Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޞިއްޙީ ނިޒާމު

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

8 މެއި 2026 | ހުކުރު 11:43

ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އަސާސީ ބޭހާއި ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭސް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އދ. ގެ ރެޕަޓުއަރ ފާހަގަކުރެއްވި. ރާއްޖެއަކީ ކުޑަ މާކެޓަކަށް ވުމުން ބޭރުގެ ކުންފުނިތަކުން ބޭސް އެތެރެކުރުމުގެ ޝައުގުވެރިކަން ކުޑަވުމަކީ މައްސަލައެއް ކަމަށާއި، މިކަން ހައްލުކުރުމަށް ބޭސް ގަންނަ ނިޒާމު ހަރުދަނާކޮށް އަގުތައް ކަނޑައަޅަން ޖެހޭ. އެހެންކަމުން ބޭސް ގަތުމުގެ ނިޒާމު ދެފުށް ފެންނަ ގޮތަކަށް ބަދަލުކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ބޭސް ލިބޭނެ މަގު ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 8 މެއި 2026 | ހުކުރު 11:43
ނޫސްވެރިންގެ ބައްދަލުވުމެއްގައި އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް ވާހަކަދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް ވާހަކަދައްކަވަނީ. | ޔޫ.އެން.އޯ.ޖ. ނިއުސްރޫމް

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް ވިދާޅުވެއްޖެ އެވެ.

26 އޭޕްރީލް 2026ން 7 މެއި 2026 އަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެކަމަނާ ވަނީ ސިއްހީ ހައްގުތައް ފުރިހަމަ އަސް ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން އަމަލު ކުރަމުންދާ އުސޫލުތަކާއި، ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާފަ އެވެ. 

Advertisement - newsAdvertisement

މީގެ ތެރޭގައި ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރި މިންވަރާއި، އެ ޚިދުމަތްތައް ބަލައިގަނެވޭ މިންވަރާއި، އަތްފޯރާ ފަށުގައި ސިއްހީ ޚިދުމަތްތައް ލިބިދޭ މިންވުގެ އިތުރުން ޚިދުމަތުގެ ފެންވަރާ ގުޅޭ މައުލޫމާތު ހޯއްދެވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ހާލަތާ ގުޅޭގޮތުން މިނިސްޓްރީތަކާއި، މަދަނީ ޖަމިއްޔާތަކާ ބައްދަލު ކުރެއްވުމަށް ފަހު، ރެޕަޓުއަރ ޑރ. މޮފޮކެންގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކަށް އަސާސީ ބޭސްތައް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ހޮސްޕިޓަލްތަކުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރަންޖެހޭ މުހިންމު ބޭސްތައް ލިބުމުގައި ވެސް ދަތިތައް އެބަހުރި ކަމަށާއި، އަސާސީ ބޭސްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންވާ ބޭސްތައް  ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭޏާ ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގައި ސިއްހަތަށް އޮތް ހައްގާއި ގައުމުގެ ހާލަތަށް ބަލާއިރު، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް ކަމަކީ ބޭހާއި ސިއްހީ ސާމާނު ލިބުމުގައި ހުރި ދަތިތަކާއި، އެ ތަކެތި މެނޭޖްކުރުމާއި، އަދި ބޭސް ލިބޭނެ މަގުފަހިވުމާއި، އަގު ހެޔޮވުމާއި، ފެންވަރުގެ ސަބަބުން ބަލިމީހުންނަށް ކުރާ އަސަރު. އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަޅުގަނޑަށް ފެނުނު ގޮތުގައި، މި ހުސްކަން ފޫބެއްދުމަށް ސިއްހީ ހިދުމަތްތެރިން ބުރަ މަސައްކަތްތަކެއް ކުރޭ. ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސް ހޯދުމުގައި ގޮންޖެހުންތަކެއް ވެސް އެބަހުރި. ހަކުރު ބައްޔާއި ލޭ މައްޗަށް ދާ މީހުން ބޭނުން ކުރާ ބޭސް މެދުކެނޑުމެއް ނެތްގޮތުގައި ކޮންމެ މަހަކު ބޭސް ލިބޭނެކަން ކަށަވަރު ކުރަން ޖެހޭ.
އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ ރައިޓް ޓު ހެލްތު، ޑރ. ތްލަލެންގް މޮފޮކެންގް 

 ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނާއި ބޭސް ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަށް އިޝާރާތް ކުރައްވައި ރެޕަޓުއަރ ވިދާޅުވީ މުޅި ސިއްހީ ބިލުގެ ގާތްގަނޑަކަށް 60 އިންސައްތަ އަކީ ބޭހަށް ކުރާ ހަރަދު ކަމަށެވެ. ނަމަވެސް ނިސްބަތުން ރާއްޖެއަށް ބޭނުންވަނީ މަދު މިންވަރެއް ކަމަށްވާތީ، ވިޔަފާރީގެ ފައިދާއަށް ބަލައި، ބޭރުގެ ކުންފުނިތަކުން ބޭހާއި، ސިއްހީ އެހެނިހެން ސާމާނު އެތެރެ ކުރުމުގެ ޝައުގުވެރިކަން ކުޑަ ކަމަށް ރެޕަޓުއަރ ވިދާޅުވި އެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ބޭސް ވިއްކޭނެ އެންމެ މަތީ އަގުތައް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެޕަޓުއަރ ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަމުގައި ހަމައެކަނި ވިސްނަން ޖެހޭނީ ފައިދާ ހޯދުމަށް ނޫން ކަމަށެވެ. އަދި ރަނގަޅު ނިޒާމެއްގެ ތެރެއިން އަބަދުވެސް ރައްޔިތުންނަށް ބޭސް ލިބެން ޖެހޭ ކަމަށާއި،  ބޭސް ގަތުމުގެ ނިޒާމަކީ ދެފުށް ފެންނަ، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އެހެންކަމުން އެއްބަސްވުންތައް ގާއިމްކޮށް، ބޭހާއި، ސިއްހީ ސާމާނު ކަށަވަރު ކުރުމަށްޓަކައި، ސަރުކާރުން މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ރެޕަޓުއަރ ވިދާޅުވި އެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް އެއްބާރުލުންދޭކަން ފާހަގަކުރައްވައި ރެޕަޓުއަރ ވިދާޅުވީ އެސްޓީއޯގެ އިތުރުން ކަމާގުޅުންހުރި ގިނަ އިދާރާތަކާއި، ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މި މަސައްކަތްތަކާއެކު މި މައްސަލައަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

ޑރ. ތްލަލެންގް މޮފޮކެންގްސިއްހީ ހައްގުއެސްޓީއޯއދޞިއްޙީ ނިޒާމުހެލްތު މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
06 މެއި 2026

2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ

06 މެއި 2026
2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ
03 މެއި 2026

އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ

03 މެއި 2026
އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ
29 އެޕްރީލު 2026

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
29 އެޕްރީލު 2026

ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވާ ވަޒީރު ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި

29 އެޕްރީލު 2026
ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވާ ވަޒީރު ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި
26 އެޕްރީލު 2026

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

26 އެޕްރީލު 2026
ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ
26 އެޕްރީލު 2026

ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި

26 އެޕްރީލު 2026
ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި
24 އެޕްރީލު 2026

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ

24 އެޕްރީލު 2026
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ
24 އެޕްރީލު 2026

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް