Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ

އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި އެމެރިކާގެ 17 ސިފައިން މަރުވެފައިވާއިރު، ޒަޚަމްވި ސިފައިންގެ އަދަދު 100ށް އަރާ ކަމަށް ޕެންޓަގަނުން ވަނީ ބުނެފައި. މި ކުރިމަތިލުންތަކުގެ އަސަރު މުޅި ސަރަހައްދަށް ފޯރައި ކަނޑުދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް އަމަލުކުރުމުގެ ފުރުސަތު ކުޑަކަމަށް ވޮޝިންގްޓަނުން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 21 ޖުލައި 2026 | އަންގާރަ 07:48
މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މެރިން ސިފައިން، "ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް" (ހައިމާސް) އުޅަނދެއްގެ ޓްރާންސްމިޝަން ބަދަލުކުރަނީ.

މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މެރިން ސިފައިން، "ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް" (ހައިމާސް) އުޅަނދެއްގެ ޓްރާންސްމިޝަން ބަދަލުކުރަނީ. | ސެންޓްކޮމް

ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާއިރު، މި ކުރިމަތިލުންތަކުގައި އެމެރިކާ ސިފައިންގެ ގާތްގަނޑަކަށް 100 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

އެމެރިކާ ސިފައިންނަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން ޕެންޓަގަނުގެ ތަރުޖަމާނަކު ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަނިޔާވި ގާތްގަނޑަކަށް 100 ސިފައިންގެ ތެރެއިން ގިނަ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތައް ކަމަށެވެ. ނަމަވެސް، ސިފައިންނަށް ލިބޭ އަނިޔާތަކުގެ ތަފުސީލު ހާމަކުރުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ލަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް ސީއެންއެން އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެ އެވެ. އަސްކަރިއްޔާއިން ބުނާ ގޮތުގައި މި މައުލޫމާތުތައް ހާމަކުރުން ލަސްކުރީ ސިފައިންގެ ރައްކާތެރިކަމަށްޓަކައެވެ.

އީރާނުގެ ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ ހަށިތައް އެނބުރި ގައުމަށް ގެންދިއުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ޓްރަމްޕް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކުރިން އަންގާރަ ދުވަހު ބޭއްވުމަށް ނިންމި މި ރަސްމިއްޔާތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ތިން ސިފައިން މަރުވި މައްސަލާގައި، އީރާނުން އޭގެ ބަދަލު ދޭންޖެހޭނެ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން އިންޒާރު ދެއްވާފަ އެވެ. ހަނގުރާމައިގައި މިހާތަށް އެމެރިކާގެ 17 ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ރޭގަނޑުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް އެމެރިކާއިން ވަނީ އީރާނަށް އަމާޒުކޮށް 10 ވަނަ ރެއަށް ހަމަލާތައް ދީފަ އެވެ. މި ހަމަލާތަކުގައި އީރާނުގެ ކޮމާންޑް ސެންޓަރުތަކަށާއި ކަނޑުގެ އަސްކަރީ ގާބިލުކަން ހުރި ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ދެކުނު ހުރްމުޒްގާން ޕްރޮވިންސްގެ ބަންދަރު އައްބާސް، ގޭޝްމް އަދި ބެމާނީ ޑިސްޓްރިކްޓް ހިމެނޭހެން އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮވާފަ އެވެ.

ހުރްމުޒް ކަނޑުއޮޅީގައި ހިނގަމުންދާ ހަމަލާތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ މެރިޓައިމް އޮތޯރިޓީން ބުނީ ހޯމަ ދުވަހު ހަމަލާއެއް އަމާޒުވި އުޅަނދެއްގައި ތިބި ފަޅުވެރިން އެ އުޅަނދު ދޫކޮށްލުމަށްފަހު މިހާރު ތިބީ ލައިފްބޯޓެއްގައި ކަމަށެވެ. މެރިން ޓްރެފިކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ހޯމަ ދުވަހު އެ ކަނޑުއޮޅިން ދަތުރުކުރީ އެންމެ ނުވަ އުޅަނދެވެ. ނަމަވެސް، މެއި މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް ވިޔަފާރިކުރާ ގާތްގަނޑަކަށް 900 އުޅަނދަކަށް ދަތުރުފަތުރު ކުރުމުގެ މަގު ފަހިކޮށްދީފައިވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެ އެވެ.

މި ކުރިމަތިލުންތަކުގެ އަސަރު މުޅި މެދުއިރުމައްޗަށް ދަނީ ފޯރަމުންނެވެ. ކުވެއިތުން ބުނި ގޮތުގައި ހޯމަދުވަހުގެ ރޭގެ ވަގުތެއްގައި އެ ގައުމަށް އަމާޒުވި "ދުޝްމަނުންގެ" މިސައިލްތަކާއި ޑްރޯންތަކެއް ވަނީ ހުއްޓުވާފަ އެވެ. އަދި އީރާނުގެ ސަރަހައްދުން ފޮނުވާލި ތިން މިސައިލެއް ވައްޓާލާފައިވާ ކަމަށް އުރުދުންއިން ވެސް ވަނީ ބުނެފަ އެވެ. ހަމައެއާއެކު، އެމެރިކާއިން ދަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ އަސްކަރީ ބޯޓުތަކުގެ އަދަދު އިތުރުކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ތެޔޮ އަޅައިދޭ ގިނަ އަދަދެއްގެ ބޯޓުތައް ވަނީ އިޒްރޭލަށް ގޮސްފަ އެވެ.

މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން އެމެރިކާއާއި އީރާނާ ދެމެދު 10 ދުވަހުގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް، ރައީސް ޓްރަމްޕް މި ހުށަހެޅުން ގަބޫލުކުރައްވާނެ ކަމުގެ ފުރުސަތު ކުޑަކަމަށް ވޮޝިންގްޓަނުން ވަނީ އިޝާރާތްކޮށްފަ އެވެ.

އެމެރިކާ-އީރާންޕެންޓަގަންޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
21 ޖުލައި 2026

އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި

21 ޖުލައި 2026
އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި
20 ޖުލައި 2026

އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!

އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

20 ޖުލައި 2026
އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
20 ޖުލައި 2026

އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟

20 ޖުލައި 2026
އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟
20 ޖުލައި 2026

އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ

20 ޖުލައި 2026
އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ
20 ޖުލައި 2026

އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން

20 ޖުލައި 2026
އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން
20 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި

20 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި
20 ޖުލައި 2026

އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

20 ޖުލައި 2026
އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު