Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އެމެރިކާގައި މިފަހަރު ކުރިއަށް ގެންދިޔަ ވޯލްޑް ކަޕް އަކީ، ދުނިޔޭގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އަދި ފެންވަރުގެ ގޮތުން ވެސް އެންމެ ރަނގަޅު ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޙަރަކާތެއް ކަމަށް. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ވޯލްޑް ކަޕް އަކީ އެމެރިކާގެ ފަޚުރާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި، މިއީ އެމެރިކާގައި ބޭއްވުނު ވަރުގަދަ ޙަރަކާތެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖުލައި 2026 | ބުދަ 07:21
ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފީފާގެ ރައީސް އިންފަންޓީނޯ

ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފީފާގެ ރައީސް އިންފަންޓީނޯ | ރޮއިޓާސް

އެމެރިކާާ އާއި ކެނެޑާ އަދި މެކްސިކޯގައި މިފަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް އަކީ، މީގެ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު ހަތަރު ގުނަ ކާމިޔާބު މުބާރާތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ވައިޓް ހައުސްގައި ހުންނަވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މީގެ ކުރިން ބޭއްވި ވޯލްޑް ކަޕްގެ މުބާރާތްތަކަށް ވުރެ މިފަހަރުގެ މުބާރާތް ހުރިހާާ ގޮތަކުން ވެސް ކާމިޔާބު ކަމަަށެވެ. އަދި މުބާރާތުގެ އިންތިޒާމުތަކާއި، ލިބުނު ކުރިއެރުންތަަކަށް ވަރަށް ބޮޑަށް ޓްރަމްޕް ވަނީ ތައުރީފު ކުރައްވައިފަ އެވެ. 

މުބާރާތުގެ ކާމިޔާބީ އިންތިހާ އަށް ބޮޑުކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކަމުގެ ސަބަބުން އެމެރިކާ އަށް ލިބުނީ ބޮޑު ފަޚުރެއް ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވީ ވޯލްޑް ކަޕް އަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ގިނަ ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެމެރިކާގައި މިފަހަރު ކުރިއަށް ގެންދިޔަ ވޯލްޑް ކަޕް އަކީ، ދުނިޔޭގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އަދި ފެންވަރުގެ ގޮތުން ވެސް އެންމެ ރަނގަޅު ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޙަރަކާތެއް ކަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ވޯލްޑް ކަޕް އަކީ އެމެރިކާގެ ފަޚުރާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި، މިއީ އެމެރިކާގައި ބޭއްވުނު ވަރުގަދަ ޙަރަކާތެއް ކަމަށެވެ. 

މުބާރާތް އިންތިޒާމު ކުރުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކާއި، އަދި ފީފާ އަށް ވެސް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މުބާރާތުގެ ސަބަބުން އެމެެރިކާގެ އިޤްތިޞާދާއި، އެމެރިކާގެ ކުރިއެރުން އަދި މަޤުބޫލުކަން ވެސް އިތުރުވެގެން ދިޔަ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިއީ އެމެރިކާގެ ތާާރީޚުގައި އެ ޤައުމުގައި ވޯލްޑް ކަޕް ބޭއްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 1994 ވަނަ އަހަރު ވެސް ވޯލްޑް ކަޕް ބާއްވައިފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތަށް ވެސް ޓްރަމްޕް ވަނީ ވަޑައިގެންފައި އެވެ.

ފީފާ ވޯލްޑް ކަޕް 2026އެމެރިކާޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

22 ޖުލައި 2026

ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި

22 ޖުލައި 2026
ޖެހިޖެހިގެން 11 ވަނަ ރޭ އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދީފި
22 ޖުލައި 2026

ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން

22 ޖުލައި 2026
ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން
21 ޖުލައި 2026

ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން

21 ޖުލައި 2026
ޓްރަމްޕް: ދެން އޮތް ޓާގެޓަކީ އީރާނުގެ ޕިކްއޭކްސް ފަރުބަދައިގެ ފުނުގައި ހުރި ނިއުކްލިއަރ މަރުކަޒު، އެތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނަން
21 ޖުލައި 2026

އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް

21 ޖުލައި 2026
އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް
21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
21 ޖުލައި 2026

އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ

21 ޖުލައި 2026
އީރާން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 މީހުންނަށް އަނިޔާވެެއްޖެ
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
21 ޖުލައި 2026

ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟

21 ޖުލައި 2026
ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު