Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބެންޖެހޭ: ޚުތުބާ

ހިޖުރައިގެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮމަގަށް ރުޖޫއަވުންކަން ފާހަގަކޮށް، ދީނުގެ ދިފާއުގައި ގުރުބާންވުމާއި ކަންކަން ދުރާލައި ރޭވުމުގެ މުހިންމުކަން ޚުތުބާގައި ބަޔާންކޮށްފައިވޭ. ހިޖުރީ އައު އަހަރާ ގުޅިގެން އިއްވި މި ޚުތުބާގައި، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބުމަށާއި، މާތްﷲ ނުރުހޭ ކަންކަމުން އެއްކިބާވެ ދިރިއުޅުން އިސްލާހުކުރުމަށް ވަނީ ނަސޭހަތްތެރިވެފައި. އެހެންކަމުން ހިޖުރައިގެ އިބުރަތްތަކުން ފިލާވަޅު ލިބިގަނެ، ހިތްނިޔަތް ޚާލިސްކޮށް އިސްލާމީ ތަރަހައިގެ ތެރޭގައި ދެމިތިބުމަށް ޚުތުބާގައި ގޮވާލާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2026 | ހުކުރު 07:47
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން.

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން. | އިސްލާމިކް މިނިސްޓްރީ

 ހިޖުރައިން ފިލާވަޅު ލިބިގަނެ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަންމަތީ ސާބިތުވެ ތިބުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. 

''ހިޖުރައިގެ އިބުރަތްތަކުގެ ތެރެއިން'' މި މައުޟޫއަށް މުޅި ރާއްޖެއަށް އިއްވި ޚުތުބާގައި ބުނީ، ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާން ޖެހޭ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ، އެންމެ ފުރަތަމަ ހިޖުރައިގެ މާނައަށް ވިސްނާ އިރު ޚިޔާލަށް އަންނަ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުން ކަމަށާއި، ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައިވާ ކަމަށެވެ. އަދި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

އެހެންކަމުން މަގުފުރެދުންތަކުން އެއްކިބާވެ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްކެވި ތެދުމަގަށް ހިޖުރަކޮށް ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެފައިވެ އެވެ. 

އަބްދުﷲ ބުނު ޢަމްރު ބުނުލްޢާޞް (رَضِيَ اللهُ عَنْهُمَا)ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (قَالَ رَجُلٌ: يَا رَسُوْلَ اللهِ! أَيُّ الْهِجْرَةِ أَفْضَلُ ؟ وَقَالَ رَسُوْلُ الله صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ) މާނައީ: "މީހަކު ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުގައި ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އެއީ ތިބާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ."
ހުކުރު ޚުތުބާ 

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އިބުރަތްތަކަކާއި ދަރުސްތަކެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ،  ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށް ޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. އަދި ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށެވެ.

މީގެ އިތުރުން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ފިލާވަޅު ވެސް  ވެސް ހިޖުރައިން ލިބޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

ޚުތުބާގައި ބުނީ ހިޖުރައިގެ މާނަތަކުގެ ތެރޭގައި މާތްﷲގެ މަގަށް ކުރެވޭ ހިތުގެ ހިޖުރަ ވެސް ހިމެނޭކަމަށް އިލްމުވެރީން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ސިއްރާއި ފާޅުގައި އެކަލާނގެއަށް ހިތްނިޔަތް ޚާލިސްކުރުންކަން ފާހަގަކޮށްފައިވެ އެވެ.

ޚުތުބާގައި ވަނީ އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަށް ގޮވާލާފަ އެވެ. އަދި އަދި ހިޖުރައިގެ އިބުރަތްތައް ހާސިލްކޮށް ދިރިއުޅުން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ. 

ހިޖުރަހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

05 ޖޫން 2026

ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި

05 ޖޫން 2026
ފަސާދައިގެ ދޮރުތައް ބަންދުކޮށް، މީސްތަކުންގެ ލެޔާއި އަބުރު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި
29 މެއި 2026

އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި

29 މެއި 2026
އަތްމަތި ދަތިވުމުން ސަލާމަތްވުމަށް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުތައް ކުރުމަށް ޚުތުބާގައި ގޮވާލައިފި
22 މެއި 2026

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

22 މެއި 2026
އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި
15 މެއި 2026

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

15 މެއި 2026
ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު