Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކުޅެދިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް

22 ޖުލައި 2026 | ބުދަ 16:33

އީރާނުގެ މިސައިލް ޓެކްނޮލޮޖީ ކުރިއަރައި، އެމެރިކާގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާ މިންވަރު އިތުރުވުމާ ގުޅިގެން، ހުޅަނގު އޭޝިއާގައި ތިބި އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން. މިގޮތުން އުރުދުންގައި ހުންނަ މަރުކަޒަށް ދިން ހަމަލާތަކުގައި ސިފައިން މަރުވެފައިވާއިރު، މިއީ ދިފާއީ ނިޒާމުތަކުގެ ނުކުޅެދުންތެރިކަމުން ނުވަތަ އޮޕަރޭޓަރުންގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ބުނެ އެމެރިކާގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 16:33

ޔޫއޭއީ އަށް އަމާޒުކޮށް އީރާނުން ކްރޫޒް މިސައިލްތަކެއް ފޮނުވާލި ވަގުތުގެ މަންޒަރުތަކެއް | އައިއާރުޖީސީ

ހުޅަނގު އޭޝިއާގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ގާއިމުކޮށްފައިވާ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު، އީރާނުން ފޮނުވާލާ މިސައިލްތައް އަމާޒަށް ވާސިލުވާ މިންވަރު އިތުރުވަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި ތަޖުރިބާކާރުން ބުނެފި އެވެ. މި ހަމަލާތަކުގައި އެމެރިކާ ސިފައިންނަށް ލިބޭ އަނިޔާތައް އިތުރުވަމުންދާއިރު، އެމެރިކާގެ ދިފާއީ ނިޒާމުތަކުގެ ފެންވަރާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މި މައްސަލަ ބޮޑަށް ފާހަގަވެގެން ދިޔައީ މިދިޔަ ހުކުރު ދުވަހު އުރުދުންގައި ހުންނަ މުވައްފަގު ސަލްތީ އެއާ ބޭސްއަށް ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލުމާ ގުޅިގެންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، އެމެރިކާގެ ދިފާއީ ނިޒާމުތަކަށް މިސައިލެއް ނުހުއްޓުވުމުގެ ސަބަބުން އެ މަރުކަޒަށް އަމާޒުވިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

"އެއް މިސައިލް ދިފާއީ ނިޒާމު ފޫއަޅުވާލި. އަޅުގަނދުުމެން ގާތްގަނޑަކަށް ހުރިހާ މިސައިލެއް ވައްޓާލިން. ނަމަވެސް އެއް މިސައިލް ސަލާމަތްވެގެން ގޮސް އަމާޒަށް އެރީ. މިއީ ވަރަށް ހިތާމަވެރި ކަމެއް،" ރޫބިއޯ ވިދާޅުވި އެވެ.

ނަމަވެސް މިއީ ހަމައެކަނި ހިނގި މިބާވަތުގެ ހާދިސާއެއް ނޫނެވެ. ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެ މަރުކަޒަށް ދެ ފަހަރެއްގެ މަތިން ހަމަލާދީފައިވެ އެވެ. އަދި މި ހަމަލާތައް ސީދާ އަމާޒަށް އެރުމުގެ ސަބަބުން އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

މިސައިލްތައް އެ މަރުކަޒަށް އަމާޒުވާން މެދުވެރިވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވީ، މިހާރު ކުރިއަށްދާ މުރާޖައާއާ ގުޅޭ ތަފްސީލެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް ޖުލައި 17 ވަނަ ދުވަހު އީރާނުން ފާރިސީ ކަނޑުއޮޅީގެ ގައުމުތަކަށް ފޮނުވާލި އެތައް މިސައިލަކާއި ޑްރޯންއެއް އެމެރިކާއާއި އެގައުމާއި އެކުވެރި ގައުމުތަކުން ނާކާމިޔާބު ކޮށްލި ނަމަވެސް، ހިތާމައަކީ ބައެއް މިސައިލްތައް ފޫއަޅުވާލުމަށްފަހު އަމާޒަށް ވާސިލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ނާކާމިޔާބީގެ ޒިންމާ އެހެން ފަރާތްތަކެއްގެ ބޮލުގައި އަޅުވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ މަރުކަޒުގައި ތިބި "އެހެން އޮޕަރޭޓަރުން" މިސައިލްތައް ވަނުމަށް ފުރުސަތު ދިނީ ކަމަށެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އުރުދުންގެ މަރުކަޒަށް ހަމަލާދިނީ އެތަނުގައި ތިބި އެހެން އޮޕަރޭޓަރުންގެ އިހުމާލުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް އެބަހުރި. ގާތްގަނޑަކަށް ހުރިހާ ހަމަލާއެއް އަޅުގަނޑުމެން ހުއްޓުވިން. ނަމަވެސް، އެމެރިކާގެ މަސައްކަތް ކުރަން އެހެން ބަޔަކާ ހަވާލުކުރުމުން ބައެއް ފަހަރު ކަންކަން ދަނީ އެންމެ ރަނގަޅަކަށް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް އެ "އޮޕަރޭޓަރުންނަކީ" ކޮބައިކަމެއް ޓްރަމްޕް ސާފުކޮށްދެއްވާފައެއް ނުވެ އެވެ.

ޕެންޓަގަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އުރުދުންގައި ދިން ނުރައްކާތެރި ހަމަލާ ނުހިމަނައި، މި މަހުގެ ތެރޭގައި ހުޅަނގު އޭޝިއާގެ އެކި ސަރަހައްދުތަކުގައި އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ 100 އެއްހާ ސިފައިންނަށް ވަނީ އަނިޔާވެފަ އެވެ.

އުރުދުންގެ އަސްކަރިއްޔާގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް، ރިޓަޔާޑް ލެފްޓިނަންޓް ޖެނެރަލް ގާސިދު މަހްމޫދު ވިދާޅުވި ގޮތުގައި، އީރާނުގެ ހަމަލާތައް ކާމިޔާބުވަމުންދަނީ އެގައުމުގެ މިސައިލް ޓެކްނޮލޮޖީ ކުރިއަރައި، ހަމަލާދޭ އުސޫލުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުންނެވެ.

"އީރާނުގެ އަތުގައި މިހާރު ވަރަށް ކުރިއަރާފައިވާ މިސައިލް ޓެކްނޮލޮޖީ އެބަހުރި. ރާޑަރު ދިފާއީ ނިޒާމުތަކަށް އޮޅުވާލުމަށްޓަކައި ޑްރޯންއާއި މިސައިލް އެއްކޮށް ބޭނުންކޮށްގެން ހަމަލާދޭނެ އާ އުކުޅުތައް އެމީހުން ދަނީ ތަރައްގީ ކުރަމުން،" މަހްމޫދު ވިދާޅުވި އެވެ.

މަހްމޫދު ތަފްސީލުކޮށްދެއްވި ގޮތުގައި، އީރާނުން ފުރަތަމަ ފޮނުވާލަނީ ރާޑަރު ސިސްޓަމްތަކުގެ ސަމާލުކަން އަނބުރާލުމަށް ބޭނުންކުރާ އާދައިގެ މިސައިލްތަކެކެވެ. އޭގެ ފަހުން، އަމާޒަށް ވާސިލުވުމުގެ 30 ނުވަތަ 40 ކިލޯމީޓަރު ކުރިން ދަތުރުކުރާ މިސްރާބު ބަދަލުކޮށްލެވޭ ފަދަ ފެންވަރު ރަނގަޅު 'ޕްރެސިޝަން ގައިޑެޑް' މިސައިލްތައް ފޮނުވާލަ އެވެ.

އޭނާ ވިދާޅުވީ، މިސައިލް ދަތުރުކުރާ މިސްރާބަށް ގެންނަ މި ބަދަލުގެ ސަބަބުން އެ ވައްޓާލުމަށް ދަތިވާ ކަމަށެވެ. އީރާނުގެ މިސައިލެއް އަމާޒަށް އެރީނަމަ، އޭގެ މާނައަކީ އެމެރިކާގެ ދިފާއީ ނިޒާމަށް އެ މިސައިލް ހުއްޓުވުމުގައި ނުވަތަ އެކަށީގެންވާ ވަގުތުގެ ތެރޭގައި އެ ދެނެގަތުމުގައި ނާކާމިޔާބުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަހަކާ ޖެހެންދެން އުރުދުންއަކީ އީރާނުގެ ހަމަލާތަކުން ސަލާމަތްވެފައި އޮތް ގައުމެކެވެ. މީގެ ކުރިން އީރާނުން އަމާޒުކުރަމުން ދިޔައީ ފާރިސީ ކަނޑުއޮޅީގެ ގައުމުތައް ކަމަށްވާ ކުވެއިތާއި ބަހްރައިންގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށެވެ. ބަހްރައިނަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓް އޮންނަ ގައުމެވެ. އަދި ކުވެއިތުގެ އެކި މަރުކަޒުތަކުގައި އެމެރިކާގެ 13،000 އެއްހާ ސިފައިން ހަރަކާތްތެރިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފައިވަނީ، ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކުގައި ކުވެއިތުގައި ހުރި އެމެރިކާގެ އެތައް ރާޑަރު ސިސްޓަމެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.

އުރުދުންގެ އޮފިޝަލުން އެގައުމުގައި އެމެރިކާ ސިފައިން ތިބޭ ތިބުމާ މެދު ވާހަކަދެއްކުމުގައި ވަރަށް ބޮޑަށް ސަމާލުވެ އެވެ. އެގައުމުގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ މީގެ ކުރިން ވިދާޅުވެފައިވަނީ، އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތަކެއް އުރުދުންގައި ނުހުންނާނެ ކަމަށާއި، އެމީހުން މަސައްކަތް ކުރަނީ ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަމަލާގައި މަރުވި އެމެރިކާގެ ދެ ސިފައިންނަކީ، ވައިގެ ދިފާއީ ނިޒާމުތައް ބެލެހެއްޓުމުގެ ޒިންމާ އޮންނަ 'އާމީ އެއާ މިސައިލް ޑިފެންސް ކޮމާންޑް' އަށް ނިސްބަތްވާ ދެ މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާން-އެމެރިކާއުރުދުންކުވައިތުބަޙްރައިންއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި

23 ޖުލައި 2026
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
23 ޖުލައި 2026

އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު

23 ޖުލައި 2026
އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު
23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް

22 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް
22 ޖުލައި 2026

އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟

22 ޖުލައި 2026
އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް