Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަނގުރާމަ

އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު

23 ޖުލައި 2026 | ބުރާސްފަތި 06:42

އީރާނުގެ އަސްކަރިއްޔާއިން މެދުކެނޑުމެއްނެތި މިސައިލް އުފެއްދުމުގެ މަސައްކަތް ކުރިއަށްގެންދާކަން ހާމަކުރަމުން، ޔޫއޭއީގައި ހުރި އެމެރިކާގެ މުހިންމު ޑޭޓާ ސެންޓަރަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ. އީރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވީ ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި، އެ ގައުމުގެ މައިގަނޑު އަމާޒަކީ މުޅި ސަރަހައްދުން އެމެރިކާގެ ބާރު ކަނޑުވާލުން ކަމަށް.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 06:42
އަރަބި ކަނޑުގެ ތެރެއިން ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިޔު ބުޝް (ސީވީއެން 77) މަތިންދާބޯޓު އުފުލާ މަނަވަރު ދަތުރުކުރަމުންދާއިރު، އެ މަނަވަރުގެ ޑެކް މަތީގައި އޮތް އެފް/އޭ-18އީ ސުޕަރ ހޯނެޓް މަތިންދާބޯޓަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އިޝާރާތް ކުރަނީ.

އަރަބި ކަނޑުގެ ތެރެއިން ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިޔު ބުޝް (ސީވީއެން 77) މަތިންދާބޯޓު އުފުލާ މަނަވަރު ދަތުރުކުރަމުންދާއިރު، އެ މަނަވަރުގެ ޑެކް މަތީގައި އޮތް އެފް/އޭ-18އީ ސުޕަރ ހޯނެޓް މަތިންދާބޯޓަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އިޝާރާތް ކުރަނީ. | ސެންޓްކޮމް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރުތައް ބޭނުންކުރި ނަމަވެސް، އެ ގައުމުގެ މަގްސަދުތައް ހާސިލުނުވި ކަމަށް އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ އިސް ތަރުޖަމާނު، ބްރިގޭޑިއާ ޖެނެރަލް އަބުލްފަޒްލް ޝެކަރްޗީ ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި ވެސް އެއްވެސް މެދުކެނޑުމެއް ނެތި އީރާނުން މިސައިލް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އައި.އާރު.އައި.ބީ އަށް ދެއްވި އިންޓަވިއުއެއްގައި ޖެނެރަލް ޝެކަރްޗީ ވަނީ، ހަނގުރާމައާ ގުޅޭގޮތުންނާއި އީރާނުގެ އިސްތިރާޖީ ގާބިލުކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފަ އެވެ.

"ދުނިޔޭގައި ޓެސްޓުކޮށް، ނަމަވެސް މީގެ ކުރިން ދުވަހަކުވެސް ބޭނުންކޮށްފައި ނުވާ ހުރިހާ ހަތިޔާރެއް ދުޝްމަނުން ބޭނުންކުރި،" ޖެނެރަލް ޝެކަރްޗީ ވިދާޅުވި އެވެ. "އެމީހުން އީރާނާ ދެކޮޅަށް ބޭނުންކުރީ ތިންވަނަ ބޮޑު ހަނގުރާމައަށްޓަކައި ހާއްސަކޮށްފައި ހުރި ހަތިޔާރުތައް."

ޖެނެރަލް ޝެކަރްޗީ ވިދާޅުވީ، މަޖުބޫރުކޮށްގެން ކުރިމަތިކުރުވި ދެވަނަ ހަނގުރާމައިގެ ތެރޭގައި، އެއް ހަފުތާ ތެރޭގައި އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާ ބަލިކޮށްލެވޭނެ ކަމަށާއި، އޭގެ ޖެހިގެން އަންނަ ހަފުތާގައި އީރާނު ބައިބައިކޮށްލެވޭނެ ކަމަށް ދުޝްމަނުން ގަބޫލުކުރި ކަމަށެވެ.

އޭނާ ވިދާޅުވީ "ޓްރޫ ޕްރޮމިސް" ގެ ދެ އޮޕަރޭޝަނާއި އަސްކަރީ ތަމްރީނުތަކަށް ފަހު، އީރާނުން ވަނީ ލިބުނު ގެއްލުންތައް ވަޒަންކޮށް، ހަމަލާދޭނެ އަމާޒުތައް ކަނޑައަޅައި، ފުރިހަމަ ޕްލޭންތަކެއް އެކުލަވާލާފައި ކަމަށެވެ.

"ޖެނުއަރީ 17 އަދި 18 ގައި ދުޝްމަނުން މަސައްކަތް ކުރީ ބަގާވާތަކާއި ވަރުގަދަ ހަނގުރާމައެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން، ނަމަވެސް އީރާނުގެ ރައްޔިތުން ވަނީ އެ ރޭވުން ނާކާމިޔާބުކޮށްލާފައި."

ޖެނެރަލް ޝެކަރްޗީ ވިދާޅުވީ، މަޖުބޫރުކޮށްގެން ކުރިމަތިކުރުވި ތިންވަނަ ހަނގުރާމައިގެ ތެރޭގައި، އިސްލާމީ އިންގިލާބުގެ ޝަހީދުވި ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ހުންނެވީ، އެމަނިކުފާނާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ވަކިވެދިޔަ ނަމަވެސް، އެކަމުގެ ބަދަލުގައި އަމަލުކުރާނެ ފުރިހަމަ ޕްލޭންތަކެއް ތައްޔާރުކުރައްވައިގެން ކަމަށެވެ.

'ޔޫއޭއީގައި ހުރި ދުޝްމަނުންގެ ބޮޑު ޑޭޓާ ސެންޓަރެއް ހަލާކުކޮށްލުން'

ދުޝްމަނުންނަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި އެމީހުންގެ "ބޮޑު ޑޭޓާ ސެންޓަރު" ހަލާކުކޮށްލުން ކަމަށް ޖެނެރަލް ވިދާޅުވި އެވެ.

"މި ޑޭޓާ ސެންޓަރަކީ މުޅި ސަރަހައްދު ކޮންޓްރޯލް ކުރުމަށްޓަކައި ޔޫރަޕްގެ ގައުމުތަކާއި، ޒަޔަނިސްޓް އިސްރާއީލާއި، އެމެރިކާގެ އެހީތެރިކަމާއި އިންވެސްޓްމަންޓާއެކު 20 އަހަރު ދުވަހުގެ ތެރޭގައި ޔޫއޭއީގައި ބިނާކުރި ތަނެއް." "މި ސަރަހައްދުގައި ހުރި އެމީހުންގެ އަސްކަރީ މަރުކަޒުތައް ހަލާކުވެގެން ދިއުމާއެކު، ފާއިތުވި ފަސް ދަހަރު ތެރޭގައި އެމެރިކާއިން މި ސަރަހައްދުގައި ކުރި ހުރިހާ އިންވެސްޓްމަންޓެއް ވަނީ އަޅިއަށް ވެގެން ގޮސްފައި."

މި އަހަރުގެ ކުރީކޮޅު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ކްރޫޒް މިސައިލް ބޭނުންކޮށްގެން ބަހްރައިންގައި ހުރި އެމެޒޯންގެ ޑޭޓާ ހަބަކަށާއި، ދުބާއީގައި ހުރި އޮރަކަލްގެ ޑޭޓާ ސެންޓަރަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާކަން އިއުލާނުކޮށްފަ އެވެ.

މިސައިލް އުފެއްދުން ދުވަހަކުވެސް ހުއްޓައެއް ނުލާ

ޖެނެރަލް ޝެކަރްޗީ ވިދާޅުވީ، 40 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ވެސް އަދި އެމެރިކާއިން ވައުދާ ހިލާފުވެ އަލުން ހަމަލާދޭން ފެށި ފަހުން ވެސް، އީރާނުގެ އިސްތިރާޖީ މިސައިލް އުފެއްދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ.

"މިހާރުވެސް މިސައިލްތައް އުފައްދަމުން ދަނީ އަހަރެމެންގެ ރިޒާވް އިތުރުކުރުމަށްޓަކައި."

އޭނާ ވިދާޅުވީ އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތައް ހުރި ތަނަކާ މެދު ދުޝްމަނުން އަދިވެސް ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށެވެ. "ދުޝްމަނުންގެ އަތުގައި ޖާސޫސީ މައުލޫމާތު އެއްކުރާ ހުރިހާ ވަސީލަތްތަކެއް ހުރި ނަމަވެސް، އަހަރެމެން މިސައިލް އުފައްދަނީ ކޮންތާކުކަން ނޭނގި އެމީހުން ތިބީ ހައިރާންވެފައި."

ޖެނެރަލް ޝެކަރްޗީ ވިދާޅުވީ އީރާނުގެ މައިގަނޑު ސިޔާސަތަކީ ހުޅަނގު އޭޝިއާ ސަރަހައްދުން އެމެރިކާ ބޭރުކޮށްލުން ކަމަށެވެ.

"މި ސަރަހައްދުން އެމެރިކާ ބޭރުކޮށްލުމާއެކު، ޒަޔަނިސްޓް އިސްރާއީލުގެ ނަން ދުނިޔެއިން ފޮހެވިގެންދާނެ."

2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އޭރުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލި އެވެ. އެއީ އީރާނާ ދެކޮޅަށް އެއްވެސް އުސޫލެއް ނެތި ފެށި ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމައިގެ ފެށުމެވެ.

އީރާން-އެމެރިކާއީރާން-އިސްރާއީލުއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް

22 ޖުލައި 2026
އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް ނުކެޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި: ރިޕޯޓް
22 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް

22 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނާކާމިޔާބުވެފައިވާކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ބުނުފި: ރިޕޯޓް
22 ޖުލައި 2026

އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟

22 ޖުލައި 2026
އީރާނަށް 11 ވަނަ ރޭގެ ހަމަލާތައް އަމާޒުވި އިރު އީރާނުން ގަލްފުގެ ގައުމުތަކަށް ބަދަލު ހިފުމުގެ ހަމަލާތައް، ހުރްމުޒް އާއި ބާބުލް މަންދަބު ބަންދުވުމުގެ ނުރައްކާ - އެންމެ ފަހުން ހިނގީ ކޮން ކަންކަމެއް؟
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ

22 ޖުލައި 2026
އީރާނާއެކު ވާހަކަ ދައްކަން ތައްޔާރު، އެކަމަކު އެ މީހުން ސީރިއަސްއެއް ނޫން: ރޫބިއޯ
22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
22 ޖުލައި 2026

އީރާނަށް ދެމުންދާ ހަމަލާތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ: ދިފާއީ ވަޒީރު

22 ޖުލައި 2026
އީރާނަށް ދެމުންދާ ހަމަލާތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ: ދިފާއީ ވަޒީރު
21 ޖުލައި 2026

ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން

21 ޖުލައި 2026
ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް