Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އާ ބޮޑުވަޒީރު އެންޑީ ބާންހަމް ދެއްވައިފި. މި ނިންމެވުމާ ގުޅިގެން އިނގިރޭސި ސިޔާސީ މަސްރަހުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، މިއީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް ސަރަހައްދީ ސަލާމަތް ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނޭ.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 06:39
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ އިދާރާ، 10 ޑައުނިންގް ސްޓްރީޓްގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވާ އަންގާރަ ދުވަހު ބޭއްވި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމް (މެދުގައި) ވަޒީރުންނާއެކު.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ އިދާރާ، 10 ޑައުނިންގް ސްޓްރީޓްގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވާ އަންގާރަ ދުވަހު ބޭއްވި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމް (މެދުގައި) ވަޒީރުންނާއެކު. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް، އީރާނާ ދެކޮޅަށް އެމެރިކާއިން ދޭ ބައެއް ހަމަލާތަކުގައި އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެއްވައިފި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ބާންހަމް މި ނިންމެވުން ނިންމެވީ ކުރީގެ ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ސިޔާސަތުތައް ދެމެހެއްޓުމުގެ ގޮތުންނެވެ. އިނގިރޭސިވިލާތުން ސިފަކުރާ ގޮތުގައި މިއީ އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް ދޭ "ޑިފެންސިވް" ހަމަލާތަކެކެވެ.

މި މައްސަލައާ ގުޅުންހުރި މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، މި މަހުގެ ކުރީކޮޅު އެމެރިކާއިން އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މިދިޔަ ހުކުރު ދުވަހު ސްޓާމަރ ވަނީ އިސް ވަޒީރުންނާއި އޮފިޝަލުންގެ ބައްދަލުވުމެއް ބާއްވަވާފަ އެވެ.

އެ ބައްދަލުވުމުގައި ވަޒީރުން ނިންމެވީ، އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ މަރުކަޒާއި، އިންގްލެންޑުގެ ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑް މަރުކަޒު އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ބޭނުންކުރެވޭނެ ގޮތަށް އޮތް އޮތުން ދެމެހެއްޓުމަށެވެ. މި މަރުކަޒުތައް ބޭނުންކުރާނީ އީރާނުގެ މިސައިލް ހަމަލާތަކަށް ހުރަސްއެޅުމަށާއި، ހޮރްމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް ހަމަލާދޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން އުދުއްސާލާ ބޯޓުތަކަށް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ހޯމަ ދުވަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ބާންހަމްއަށް މި މަޝްވަރާތަކުގެ މައުލޫމާތު އެރުވުމުން، އޭނާ ވަނީ އެ ނިންމުމަށް ތާއީދުކުރައްވާފަ އެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި މި މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ވާހަކަދައްކާފައިވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށްފަ އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާއިން ދޭ "ޑިފެންސިވް" ހަމަލާތަކަށް އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި ބާންހަމް ދެމިހުންނަވާނީ ކުރީގެ ސަރުކާރުގެ ސިޔާސަތުގެ މަތީގަ އެވެ. މީގެ މާނައަކީ އެމެރިކާއިން މިހާރު ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ބައެއް ހަމަލާތަކުގައި އިނގިރޭސިވިލާތުގެ މަރުކަޒުތައް ބޭނުންކުރާނެ ކަމެވެ.

ދެފަރާތް ރުއްސުން

އެހެންނަމަވެސް، ބާންހަމްގެ މި ނިންމެވުމަކީ ސިޔާސީގޮތުން ގޮންޖެހުން ބޮޑު ކަންތައްތަކެކެވެ. ސަބަބަކީ އިނގިރޭސިވިލާތުގެ ވާތުފިޔައިގެ ސިޔާސީ ފަރާތްތަކުން އެ މަރުކަޒުތައް ބޭނުންކުރުން ހުއްޓުވުމަށް ޕްރެޝަރު ކުރަމުންދާއިރު، އަނެއްކޮޅުން ރައީސް ޓްރަމްޕް ގެންދަވަނީ ހަނގުރާމައިގައި އިނގިރޭސިވިލާތުގެ ދައުރު ފުޅާކުރުމަށް ބާރުއަޅުއްވަމުންނެވެ.

އީރާނުގެ އާންމު އިންފްރާސްޓްރަކްޗަރ ކަމަށްވާ ފާލަންތަކާއި އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން އިނގިރޭސި އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެފަދަ ހަމަލާތަކެއް ދީފިނަމަ ކުރިމަތިވެދާނެ ގާނޫނީ މައްސަލަތަކާ މެދު އެ ބޭފުޅުން ކަންބޮޑުވެ އެވެ.

ބާންހަމްގެ މި ނިންމެވުމާ ގުޅިގެން، ވާތުފިޔައިގެ ގްރީން ޕާޓީއާއި ލިބަރަލް ޑިމޮކްރެޓްސްގެ ފާޑުކިޔުން އޭނާއަށް އަމާޒުވާނެ ކަމަށް ބެލެވެ އެވެ. އެ ދެ ޕާޓީންވެސް މި މަރުކަޒުތައް ބޭނުންކުރުމާ ދެކޮޅު ހަދަނީ، އޭގެ ސަބަބުން ހަނގުރާމައިގެ ކުށްތަކުގައި އިނގިރޭސިވިލާތުގެ ބައިވެރިވުން އޮތްކަމަށް ބެލެވޭނެތީ އެވެ.

އާ ބޮޑުވަޒީރުގެ މި ނިންމެވުމަކީ، އޭނާ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޓްރަމްޕް ދެއްވި ހޫނު މަރުހަބާގެ ސަބަބު ކަމުގައި ވެދާނެ އެވެ.

ހޯމަ ދުވަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބާންހަމް ވަނީ ފޯނުން ޓްރަމްޕާ ވާހަކަދައްކަވާފަ އެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިނގިރޭސިވިލާތުން ދޭ ސަމާލުކަން ބޮޑުވަޒީރު ފާހަގަކުރެއްވި ކަމަށެވެ.

ޓްރަމްޕް ވަނީ އެ ފޯނު ކޯލާ ގުޅޭގޮތުން "ޓްރޫތް ސޯޝަލް" ގައި ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. "އަޅުގަނޑުމެން ނޯތު ސީ ތެލާއި، ވިޔަފާރިއާއި، އަސްކަރީ އިއްތިހާދާއި، ހުރްމުޒް ކަނޑުއޮޅިން މައިން ނައްތާލުމުގެ އިތުރުން އެހެނިހެން ގިނަ މައުލޫމާތުތަކާ ބެހޭގޮތުން މަޝްވަރާކުރިން. އެއީ ވަރަށް ޝައުގުވެރި އަދި ވަރަށް ކާމިޔާބު ކޯލެއް،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

އެންޑީ ބާންހަމްކިއަރ ސްޓާމަރއީރާން-އެމެރިކާޑިއެގޯ ގާސިއާއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

22 ޖުލައި 2026

އީރާނަށް ދެމުންދާ ހަމަލާތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ: ދިފާއީ ވަޒީރު

22 ޖުލައި 2026
އީރާނަށް ދެމުންދާ ހަމަލާތަކަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ: ދިފާއީ ވަޒީރު
21 ޖުލައި 2026

ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން

21 ޖުލައި 2026
ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން
21 ޖުލައި 2026

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ރާޑަރު އަދި މުއާސަލާތީ ވަސީލަތްތަކެއް ސުންނާފަތިކޮށް؛ ކުވެއިތުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް އީރާނު ސިފައިން ހަމަލާދީފި

21 ޖުލައި 2026
މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ރާޑަރު އަދި މުއާސަލާތީ ވަސީލަތްތަކެއް ސުންނާފަތިކޮށް؛ ކުވެއިތުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް އީރާނު ސިފައިން ހަމަލާދީފި
21 ޖުލައި 2026

ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް

21 ޖުލައި 2026
ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް
21 ޖުލައި 2026

ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އިންޒާރެއް ނެރެފި

21 ޖުލައި 2026
ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އިންޒާރެއް ނެރެފި
21 ޖުލައި 2026

އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި

21 ޖުލައި 2026
އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި
20 ޖުލައި 2026

އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!

20 ޖުލައި 2026
އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!
20 ޖުލައި 2026

ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް

20 ޖުލައި 2026
ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް
20 ޖުލައި 2026

އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

20 ޖުލައި 2026
އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
20 ޖުލައި 2026

އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟

20 ޖުލައި 2026
އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު