Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްުހުކުރު ޚުތުބާ

ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

މުޖުތަމައުގެ އިޖުތިމާއީ އަދި އަހުލާގީ ފޭރާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ ފަރުދީ ޒިންމާ އަދާ ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ބާރުއަޅައި، ފަސާދައާއި ފިތުނައިގެ މަގުތައް ބަންދުކުރުމަށް އެންމެހައި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ އިރުޝާދު ދީފައިވޭ. މީގެ އިތުރުން، ހަރުދަނާ ޖީލެއް ބިނާކުރުމުގައި މައިންބަފައިންނާއި، މުދައްރިސުން އަދި ކަމުވޮށިގެންވާ ފަރާތްތަކުން ނަމޫނާ ދައްކައި، ގައުމުގެ މަސްލަހަތު އިސްކުރުމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖޫން 2026 | ހުކުރު 12:10
ކ. ދިއްފުށީގެ ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން. ފައިލް ފޮޓޯ

ކ. ދިއްފުށީގެ ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން. ފައިލް ފޮޓޯ | ރާއްޖެއެމްވީ

ފަސާދައިގެ ދޮރުތައް ބަންދުކޮށް، އަމާން މުޖުތަމައެއް ބިނާ ކުރުމުގެ މަސައްކަތް ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

''ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ގަރުނުތަކެއްވަންދެން ދެމިތިބިކަން ފާހަގަކޮށްފަ އެވެ.

ޚުތުބާގައި ބުނީ، އަހަރެމެންގެ ތެރޭގައި އޮންނަނީ އެއްބައިވަންތަ ކަމާއި އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި ލޮބުވެތިކަމާއި އަމާނާތްތެރިކަމާއި މަކާރިމުލްއަޚްލާގުގެ ރިވެތި ސިފަތައް ކަމަށެވެ. މިކަންކަމަކީ އަބަދުވެސް ދަމަހަންޓާން ޖެހޭނޭ ކަންކަން ކަމަށެވެ. ނަމަވެސް މިއަދު ގައުމުގެ އިޖުތިމާއީ އަދި އަހުލާގީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުރި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ވަކީން ޚާއްޞަކޮށް މާތް ﷲ ހުރުމަތްތެރި ކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ.

ޚުޠުބާގައި ބުނީ، މިފަދަ ކަންކަން ރަނގަޅު ކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާއީ  މަސްއޫލިއްޔަތު ދަމަހައްޓައިގެން ކަމަށެވެ. 

ކޮންމެ ފަރުދަކު ވެސް، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ޖެހެއެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކުންނެވެ. މި ކަމަށް އިޝާރާތްކުރައްވައި، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِن لَّـمْ يَسْتَطِعْ فَبِلِسَانِهِ، فَإِن لَّـمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيـْمَانِ[1] މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، ފަހެ އެ މީހެއްގެ އަތުން އެ ކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ، ދުލުން އެ ކަން މަނާކުރާށެވެ! ދުލުން މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ ހިތުން އެ ކަމަށް އިންކާރުކުރާށެވެ! މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ." شَيْخُ الْإِسْلَام اِبْنُ تَيْمِيَّة - رَحِمَهُ اللهُ – ވިދާޅުވިއެވެ. "މާތް ﷲއާއި އެކަލާނގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ z ޙަރާމްކުރައްވައިފައިވާ މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކުފުރާއި، ފާސިޤުކަމާއި، އުރެދުމުގެ ޢަމަލުތަކަށް، ރުހިގެން ހުންނަމީހާގެ ހިތުގައި، މާތް ﷲ އޭނާ ގެ މައްޗަށް ވާޖިބުކުރެއްވި އީމާންކަމެއް ނުވެއެވެ.  
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ، މުޖުތަމައު ރަނގަޅު މުޖުތަމައަކަށް ނުވަތަ ނުބައި މުޖުތަމައަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށް ކަމަށެވެ. މުޖުތަމައު އިސްލާހުކުރާން ތިބީ ވެސް ހަމަ އަހަރެމެން ކަމަށާއި، އިސްލާހު ކުރާން މަސައްކަތްކުރާހައި ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ދުންޔަވީ އެދުންތަކާއި ފަސާދައިގެ މަގުތައް ބަންދުކޮށް، ފިތުނައިގެ މަގުތަކަށް ތަބާވާ މީހަކަށް ނުވުމަށް ނަސޭހަތްތެރިވެ، ޚުޠުބާގައި ވަނީ ފިތުނައިގެ އަލިފާންގަނޑަށް ދަރުއަޅާ މީހަކަށް ނުވުމަށް ވެސް ގޮވާލާފަ އެވެ. 

ޚުޠުބާގައި ބުނީ، މާތް ﷲގެ ހަޟުރަތުން ވާގި އެދި ހަރުދަނާ އަހުލާގީ ޖީލެއް ބިނާކުރުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން މުޖުތަމައުގައި ހުރި، ފަސާދައިގެ ދޮރުތައް ބަންދުކޮށް، މި މުޖުތަމައަކީ އަމާން މުޖުތަމައެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމަގޮތުގައި އަދާ ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. އަދި ގައުމުގެ ދީނީ އިލްމުވެރީން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދޭން ޖެހޭ ކަމަށާއި، މުޖުތަމައުގައި ތިބި މަސްއޫލުވެރިންނާއި ކަމުވޮށިގެންވާ މީހުން ގައުމުގެ މަސްލަހަތު އިސް ކުރުމަށް ޚުތުބާގައި ބާރުއަޅާފައިވެ އެވެ. މީގެ އިތުރުން މައިންބަފައިން އެ މީހުންގެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކޮށް، މުދައްރިސުންނާއި އެދުރުން އެ މީހުންގެ ޒިންމާއަދާކޮށް، ނަމޫނާ ބަޔަކަށް ވުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

ހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

29 މެއި 2026

އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި

29 މެއި 2026
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
22 މެއި 2026

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

22 މެއި 2026
އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި
15 މެއި 2026

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

15 މެއި 2026
ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
01 މެއި 2026

އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''

01 މެއި 2026
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު