ނޯޓުތައް ތައްޔާރު ކުރުމަށާއި މާލީ ބަޔާންތައް ހުށަހެޅުމުގެ ކުރިން އެ މާލީ ބަޔާންތަކަކީ އިދާރާ އަށް ލިބުނު ފައިސާއާއި، ފައިސާ އިން ކުރެވުނު ހޭދައާއި، މާލީ އަހަރު ނިމުނު އިރު ބާކީ ހުރި ފައިސާ ފުރިހަމައަށް ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ދައްކުވައިދޭ މާލީ ބަޔާންތަކެއް ކަން ކަށަވަރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ. 

ބާރަށު ކައުންސިލްއޮޑިޓް އޮފީސްލޯކަލް ގަވަރންމަންޓް އޮތޯރިޓީ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

14 ޖުލައި 2026
ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
14 ޖުލައި 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖުލައި 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖުލައި 2026

މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް

12 ޖުލައި 2026
މަހިބަދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައެއް ނުވޭ: އޮޑިޓް އޮފީސް
07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
21 ޖޫން 2026

އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް

21 ޖޫން 2026
އިންނަމާދޫގެ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތަށް ކައުންސިލުން އެޑްވާންސަށް 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް
14 ޖޫން 2026

ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް

14 ޖޫން 2026
ގދ. އަތޮޅު ކައުންސިލުން 2025 ގައި ތައިލެންޑަށް ކުރި ތަޖުރިބާގެ ދަތުރަށް 7 ލައްކަ ރުފިޔާ، މިއީ ޚަރަދު ކުޑަކުރަން އަންގާފައިވާ އެންގުމާ ޚިލާފު ދަތުރެއް: އޮޑިޓް
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު