Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޯޑު އޮފް ޕީސް

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

ވެޓިކަން އިން ސުލްޙައިގެ ބޯޑުގައި ބައިވެރި ނުވާން ނިންމީ، ބޯޑު އުފެދިފައިވާ ގޮތާއި، އެކަމުގެ ސަބަބުން އެހެން ޤައުމުތަކާ ޚިލާފު ކަމެއް އޮތުމުން ކަމަށް ޕެރޮލިން ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 06:49
ވެޓިކަންގައި ހުންނަ ސެއިންޓް ޕީޓާސް ބެސިލިކާގެ މަންޒަރެއް

ވެޓިކަންގައި ހުންނަ ސެއިންޓް ޕީޓާސް ބެސިލިކާގެ މަންޒަރެއް | އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އުފައްދަވާފައިވާ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވަން ވެޓިކަން އިން ނިންމައިފި އެވެ. 

އަންގާރަ ދުވަހު އެކަން ހާމަ ކޮށްފައި ވަނީ ވެޓިކަންގެ އެންމެ އިސް ޑިޕްލޮމެޓިކް އޮފިޝަލް ކާޑިނަލް ޕިއެޓްރޯ ޕެރޮލިން އެވެ. އެއާ އެކު އޭނާ ވިދާޅުވެފައި ވަނީ، ކުއްލި ޙާލަތްތައް ޙައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ އދ އިން ކަމަށެވެ. 

އެމެރިކާގެ ފުރަތަމަ ޕޯޕް ކަމަށްވާ، ޕޯޕް ލިއޯ އަކީ ޓްރަމްޕްގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެޅެވެ. ނަމަވެސް، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ، އެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު އޭނާ އަށް ދެއްވައިފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް އެކުލަވާލި ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފަ އެވެ. އެއާ އެކު ޓްރަމްޕް އުފެއްދެވި ބޯޑުން ޣައްޒާގެ ވަގުތީ ވެރިކަން ބަލަހައްޓަން ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ އެ ބޯޑުގެ ދައުރު އިތުރަށް ފުޅާކޮށް، ދުނިޔޭގެ ހަނގުރާމަތައް ޙައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ސްވިޒަލެންޑުގެ ޑާވޯސްގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން މި ބޯޑު ރަސްމީކޮށް އިފްތިތާޙު ކޮށްފައިވާއިރު، އެ ބޯޑުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުމުގައި ޣައްޒާ އަލުން ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. 

އިޓަލީ އާއި ޔޫރަޕުގެ ބައެއް ޤައުމު ތަކުން ބުނެފައި ވަނީ، އެ ބައްދަލުވުން މޮނިޓާ ކުރުމަށް އެ ޤައުމު ތަކުގެ މަންދޫބުން ވަޑައިގަންނަވާނެ ކަމަށެވެ. ސަބަބަކީ، އެ ޤައުމު ތަކަކީ އެ ބޯޑުގެ މެމްބަރުންނަށް ނުވާތީ އެވެ. ވެޓިކަން އިން ސުލްޙައިގެ ބޯޑުގައި ބައިވެރި ނުވާން ނިންމީ، ބޯޑު އުފެދިފައިވާ ގޮތާއި، އެކަމުގެ ސަބަބުން އެހެން ޤައުމުތަކާ ޚިލާފު ކަމެއް އޮތުމުން ކަމަށް ޕެރޮލިން ވިދާޅުވެފައިވެ އެވެ. 

އިންސާނީ ޙައްގު ތަކަށް މަސައްކަތް ކުރާ ތަޖުރިބާކާރުން އަދި މާހިރުން ބުނެފައިވާ ގޮތުގައި ބޭރުގެ ކަންކަން ބަލަހައްޓާ ބޯޑެއްގެ އިސްވެރިޔާގެ ގޮތުގައި ޓްރަމްޕް ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ އެ ބޯޑުގައި ފަލަސްޠީނު ހިމަނާފައި ނުވާއިރު، އެކަމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ. 

ބޯޑުގައި ބައިވެރި ނުވާން ވެޓިކަން އިން ނިންމާފައިވާއިރު، ލިއޯ ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ޣައްޒާގައި އޮތް ޙާލަތު ކުށްވެރި ކުރައްވައިފަ އެވެ. ދުނިޔޭގެ 1.4 ބިލިއަން ކެތަލިކް މަސީހީންގެ ލީޑަރު ޕޯޕް، ބައިނަލްއަޤުވާމީ ބޯޑު ތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ ވަރަށް މަދު ފަހަރެއްގަ އެވެ. ވެޓިކަން އަކީ ފުޅާ ދާއިރާއެއްގައި ޚާރިޖީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި އދ ގެ ދާއިމީ އޮބްޒާވަރެއްގެ ދަރަޖަ އޮންނަ ދައުލަތެކެވެ.

މަސްދަރު: ރޮއިޓާސް

ވެޓިކަންޕޯޕް ލިއޯއދއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާބޯޑް އޮފް ޕީސްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

18 ފެބުރުއަރީ 2026
ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

ޓްރަމްޕްގެ "ރަތް ރޮނގު" ތަކަށް އީރާން އިން އަދިވެސް އެއްބަހެއް ނުވޭ: ވޭންސް

18 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

އެއްބަސްވުމަކަށް ނުދެވިއްޖެ ނަމަ، ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރެއް އީރާން އަށް

17 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު