Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓް ރިޕޯޓް

2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

ކ. ދޫނިދޫގައި އިމާރާތްކުރި އެވިޑެންސް ބިލްޑިންގުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަނާޅައި 9.1 މިލިއަން ރުފިޔާގެ މި މަޝްރޫއު ޕޮލްވެކާ ހަވާލުކޮށްފައިވާތީ، ކުރިއަށް އޮތް ތަނުގައި ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑު މަސައްކަތްތައް ޓެންޑަރ ބޯޑު މެދުވެރިކޮށް ކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2026 | ހުކުރު 08:59
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން.

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން. | ރާއްޖެއެމްވީ

ޕޮލިސް ވެލްފެއަރ ކޯޕރޭޝަން (ޕޮލްވެކް) މެދުވެރިކޮށް 2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް އަދި 2018 އިން 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކ. ދޫނިދޫގައި ޕްރީ-ފެބްރިކޭޓަޑް ސްޓީލް އެވިޑެންސް ބިލްޑިންގް އެއް އިމާރާތް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ މަޝްރޫއަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ހިންގާފައިވާ މަސައްކަތެއްކަމަށެވެ. މި މަސައްކަތް ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނިންމަންޖެހޭ ކަންކަން އެ ނޫން މަގަކުން ކުރުމަށް ފަހުގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2018 ވަނަ އަހަރު ދޫނިދޫގައި މި އިމާރާތް އެޅުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ހުއްދައަށް ފުލުހުން އެދިފައިވެ އެވެ. އެގޮތުން ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވަނީ، މި މަސައްކަތަށް އިއުލާން ކޮށްގެން ކުރިއަށް ގެންދާނަމަ ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށެވެ. އަދި ބޭރުގެ އެކި ފަރާތްތަކުން އަގު ބެލުމަށްފަހު، އެންމެ ރަނގަޅު ހުށަހެޅުމެއްގެ ގޮތުގައި 522,292 އެމެރިކާ ޑޮލަރަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ލިބިފައިވާ ކަމަށާއި، އެ ފަރާތުން 100 އިންސައްތަ އެޑްވާންސް ފައިސާ ދެއްކުމަށް އެދިފައިވާ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ދިން ޖަވާބުގައި، މި މަސައްކަތަށް ދިވެހި ފައިސާއިން ޚަރަދުކުރާ ގޮތަށް ހަމަޖައްސައި، އަގު ހޯދުމަށްފަހު އަލުން ހުށަހެޅުމަށް އަންގާފައިވެ އެވެ. އަދި ފައިސާ ދެއްކުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓްރީން އިރުޝާދު ދީފައިވެ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) މެދުވެރިކޮށް މި މަސައްކަތް ކުރުމަށް އަގު ހޯދައި، އެ އަގުގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދިފަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޕޮލްވެކުން ހުށަހެޅި އަގުގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ. މި މަޝްރޫއަށް ޖުމްލަ 9,117,099 (ނުވަ މިލިއަން އެއްލައްކަ ސަތާރަ ހާސް ނުވަދިހަ ނުވަ) ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދަންވާނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން އެ ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫނެވެ. އެގޮތުން 1.5 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މިފަދަ މަޝްރޫއެއް ޓެންޑަރ ބޯޑަށް ހުށަނާޅައި ކުރިއަށް ގެންދިއުމަކީ ގަވާއިދާ ހިލާފު ކަމެކެވެ.

މިކަން އިސްލާހު ކުރުމަށް ދީފައިވާ ލަފާގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.33 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، މަޝްރޫއެއްގެ އަންދާޒާ އަގު 5,000,000 (ފަސް މިލިއަން) ރުފިޔާއަށް ވުރެ މަތިވާނަމަ، އެ މަސައްކަތެއް ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ދަންނަވާ ކަމަށެވެ. މިއީ ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންދޫނިދޫދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުފިނޭންސް މިނިސްޓްރީނެޝަނަލް ޓެންޑަރ ބޯޑުދައުލަތުގެ މާލިއްޔަތު ގަވާއިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

29 މާރިޗު 2026
ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

05 މާރިޗު 2026
ކުނި ޕިކަޕް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް 68 ހާސް ރުފިޔާ ހަރަދުކޮށްފައި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ވަޑައިގަތީ ލަންކާ އަށް

ކުނި ޕިކަޕް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް 68 ހާސް ރުފިޔާ ހަރަދުކޮށްފައި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ވަޑައިގަތީ ލަންކާ އަށް

27 ފެބުރުއަރީ 2026
ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް

ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް

26 ފެބުރުއަރީ 2026
ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު