Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުނައިޓެޑް ނޭޝަންސް

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ވާދަކުރައްވާ 6 ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފި

24 ޖުލައި 2026 | ހުކުރު 05:24

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ވާދަކުރައްވާ ތަޖުރިބާކާރު 6 ކެންޑިޑޭޓުންގެ މަޢުލޫމާތު ހާމަކޮށްފައިވާއިރު، މީގެ ތެރޭގައި ގިނައީ ލެޓިން އެމެރިކާ ސަރަޙައްދަށް ނިސްބަތްވާ ބޭފުޅުން. ރޮޓޭޝަނަލް އުސޫލުން މިފަހަރު އެ ސަރަހައްދަށް ފުރުސަތު ލިބޭތީ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އައު ސެކްރެޓަރީ ޖެނެރަލް ކަށަވަރުވާނީ މިއަހަރުގެ ފަހުކޮޅުގައި

އަލް - ހުރަވީ
އަލް - ހުރަވީ | 24 ޖުލައި 2026 | ހުކުރު 05:24
އދ. ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުން

އދ. ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުން | އަލް- ޖަޒީރާ

އެކުވެނިވި ދައުލަތްތައް (އދ.) ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރު ހަމަވުމުން، މި މަޤާމަށް ވާދަކުރައްވާ 6 ކެންޑިޑޭޓުންގެ މައުލޫމާތު ހާމަކޮށްފި އެވެ.

މި ރޭހުގައި ވާދަކުރައްވާ 6 ކެންޑިޑޭޓުންނަކީ ވެސް ބައިނަލްއަޤްވާމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ސިއްކަވެރިންނާއި ސިޔާސީ ބޭފުޅުންނެވެ.

އެގޮތުން އެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ

1- ރަފައެލް ގްރޮސީ (އާޖެންޓީނާ): އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ މިހާރުގެ ޑިރެކްޓަރު ޖެނެރަލް އެވެ. ގްރޮސީއަކީ އާޖެންޓީނާގެ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ.

2- މިޝެލް ބަޗެލެޓް (ޗިލީ): ޗިލީގެ ކުރީގެ ރައީސާ. އޭނާއަކީ 'ޔޫއެން ވިމެން' ގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރުގެ އިތުރުން 2022 ވަނަ އަހަރާ ހަމައަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރުގެ މަޤާމު ވެސް ފުރައްވާފައިވާ ބޭފުޅެކެވެ.

3- މެކީ ސާލް (ސެނެގާލް): 2024 ވަނަ އަހަރާ ހަމައަށް ސެނެގާލްގެ ރައީސްކަން ކުރެއްވި މެކީ ސާލްއަކީ މި ފަހަރުގެ އިންތިޚާބުގައި އެފްރިކާ ބައްރުން ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓެވެ.

4- ރެބެކާ ގްރީންސްޕޭން (ކޮސްޓަރީކާ): އދ.ގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޗުއްޓީ ނަންގަވައިގެން ވާދަކުރައްވާ އިޤްތިޞާދީ މާހިރެކެވެ.

5- މާރިއާ ފެރްނާންޑާ އެސްޕިނޯސާ (އެކުއެޑޯ): އެކުއެޑޯ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރައްވާފައިވާ އަދި 2018 އިން 2019 އަށް އދ.ގެ އާންމު މަޖިލީހުގެ ރިއާސަތު ބެލެހެއްޓެވި ބޭފުޅެކެވެ.

6- ކެރޮލިން ރޮޑްރިގޭޒް-ބާކެޓް (ގުޔާނާ): އދ.އަށް ގުޔާނާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު. އުމުރުން 52 އަހަރުގެ ބާކެޓްއަކީ މި ރޭހުގައި ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓެވެ.

މި ފަހަރުގެ ރޭހުގައި ލެޓިން އެމެރިކާއާއި ކެރިބިއަން ސަރަޙައްދަށް ނިސްބަތްވާ ކެންޑިޑޭޓުން ގިނަ އަދަދަކަށް ހިމެނެނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ސަރަޙައްދުތަކުގެ މެދުގައި ބަދަލުވަމުންދާ އުޞޫލުން ނުވަތަ ރޮޓޭޝަނަލް އުޞޫލުން، މިފަހަރު އެ ސަރަހައްދަށް ފުރުސަތު ލިބޭތީއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމުގެ މަރުހަލާތައް ކުރިއަށްދާއިރު، އައު ސެކްރެޓަރީ ޖެނެރަލް ކަށަވަރުވެގެންދާނީ ސެޕްޓެމްބަރާއި ޑިސެމްބަރު މަހާ ދެމެދުގަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އދ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން

22 ޖުލައި 2026
ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން
08 ޖުލައި 2026

ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

08 ޖުލައި 2026
ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި
28 ޖޫން 2026

ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު

28 ޖޫން 2026
ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު
24 ޖޫން 2026

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް

24 ޖޫން 2026
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް
04 ޖޫން 2026

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި

04 ޖޫން 2026
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި
28 މެއި 2026

އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހުރިހާ ގުޅުމެއް ކަނޑާލައިފި

28 މެއި 2026
އިޒްރޭލުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހުރިހާ ގުޅުމެއް ކަނޑާލައިފި
08 މެއި 2026

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ
12 މާރިޗު 2026

އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި

12 މާރިޗު 2026
އީރާން ކުށްވެރި ކުރުމާ އެކު، ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސެކިއުރިޓީ ކައުންސިލް އިން ޤަރާރެއް ފާސް ކޮށްފި
18 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް