Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަޟްޙާ އީދު ފާހަގަ ކުރުމަށް ޚުތުބާގައި ގޮވާލައިފި

ހައްޖުގެ މަނާސިކުތަކަކީ އިންސާނާގެ ނަފުސު ތަރުބިއްޔަތުކޮށް، މާތް الله ހަރާމްކުރެއްވި ކަންކަމުން ދުރުހެލިވުމަށް ލިބޭ ވަރުގަދަ ތަމްރީނެއްކަން ޚުތުބާގައި ފާހަގަކުރި. ހައްޖުގެ ބުރަ އަޅުކަން ފުރިހަމައަށް އަދާކޮށްފި މީހަކަށް އޮތް ޖަޒާއަކީ ސުވަރުގެކަން ބަޔާންކޮށް، ހައްޖަށް ފަހު ވެސް އާއިލީ ގުޅުންތައް ދަމަހައްޓައި ހެޔޮލަފާ މީހެއްގެ ގޮތުގައި ދެމިހުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ. މީގެ އިތުރުން، އަޟްޙާ އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުސޫލުތަކާއި ޝަރުއީ ހަމަތަކަށް ބޯލެނބުމަށް ވެސް އިލްތިމާސްކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 08:37
ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން.

ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން. | ރާއްޖެއެމްވީ

ހައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަނީ އަޟުޙާ އީދު ކަމަށާއި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަ ކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

''ހައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް'' މިމައުޟޫއަށް މުޅި ރާއްޖެއަށް އިއްވި ޚުތުބާގައި ވަނީ ހައްޖުގެ އަޅުކަމާއި، ހައްޖުވެރިޔާގެ އަމަލުތައް ބަހައްޓަންވީ ގޮތް ވަރަށް ތަފްސީލު ކޮށް ކިޔައިދީފަ އެވެ. އަދި ހައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ހަގީގަތަކީ ހައްޖަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ފާހަގަކޮށްފައިވެ އެވެ 

އެގޮތުން ހައްޖުވެރިޔާ އިޙުރާމް ބަންނަ ވަގުތުން ފެށިގެން އޭނާ އެ ވަނީ އޭނާ ގެ ނަފުސުގެ މައްޗަށް ހައްޖުގެ މަނާސިކުތައް އަދާކުރުން ލާޒިމުކޮށްފައި ކަމަށާއި، ހައްޖުވެރިޔާ އިޙުރާމު ބަންނަ ވަގުތުން ފެށިގެން ދުރުހެލިވާން ޖެހޭ، ކަންތައްތަކެއްވާ ކަމަށް ބަޔާން ކޮށްފައިވެ އެވެ. 

ޚުތުބާގައި ބުނީ، އިޙުރާމް ބަނުމުގެ ކުރީން އޭނާއަށް ހުއްދަވެގެންވީ ކަންތައްތަކެއް އިޙުރާމް ބަނުމުގެ ސަބަބުން ހަރާމް ވާ ކަމަށެވެ. އޭނާ ގެ ނަފުސަށް މި ކަންތައްތައް މަނާކުރެވުނު މީހާއަށް އޭނާ ގެ ހަޔާތުގެ ރާސްތާގައި މާތް الله ހަރާމްކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވެވޭނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ހައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ ކަމަށާއި، އެ ކަމުގައި ދަތުރުފަތުރު ހިމެނޭ ކަމަށެވެ. އަދި ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނޭކަން ފާހަގަކޮށްފައިވެ އެވެ. 

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَـمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ) މާނައީ: "ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް ނެތި، މާތް اللهގެ ވަޖުހުފުޅު އަދައި، ޙައްޖުވެއްޖެ މީހާ، މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން އެނބުރި އަތުވެއްޖެއެވެ." އެ ފަދަ ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ. އެފަދަ މީހާއަށް މާތް الله އެ ވަނީ މަބުރޫރު ޙައްޖެއް ދެއްވައިފައެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (...وَالْحَجُّ الْمَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ) މާނައީ: "... އަދި މަބުރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ."  
ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ތިމާގެ ދިރިއުޅުމަށް މަސައްކަތްކުރުމާއެކު ރަހިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އާއިލީގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި އުޅުމަށް ގޮވާލާފަ އެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަނީ އަޟްޙާ އީދުކަން ފާހަގަކޮށް ޚުތުބާގައި ވަނީ އީދުގެ އުފާ ފާޅުކުރާ އިރު އިސްލާމީ އުސޫލުތަކާއި ޝަރުއީ ހަމަތައް ހިފެހެއްޓުމަށް ނަސޭހަތްތެރިވެފަ އެވެ. 

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ

15 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''

އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''

01 މެއި 2026
ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ: ޚުތުބާ

ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުން ފަދަ ކަންކަން ކުރުން ހުއްދައެއް ނުވާނެ: ޚުތުބާ

24 އެޕްރީލު 2026
ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ

17 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު