Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑރ. އަބޫ ސަފިއްޔާ

ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

8 ޖުލައި 2026 | ބުދަ 12:33

އިސްރާއީލުން ހައްޔަރުކޮށްފައިވާ ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާއަށް ޖަލުގައި ބޮޑެތި އަނިޔާތަކެއް ކުރަމުންދާ ކަމަށް ބުނެ، އޭނާ ވަގުތުން މިނިވަންކުރުމަށް އދ. އިން ގޮވާލައިފި. އެއްވެސް ދައުވާއަކާ ނުލައި ބަންދުކޮށްފައި ހުރި މި ޑޮކްޓަރުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނި ނަމަވެސް، އިޒްރޭލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 12:33
2024 ވަނަ އަހަރުގެ ފަހުކޮޅު ޣައްޒާއިން އިސްރާއީލް ސިފައިން ހައްޔަރުކޮށް، އަދިވެސް ބަންދުގައި ހުރި ފަލަސްތީނުގެ ޑޮކްޓަރެއް ކަމަށްވާ ހުސާމް އަބޫ ސަފިއްޔާ، ގުދުސްގައި ހުންނަ އިސްރާއީލުގެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށް ބައިވެރިވަނީ.

2024 ވަނަ އަހަރުގެ ފަހުކޮޅު ޣައްޒާއިން އިސްރާއީލް ސިފައިން ހައްޔަރުކޮށް، އަދިވެސް ބަންދުގައި ހުރި ފަލަސްތީނުގެ ޑޮކްޓަރެއް ކަމަށްވާ ހުސާމް އަބޫ ސަފިއްޔާ، ގުދުސްގައި ހުންނަ އިސްރާއީލުގެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށް ބައިވެރިވަނީ. | ގެޓީ އިމޭޖަސް

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިސްރާއީލު ސިފައިން ގައްޒާއިން ހައްޔަރުކޮށް، އަދިވެސް ބަންދުގައި ހުރި ފަލަސްތީނުގެ މަޝްހޫރު ޑޮކްޓަރަކަށް އަނިޔާކުރަމުންދާ ކަމަށް ލިބޭ ރިޕޯޓުތަކާ ގުޅިގެން އދ. ގެ ތަހުގީގީ އިދާރާއަކުން ބުދަ ދުވަހު ކަންބޮޑުވުން ފާޅުކޮށް، އޭނާ މިނިވަންކުރުމަށް ގޮވާލައިފި އެވެ.

އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކާ ބެހޭ އދ. ގެ މިނިވަން ބައިނަލްއަގުވާމީ ކޮމިޝަން އޮފް އިންކުއަރީން ވަނީ، ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ ވަގުތުން މިނިވަންކުރުމަށް ގޮވާލާފަ އެވެ.

އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ 'ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިސްރާއީލް' އާ ހަވާލާދީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އަބޫ ސަފިއްޔާގެ ވަކީލު ވިދާޅުވީ، އެއްވެސް ދައުވާއަކާ ނުލައި ބަންދުކޮށްފައި ހުރި ޑޮކްޓަރުގެ ފުރާނައަށް މިހާރު ނުރައްކާވެފައިވާ ކަމަށެވެ.

އދ. ގެ ތަހުގީގީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ކުށްވެރިންނާ މެދު އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާގެ ގާޑުން އަމަލުކުރަމުންދާ ގޮތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި ބައިނަލްއަގުވާމީ ކުށެއްގެ ގޮތުގައި ބެލެވިދާނެ ފަދަ ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ. އަދި ޑރ. އަބޫ ސަފިއްޔާގެ ސިއްހީ ހާލަތު ގޯސްވެފައިވަނީ ސީދާ އެ އަމަލުތަކުގެ ސަބަބުން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އިސްރާއީލުގެ ޕްރިޒަން ސާވިސް (އައި.ޕީ.އެސް) ގެ ތަރުޖަމާނަކު ބުދަ ދުވަހު ބުނީ، އެ އިދާރާއާ މެދު ކުރެވޭ ތުހުމަތުތަކަކީ ދޮގު، ހަގީގަތާ ހިލާފު އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެ ތަރުޖަމާނު ޑރ. އަބޫ ސަފިއްޔާގެ ނަން ސީދާ ބޭނުންކޮށްފައި ނުވި ނަމަވެސް، އޭނާއާއި އެހެން ޑޮކްޓަރުންނަށް ޖަލުގައި އަނިޔާކުރާ ކަމަށް ކުރެވޭ ތުހުމަތުތައް މީގެ ކުރިންވެސް އައި.ޕީ.އެސް އިން ވަނީ ދޮގުކޮށްފަ އެވެ.

ޑރ. އަބޫ ސަފިއްޔާގެ ސިއްހީ ހާލަތު ނުރައްކަލެއްގެ ތެރޭގައިވާ ކަމަށާއި، ކޮންމެ ދުވަހަކު އޭނާއަށް އަނިޔާކުރަމުންދާ ކަމަށް އޭނާގެ ވަކީލު ހޯމަ ދުވަހު ވަނީ ތުހުމަތުކޮށްފަ އެވެ. މިދިޔަ ޖޫން މަހު ގުދުސްގެ ސުޕްރީމް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އަޑުއެހުމެއްގައި އަބޫ ސަފިއްޔާ ބައިވެރިވިއިރު، އޭނާގެ މޫނުމަތިންނާއި ހަށިގަނޑުން ވަރަށް ބޮޑަށް ހިކިފައިވާކަން ފާހަގަކުރެވުނެވެ.

އދ. ގެ ތަހުގީގީ އިދާރާއިން ބުނި ގޮތުގައި، އަބޫ ސަފިއްޔާއާ މެދު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތަކީ، މީގެ ކުރިން ނެރުނު ރިޕޯޓުތަކުގައިވެސް ފާހަގަކޮށްފައިވާ ފަދަ، އިންސާނީ ހައްގުތަކާ ހިލާފުވުމުގެ ފުޅާ ސިޔާސަތެއްގެ ބައެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގެ ސިއްހީ ނިޒާމަށާއި ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ، ނަސްލު ނައްތާލުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ އިދާރާއިން ބުނެފައިވެ އެވެ. ނަމަވެސް އިސްރާއީލުން ވަނީ އެ ތުހުމަތުތަކަކީ ބޮޑު ދޮގެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިސްރާއީލުން ވަނީ އެ ތަހުގީގީ އިދާރާއަކީ އެ ގައުމާ ދެކޮޅަށް ސިޔާސީ އެޖެންޑާއެއް ގެންގުޅޭ އަދި އޭގެ މަސްއޫލިއްޔަތުން ބޭރުވެފައިވާ ތަނެއް ކަމަށް ތުހުމަތުކޮށް، އެ އިދާރާއަށް އެއްބާރުލުން ދިނުމަށް އިންކާރުކޮށްފަ އެވެ.

ހޯމަ ދުވަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވަކި އިދާރާއަކުން ވަނީ، އިސްރާއީލުން އަބޫ ސަފިއްޔާ ބަންދުކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތި ކަމަށް ބުނެ، އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލާފަ އެވެ. އދ. ގެ 'ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން' އިން ނިންމި ނިންމުމުގައި ބުނެފައިވަނީ، އިސްރާއީލުގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި އާންމު އުސޫލުތަކުގެ އެތައް މާއްދާއަކާ ހިލާފު އަމަލުތަކެއް ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ޑރ. ހުސާމް އަބޫ ސަފިއްޔާޣައްޒާއިސްރާއީލްފަލަސްތީނުއދކަމާލް އަދުވާން ހޮސްޕިޓަލު

އިތުރަށް ކިޔާލަން

07 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

07 ޖުލައި 2026
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ
07 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި

07 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި މުދާ އުފުލާ ދެ އުޅަނދަށް މިސައިލް ހަމަލާދީފި
06 ޖުލައި 2026

ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި

06 ޖުލައި 2026
ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
04 ޖުލައި 2026

އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި

04 ޖުލައި 2026
އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި
02 ޖުލައި 2026

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި

02 ޖުލައި 2026
އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި
02 ޖުލައި 2026

ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް

02 ޖުލައި 2026
ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް