Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟

އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 11 ވަނަ ބުރުގެ ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ވަނީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް ޑްރޯން ހަމަލާތަކެއް ދީފައި. މަސްރަހު އިތުރަށް ހޫނުވަމުންދާއިރު، ހަނގުރާމައިގެ ޚަރަދުތައް ބޮޑުވެ އެމެރިކާގެ ހަތިޔާރު ސްޓޮކް ހުސްވަމުންދާ ކަމުގެ އިންޒާރު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އެމެރިކާގެ ސެނެޓަރުންނަަށް ވަނީ ދެއްވާފައި އަދި މައްސަލަ ހައްލުކުރުމަށް ވާހަކަދެއްކުމުގެ ފުރުސަތު އޮތްކަމަށް އެމެރިކާއިން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 12:32
Your browser does not support the video tag.
0:00 / 0:00

ސެންޓްކޮމްއިން ހާމަކޮށްފައިވާ ގޮތުގައި އެއް ގަޑިއިރުހާއިރު ދެމިގެންދިޔަ މި ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ އީރާނުގެ އޮޕަރޭޝަން ސެންޓަރުތަކާއި، ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތްތަކާއި، އަސްކަރީ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރގެ އިތުރުން ޑްރޯން ރައްކާކުރާ ތަންތަނާއި މަތިންދާބޯޓު ބާއްވާ ހޭންގަރުތަކަށް | ސެންޓްކޮމް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުރަސްއެޅުމުގެ އޮޕަރޭޝަނެއް އިޢުލާނުކުރުމާ ގުޅިގެން، ސައުދީގެ ތެޔޮ ހިފައިގެން އޭޝިއާއަށް ދަތުރުކުރި ދެ ޓޭންކަރެއް އަންގާރަ ދުވަހު ރަތްކަނޑުން އަނބުރާލުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ފުޅާވެއްޖެ އެވެ.

ރަތްކަނޑާއި އިންޑިއާ ކަނޑު ގުޅުވައިދޭ ބާބުލް މަންދަބް ކަނޑުއޮޅި ބަންދުވުމަކީ ދުނިޔޭގެ ވިޔަފާރި މަގުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. މަސްރަހު އިތުރަށް ގޯސްވަމުންދާއިރު، އީރާނަށް އަމާޒުކޮށް 11 ވަނަ ބުރުގެ ހަމަލާތައް ދީ ނިންމާލާފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. މީގެ ރައްދުގައި އީރާނުން ވަނީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފަ އެވެ.

އަންގާރަ ދުވަހުގެ ރެއާއި ބުދަ ދުވަހު ހިނގާދިޔަ މުހިންމު ކަންތައްތަކުގެ ޚުލާސާއެއް ތިރީގައި އެވަނީއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދިނީ ކޮން ތަންތަނަކަށް؟

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ބުދަ ދުވަހުގެ ގްރީނިޗް މީން ޓައިމުން 00:15 ގައި، ޖެހިޖެހިގެން 11 ވަނަ ރޭ އީރާނަށް ދެމުންދިޔަ ހަމަލާތަކުގެ އެންމެ ފަހުގެ ބުރު ވަނީ ނިންމާލާފަ އެވެ.

ސެންޓްކޮމްއިން ބުނީ އީރާނުގެ އަސްކަރީ އޮޕަރޭޝަން ސެންޓަރުތަކަށާއި، ކަނޑުގެ ގާބިލުކަމާ ގުޅޭ ވަސީލަތްތަކަށާއި، ބޯޓުފަހަރު ބަހައްޓާ ހޭންގަރުތަކަށާއި، ޑްރޯން ރައްކާކުރާ ތަންތަނުގެ އިތުރުން އަސްކަރީ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރަށް ހަމަލާދީފައިވާނެ ކަމަށެވެ. މި ހަމަލާތަކުގެ މަގުސަދަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ކުރިމަތިކުރާ ނުރައްކާ ކުޑަކުރުން ކަމަށް އެމެރިކާއިން ބުނެ އެވެ.

ސެންޓްކޮމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެ ކަނޑުއޮޅިން ދަތުރުކުރި 30 އަށްވުރެ ގިނަ ވިޔަފާރި އުޅަނދަށް އީރާނުން ވަނީ ހަމަލާދީފަ އެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެއްވަމުން، އެ ގައުމުގެ ހުޅަނގު ދެކުނު ޚޫޒިސްތާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ، ބުދަ ދުވަހު އެމެރިކާއިން ދިން މިސައިލް ހަމަލާތައް އަމާޒުވީ އެ ޕްރޮވިންސްގެ ބެހްބަހާން އަދި އޮމިދިޔޭ ސިޓީ ކައިރީގައިވާ ސަރަހައްދުތަކަށް ކަމަށެވެ.

މީގެ އިތުރުން، ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އީރާނުގެ ހުޅަނގު އުތުރު ތަބްރީޒް ސިޓީގެ ބޭރުގައި އޮންނަ އަސްކަރީ މަރުކަޒަކަށް ވެސް އެމެރިކާ ސިފައިން ހަމަލާދީފައިވާ ކަމަށް އެ އެޖެންސީން ރިޕޯޓުކުރެ އެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރެ އަލްޖަޒީރާގެ ރިޕޯޓަރު ބުނީ، ތަބްރީޒުން ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށެވެ.

އަލްޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި، ތެހެރާނުގެ އެއާ ޑިފެންސް ސިސްޓަމްތައް ވަނީ އެކްޓިވޭޓްކޮށްފައެވެ. އަދި ބޫޝެހްރު ސިޓީން ވެސް ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރް.އައި.ބީ އިން ރިޕޯޓުކުރި ގޮތުގައި، ސިސްތާން އެންޑް ބަލޫޗިސްތާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ވަނީ އެ ގައުމުގެ އިރުދެކުނު ސިޓީތަކެއް ކަމަށްވާ ޗަބަހާރް އަދި ކޮނާރަކްއަށް ހަމަލާދީފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އައި.އާރް.އައި.ބީ އިން ހަމަދާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި، އެމެރިކާ ސިފައިން ވަނީ އެ ޕްރޮވިންސްގެ ހުޅަނގު މެދުތެރޭގައި އޮންނަ ކަބޫދަރަހަންގް ކައުންޓީއަށް ވެސް ވައިގެ މަގުން ހަމަލާދީފަ އެވެ.

މީގެ އިތުރުން، އީރާނުގެ ހުޅަނގުގައިވާ އިލާމް ޕްރޮވިންސްގެ ޗަވާރް އަދި އަބްދާނާން ސަރަހައްދަށާއި، ހުޅަނގު ކުރުދިސްތާން ޕްރޮވިންސަށް ވެސް އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށް އެ މީޑިއާއިން ބުނެ އެވެ.

އީރާނުން ގަލްފް ސަރަހައްދަށް ހަމަލާދިނީ ކޮން ތަންތަނަކަށް؟

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ ހަވާލާދީ އައި.އާރް.އައި.ބީ އިން ބުނީ، "އިސްތިއުމާރު ކުރާ ފަރާތްތަކަށް އަދަބު ދިނުމުގެ އޮޕަރޭޝަން" ބުދަ ދުވަހު ވެސް ކުރިއަށްދާ ކަމަށެވެ.

ކުވެއިތު: އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ބުދަ ދުވަހު ކުވެއިތުގެ ހުޅަނގުގައި އޮންނަ ކޭމްޕް ދޯހާގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އީރާނުން ވަނީ ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

އުރުދުން: އީރާނުގެ އަސްކަރިއްޔާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުރުދުންގެ އަޒްރަގްގައި ހުންނަ މުވައްފަގް ސަލްތީ އެއާބޭސްއަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ. މެހެރް ނިއުސް އެޖެންސީން ރިޕޯޓުކުރި އެ ބަޔާނުގައި ބުނެފައިވަނީ، "ޓެރަރިސްޓް އެމެރިކާ ސިފައިން އުރުދުންގެ ބޭސްގައި ބޭނުންކުރާ 'އެކޮމޮޑޭޝަން އިމާރާތްތަކަށާއި' 'އިކުއިޕްމަންޓް ގުދަންތަކަށް' ބުދަ ދުވަހުގެ ހެނދުނު ޑްރޯން ހަމަލާދީފައިވާ" ކަމަށެވެ.

ބަހްރޭން: މެހެރް ނިއުސް އެޖެންސީން ރިޕޯޓުކުރި އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބަހްރައިންގައި ހުންނަ އީސާ އެއާބޭސްއަށް ވެސް އީރާނުން ޑްރޯން ހަމަލާދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، "ކުޑަކުދިން މަރާ، މުޖުރިމް އެމެރިކާ ސިފައިން ބަހްރައިންގެ ޝެއިޚް އީސާ އެއާބޭސްގައި ބޭނުންކުރާ 'ބޮޑެތި އިކުއިޕްމަންޓް ގުދަންތަކަށާއި'، 'ބޮޑެތި މަތިންދާބޯޓު މަރާމާތުކުރާ ހޭންގަރުތަކަށް' ވެސް ޑްރޯން ހަމަލާދީފައިވާ" ކަމަށެވެ.

މަރުގެ އަދަދު، ޑިޕްލޮމަސީ އަދި ޚަރަދުތައް

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ޖުލައި 17 ވަނަ ދުވަހު އުރުދުންގެ މުވައްފަގް ސަލްތީ އެއާބޭސްއަށް އީރާނުން ދިން ހަމަލާގައި އެމެރިކާގެ ތިންވަނަ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އުމުރުން 28 އަހަރުގެ އެ ސިފައިންގެ މީހާއަކީ މީގެ ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކުރި މީހެކެވެ. ނަމަވެސް މިހާރު އޭނާގެ ސްޓޭޓަސް ވަނީ "ވީނުވީއެއް ނޭނގޭ، ހާލަތުން މަރުވެފައިވާ ކަމަށް ބެލެވޭ" ހާލަތަށް ބަދަލުކޮށްފަ އެވެ.

އުރުދުންގެ ބޭސްއަށް ދިން އެ ހަމަލާގައި މީގެ ކުރިން ދެ ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން، މިދިޔަ ހަފުތާގައި އިރާގުގައި އީރާނުގެ ޑްރޯނެއް ގޮއްވާލަން އުޅުމުގެ ތެރޭގައި ވެސް އެމެރިކާގެ ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ. މި މަރުތަކާއެކު، ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު މިހާރު ވަނީ 18 އަށް އަރާފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ވޮޝިންގޓަނުން އޮތީ ތައްޔާރަށް ކަމަށެވެ. މެނީލާގައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރޫބިއޯ ވިދާޅުވީ، "އެމީހުން (އީރާނުން) ސީރިއަސް ނަމަ، އަހަރެމެން ވެސް މިތިބީ ސީރިއަސްކޮށް. އެހެން ނޫންނަމަ، އަހަރެމެންގެ މަސްލަހަތާއި އަހަރެމެންގެ ބައިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ކަމަށެވެ.

މިދަނޑިވަޅުގައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ސެނެޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް މި ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށެވެ. އަދި ހުސްވަމުންދާ މިސައިލްގެސްޓޮކް އިތުރުކުރުމަށްޓަކައި އިތުރު 67 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްދިނުމަށް އޭނާ ވަނީ ސެނެޓުގައި އެދިވަޑައިގެންފަ އެވެ.

އީރާން-އެމެރިކާއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ

22 ޖުލައި 2026
އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ
22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
22 ޖުލައި 2026

އީރާނަށް ދެމުންދާ ހަމަލާތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ: ދިފާއީ ވަޒީރު

22 ޖުލައި 2026
އީރާނަށް ދެމުންދާ ހަމަލާތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ: ދިފާއީ ވަޒީރު
21 ޖުލައި 2026

ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން

21 ޖުލައި 2026
ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން
21 ޖުލައި 2026

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ރާޑަރު އަދި މުއާސަލާތީ ވަސީލަތްތަކެއް ސުންނާފަތިކޮށް؛ ކުވެއިތުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް އީރާނު ސިފައިން ހަމަލާދީފި

21 ޖުލައި 2026
މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ރާޑަރު އަދި މުއާސަލާތީ ވަސީލަތްތަކެއް ސުންނާފަތިކޮށް؛ ކުވެއިތުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް އީރާނު ސިފައިން ހަމަލާދީފި
21 ޖުލައި 2026

ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް

21 ޖުލައި 2026
ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް
21 ޖުލައި 2026

ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އިންޒާރެއް ނެރެފި

21 ޖުލައި 2026
ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އިންޒާރެއް ނެރެފި
21 ޖުލައި 2026

އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި

21 ޖުލައި 2026
އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި
20 ޖުލައި 2026

އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!

20 ޖުލައި 2026
އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު