Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހުރުމުޒް ކަނޑުއޮޅި

ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލި ނަމަވެސް، ސަޕްލައި ޗެއިންތަކަށް އައި ބުރޫގެ ސަބަބުން ކާބޯތަކެއްޗާއި ދަތުރުފަތުރުގެ އަގުތައް ދަށްވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް އަންކްޓަޑުން ބުނެފި. ތެލާއި ގަސްކާނާގެ އަގު ބޮޑުވުމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މީގެ ސަބަބުން ފަގީރު ގައުމުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ބިރު ވަނީ އިތުރުވެފައި.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 12:23
ހުރްމުޒް ކަނޑުއޮޅިއާއި އަރަބި ކަނޑު ގުޅުވައިދޭ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގައި، އޮމާން ކަނޑުގެ ސަރަހައްދުން ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރަމުންދާ މަންޒަރު.

ހުރްމުޒް ކަނޑުއޮޅިއާއި އަރަބި ކަނޑު ގުޅުވައިދޭ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގައި، އޮމާން ކަނޑުގެ ސަރަހައްދުން ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރަމުންދާ މަންޒަރު. | އޭޕީ

ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއެކު ހަކަތައިގެ ބާޒާރަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގު ދިގު މުއްދަތަކަށް އުފުލިފައި ހުރުމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް އޮތް ނުރައްކާ އަދިވެސް ކުޑައެއް ނުވާ ކަމަށް އދ. ގެ ވިޔަފާރިއާއި ތަރައްގީއާ ބެހޭ އިދާރާއިން އަންގާރަ ދުވަހު ބުނެފި އެވެ.

އދ. ގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އިން ނެރުނު އާ ރިޕޯޓެއްގައި ބުނެފައިވަނީ، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް 100 އަށްވުރެ ގިނަ ދުވަސް ވަންދެން ކުރިމަތިވި ބޮޑެތި ހުރަސްތަކާ ގުޅިގެން، މެދުކެނޑިފައިވާ ސަޕްލައި ޗެއިންތައް އަލުން އިއާދަކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެންކަމުން، ހަކަތައިގެ ބާޒާރަށް ވުރެ ކާބޯތަކެއްޗާއި ދަތުރުފަތުރުގެ ނިޒާމުތައް ހަމައަކަށް އެޅުމަށް ނަގާ މުއްދަތު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ މި ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމަށްފަހު، ބްރެންޓް ކްރޫޑް ތެލުގެ އަގު ފީފާއަކަށް 73 ޑޮލަރަށް، ނުވަތަ ހަމަނުޖެހުންތަކުގެ ކުރިން ހުރި މިންވަރަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް، ތެލާއި ގޭސް އަދި ގަސްކާނާގެ އަގު ބޮޑުވުމުގެ އަސަރު ދަނޑުވެރިކަމުގެ އުފެއްދުންތަކަށާއި، ދަތުރުފަތުރުގެ ޚަރަދުތަކަށާއި އާއިލާތަކުގެ ބަޖެޓަށް ކުރަމުންދާނެ ކަމަށް އަންކްޓާޑުން ބުނެފައިވެ އެވެ.

ނާޒުކު އިގްތިސާދުތަކަށް ތެލާއި ގަސްކާނާގެ އަގަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ބޮޑުއިރު، ކާބޯތަކެތީގެ އަގު މަތީގައި ހުރުމުގެ ސަބަބުން ފަގީރު އާއިލާތަކަށް އިތުރު ތަކްލީފުތަކާ ކުރިމަތިވާނެ އެވެ. އަންކްޓަޑުން ހާމަކުރި ގޮތުގައި، ކާބޯތަކެތީގެ އަގު 5 އިންސައްތަ އުފުލުމަކީވެސް ކުޑަކުދިންގެ ސިއްހަތައް ނޭދެވޭ އަސަރު ކުރުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާނެ ކަމެކެވެ.

ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އައި ބުރޫއާ ގުޅިގެން، ތެލާއި ގޮދަން އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ނާޒުކު 61 އިގްތިސާދެއް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ. 

މިފަދަ ލޮޅުންތަކުން އަރައިގަތުމަށްޓަކައި އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންކްޓަޑުން ވަނީ ގޮވާލާފަ އެވެ.

މަސްދަރު: ރޮއިޓާސް

އދހުރްމުޒް ކަނޑުއޮޅިއަންކްޓަޑްއެމެރިކާ-އީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

29 ޖޫން 2026
އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި
28 ޖޫން 2026

ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު

28 ޖޫން 2026
ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
27 ޖޫން 2026

އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 ޖޫން 2026
އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު