Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން

އީރާނުގެ ނަޠަންޒް ކައިރީގައި ބިމުގެ އަޑީގައި ހަދާފައިވާ ނިއުކްލިއާ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި. މި ހަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އީރާނަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، އީރާނުން ވެސް ވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި

ރާއްޖެ އެމްވީ | 21 ޖުލައި 2026 | އަންގާރަ 17:58
2026 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ސެޓެލައިޓުން ނަގާފައިވާ ފޮޓޯއަކުން ފެންނަނީ، އީރާނުގެ ނަޠަންޒް ކައިރީގައި ހުންނަ އެ ގައުމުގެ ނިއުކްލިއާ މަރުކަޒެއް ކަމަށްވާ ނަޠަންޒް ފެސިލިޓީގެ "ޕިކްއެކްސް މައުންޓަން" ސަރަހައްދުގައި ހަދާފައިވާ ބިންގަރާސްތަކުގެ ދޮރުތައް

2026 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ސެޓެލައިޓުން ނަގާފައިވާ ފޮޓޯއަކުން ފެންނަނީ، އީރާނުގެ ނަޠަންޒް ކައިރީގައި ހުންނަ އެ ގައުމުގެ ނިއުކްލިއާ މަރުކަޒެއް ކަމަށްވާ ނަޠަންޒް ފެސިލިޓީގެ "ޕިކްއެކްސް މައުންޓަން" ސަރަހައްދުގައި ހަދާފައިވާ ބިންގަރާސްތަކުގެ ދޮރުތައް | ރޮއިޓާސް

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ނިމުމާ ގާތަށް ވެސް ނުދާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގެ ދެން އޮތް އަމާޒަކީ "ޕިކްއޭކްސް މައުންޓަން" (ކްލަންގ ފަރުބަދަ) އިގެ ނަމުން މަޝްހޫރުވެފައިވާ ފަރުބަދައިގެ، ބިމުގެ އަޑީގައި ހުރި ނިއުކްލިއާ މަރުކަޒެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.

"ޕިކްއޭކްސް މައުންޓަން" ކަމަށް ޓްރަމްޕް ހަވާލާ ދެއްވީ އީރާނުގެ ނަޠަންޒް ކައިރީގައި ހުރި މި ފަރުބަދައިގެ ވަރަށް ފުނުގައި ހަދާފައިވާ ނިއުކްލިއާ މަރުކަޒަކަށެވެ. ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ އެ ތަނުގައި ރަސްމީކޮށް އިޢުލާނުނުކޮށް ޔުރޭނިއަމް މުއްސަނދިކުރާ ފެސިލިޓީއެއް ބިނާކުރަމުންނެވެ.

އެ ސަރަހައްދަށް ވަރަށް އަވަހަށް އަދި ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އާންމުގޮތެއްގައި ހަމަލާދޭނެ އަމާޒުތައް ކުރިއާލާ އިޢުލާނު ނުކުރެއްވި ނަމަވެސް، އެކަމާ ދެކޮޅަށް އީރާނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު ލިބިފައިވާ ގެއްލުންތަކުން އަލުން އަރައިގަތުމަށް އީރާނަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން މިހާރުން މިހާރަށް އެ ސަރަހައްދު ދޫކޮށް ދިޔަ ނަމަވެސް، އީރާނަށް އަލުން އާރާާސްތުކުރުމަށް 20 ނުވަތަ 25 އަހަރު ނަގާނެ ކަމަށެވެ. އަދި އެމެރިކާގެ މަސައްކަތްތައް އަދި މުޅިން ނުނިމޭ ކަމަށާއި، މި ވަގުތު އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއާ އެކު ކުރަމުންދާ ހަނގުރާމަ އަލުން ފެށުނުތާ ދެ ހަފުތާ ފަހުން، އީރާނުން ވަނީ އަންގާރަ ދުވަހު މެދުއިރުމަތީގައި ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން އުރުދުން، ކުވެއިތު އަދި ބަހްރެއިނަށް ވެސް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްޕިކްއޭކްސް މައުންޓަންނަތަންޒް

އިތުރަށް ކިޔާލަން

21 ޖުލައި 2026

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ރާޑަރު އަދި މުއާސަލާތީ ވަސީލަތްތަކެއް ސުންނާފަތިކޮށް؛ ކުވެއިތުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް އީރާނު ސިފައިން ހަމަލާދީފި

ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް

21 ޖުލައި 2026
ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް
21 ޖުލައި 2026

އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް

21 ޖުލައި 2026
އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް
21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
21 ޖުލައި 2026

އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ

21 ޖުލައި 2026
އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ
21 ޖުލައި 2026

ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އިންޒާރެއް ނެރެފި

21 ޖުލައި 2026
ދުނިޔޭ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި، އިންޒާރެއް ނެރެފި
21 ޖުލައި 2026

އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި

21 ޖުލައި 2026
އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި
20 ޖުލައި 2026

އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!

އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

20 ޖުލައި 2026
އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
20 ޖުލައި 2026

އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟

20 ޖުލައި 2026
އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު