Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަނގުރާމަ

ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި

ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އީރާނުގެ ނިއުކްލިއާ މަރުކަޒަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފައެވެ. މި ހަމަލާތަކާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވަމުންދާތީ، ގަލްފުގެ ގައުމުތަކުން ދަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ޑިޕްލޮމެޓިކް ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 05:31
Your browser does not support the video tag.
0:00 / 0:00

އިރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ދެމެހެއްޓުމަށް އެމެރިކާގެ އަސްކަރިއްޔާ އިން ހިންގާ އޮޕަރޭޝަންގެ ތެރެއިން | ސެންޓްކޮމް

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށް އީރާނުން ދެމުންދާ ނުރައްކާތައް ހުއްޓުވުމަށްޓަކައި، ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާއިން އަމާޒުކޮށްފައިވަނީ އީރާނުގެ އަސްކަރީ އޮޕަރޭޝަން ސެންޓަރުތަކަށާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކަށާއި، މަތިންދާބޯޓު ބާއްވާ ހޭންގަރުތަކަށާއި، ޑްރޯން ރައްކާކުރާ ތަންތަނުގެ އިތުރުން އަސްކަރީ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރަށް ކަމަށެވެ.

ތެހެރާނުން ރިޕޯޓުކުރަމުން އަލްޖަޒީރާގެ ރިޕޯޓަރު ބުނީ، އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، އެ ސިޓީގެ އެކި ހިސާބުތަކުގައި ވައިގެ ދިފާއީ ނިޒާމުތައް ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

މީގެ އިތުރުން، އީރާނުގެ ދެކުނުގައި އޮންނަ ބުޝެހްރުގެ ބައެއް ސަރަހައްދުތަކުން ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އެ ގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި އީރާނުގެ ދެކުނުގައި އޮންނަ ސިރިކް ސަރަހައްދުން ވެސް ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ.

އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ޚޫޒިސްތާން ޕްރޮވިންސްގެ ބެހްބަހާން އަދި އޮމިދިޔޭ ސިޓީ ކައިރީގައިވާ ސަރަހައްދުތަކަށް އެމެރިކާގެ މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ފާރްސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވާފައިވެއެވެ.

ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒް ސިޓީގެ ބޭރުގައި އޮންނަ އަސްކަރީ މަރުކަޒަކަށް ވެސް އެމެރިކާ ސިފައިން ވަނީ ހަމަލާދީފައެވެ. އެ ސަރަހައްދުގެ ކްރައިސިސް މެނޭޖްމަންޓް އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީން ބުނީ، މި ހަމަލާ ދީފައިވަނީ އެ ގައުމުގެ ގަޑިން މެންދަމު 2:40 (ޖީއެމްޓީން 23:10) ހާއިރު ކަމަށާއި، ހަމަލާ އަމާޒުވީ ސިޓީގެ ބޭރުގައި އޮންނަ އަސްކަރީ ސަރަހައްދަކަށް ކަމަށެވެ. ނަމަވެސް ސިޓީގެ އެތެރެއަށް އެއްވެސް ހަމަލާއެއް ދީފައިނުވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ތަބްރީޒް އަދި ތެހެރާނަށް ދިން މި ހަމަލާތަކަކީ، މީގެ ކުރިން ދެކުނު އީރާނަށާއި ހުރްމުޒް ކަނޑުއޮޅި ސަރަހައްދަށް އަމާޒުކޮށް ދެމުންދިޔަ ހަމަލާތަކުގެ އުސޫލަށް ބަދަލު އައިސްފައިވާ ކަމުގެ ނިޝާނެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަންގާރަ ދުވަހުގެ ކުރީކޮޅު ކުވެއިތުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުން ދިން ޑްރޯން ހަމަލާތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ. މި މަހު އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ފަހުން، އީރާނުން ވަނީ ކުވެއިތާއި، ބަހްރައިންން އަދި ގަތަރު ހިމެނޭހެން ގަލްފުގެ ގައުމުތަކަށް ތަކުރާރުކޮށް ހަމަލާދީފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވޮޝިންޓަނުން އަދިވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް، މަޝްވަރާތަކަށް އީރާނުން ސީރިއަސްކަން ދައްކަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ކަނޑުގެ މަގެއްގެ ކޮންޓްރޯލް ނަގައި، އެތަނުން ދަތުރުކުރާ ބޯޓުފަހަރުގެ އަތުން ފީ ނަގައި، ފީ ނުދައްކައިފިނަމަ ބޯޓުތައް ގޮއްވާލެވިދާނެ ކަމަށް ގައުމަކުން ނިންމުމަކީ މެދުއިރުމަތީގައި އުފެދޭނެ ވަރަށް ނުރައްކާތެރި އުސޫލެއް،" ރޫބިއޯ ވިދާޅުވިއެވެ. އަދި ހުރްމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ހައްގު އެމެރިކާއިން ދިފާއުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން، އަންގާރަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު ކޮންގްރެސްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދު މިހާރު 37.5 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި ޕެންޓަގަނަށް އިތުރު 90 ބިލިއަން ޑޮލަރުގެ ފަންޑިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެގްސެތުގެ މި ވާހަކަތަކާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މި އަހަރުގެ ފަހުކޮޅު އިންތިޚާބާ ކުރިމަތިލައްވާ ޖޯޖިއާގެ ސެނެޓަރު ޖޯން އޮސޮފް ވަނީ، އީރާނުގެ އަސްކަރިއްޔާ "ސުންނާފަތިކޮށްލާފައިވާ" ކަމަށް ހެގްސެތު ކުރިން ވިދާޅުވި ވާހަކައާ މެދު ސުވާލު އުފައްދަވައި، އެހެން ކަމަށްވާނަމަ އިތުރު ފަންޑިންއަށް އެދެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މަރުކަޒެއް ކަމަށް ބެލެވޭ "ޕިކްއޭކްސް މައުންޓަން" އަށް ވަރަށް އަވަހަށް، ވަރަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމަށެވެ.

Your browser does not support the video tag.

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ޕިކްއޭކްސް ފަރުބަދަ އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް

ޓްރަމްޕްގެ މި އިންޒާރަށް ރައްދު ދެމުން އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް އިން ބުނީ، އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފިނަމަ، މުޅި ސަރަހައްދުގައި ދޭ ހަމަލާތައް އިތުރަށް ފުޅާކުރާނެ ކަމަށެވެ.

ހަމަނުޖެހުންތައް އިތުރުވަމުންދާތީ، ހަނގުރާމަ ހުއްޓުވުމަށް މެދުވެރިން ކުރާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން އީރާނުގެ ދާޚިލީ ވަޒީރު އިސްކަންދަރު މޫމެނީ ވަނީ އިސްލާމްއާބާދުގައި ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރު ހިމެނޭހެން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދާ ފޯނުން ގުޅުއްވައި، މަސްރަހު ފިނިކުރުމަށާއި ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ޝައިޚް މުޙައްމަދު ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ޑިޕްލޮމެޓިކް މަގު އިޚްތިޔާރުކުރުމަށާއި، އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގައިވާ ކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފަ އެވެ.

އެމެރިކާ އާއި އީރާނުން ދަނީ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ހަމަލާތައް އަލުން ފެށިފައިވަނީ ޖޫން 17 ގައި ވެވުނު ފަހުމުނާމާ އުވާލުމާ ގުޅިގެންނެވެ.

11 ވަނަ ރޭގެ ހަމަލާތައް ނިންމާލިކަން އިއުލާން ކުރަމުން ސެންޓްކޮމް އިން ބުނީ، ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އީރާނުން ވަނީ ސަރަހައްދީ އަދި ދުނިޔޭގެ ވިޔަފާރިއަށް މުހިންމު އެ ކަނޑުގެ މަގުން ދަތުރުކުރި 30 އަށްވުރެ ގިނަ މުދާ އުފުލާ ބޯޓަށް ހަމަލާދީފައި ކަމަށެވެ.

"މި ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން އެތައް ސަތޭކަ ކަނޑުފަޅުވެރިންގެ ފުރާނައަށް ނުރައްކާވެ، ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ވަނީ ބުރޫއަރާފައި،" ސެންޓްކޮމްގެ ބަޔާނުގައިވެ އެވެ.

ހަމަނުޖެހުންތައް ހުރި ނަމަވެސް، ހުރްމުޒް ކަނޑުއޮޅި މުދާ އުފުލާ ބޯޓުފަހަރަށް އަދިވެސް ހުޅުވިފައިވާ ކަމަށް ސެންޓްކޮމް އިން ބުނެ އެވެ. އަދި މެއި މަހުގެ ކުރީކޮޅުން ފެށިގެން އެމެރިކާ ސިފައިން ވަނީ ގާތްގަނޑަކަށް 900 މުދާ އުފުލާ ބޯޓާއި 450 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އެ ސަރަހައްދުން ދަތުރުކުރުމަށް އެހީތެރިވެދީފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ ޕީޓް ހެގްސެތް

އިތުރަށް ކިޔާލަން

22 ޖުލައި 2026

ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން

22 ޖުލައި 2026
ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން
21 ޖުލައި 2026

ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން

21 ޖުލައި 2026
ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން
21 ޖުލައި 2026

ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

21 ޖުލައި 2026
ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
21 ޖުލައި 2026

ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް

21 ޖުލައި 2026
ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް
21 ޖުލައި 2026

އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް

21 ޖުލައި 2026
އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް
21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
21 ޖުލައި 2026

އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ

21 ޖުލައި 2026
އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ
21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
21 ޖުލައި 2026

އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި

21 ޖުލައި 2026
އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި
20 ޖުލައި 2026

އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!

20 ޖުލައި 2026
އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު