Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާމްދަނީ އާއި ޚަރަދު

ދައުލަތުގެ ބަޖެޓް 1,5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެއްޖެ

މި އަހަރުގެ މިހާތަނަށް ދައުލަތަށް 22.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޖުމްލަ ޚަރަދު 24.5 ބިލިއަނަށް އަރައި ބަޖެޓު ވަނީ 1.5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި. ޞިއްޙީ ދާއިރާއަށް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހެލްތު މިނިސްޓްރީގެ ޚަރަދުތައް ހުރީ ސަލާމަތީ ޚިދުމަތްތަކަށްވުރެ ފަހަތުގައި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 11:36
އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ-ޖީއެސްޓީ) އިން.

އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ-ޖީއެސްޓީ) އިން. | ގެޓީ އިމޭޖަސް

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދު އާމްދަނީ އަށް ވުރެ އިތުރުވެ، 1.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 21 ވަނަ ދުވަހު އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވަނީ މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22,979.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ޖުމްލަ ޚަރަދުގެ މިންވަރު ވަނީ 24,515 މިލިއަން ރުފިޔާއަށް އަރާފަ އެވެ. 

ދައުލަތުގެ އާމްދަނީ އާއި ޚަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓު ވަނީ 1,535.3 މިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ.

މިއަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ޤަބޫލުފުޅުކުރައްވާތީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އަދި އަހަރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ އޮފީސްތަކުން ބަޖެޓު ޚަރަދު ކޮށްފައިވާ ގޮތަށް ބަލާއިރު، މިނިސްޓްރީ އޮފް ހެލްތު ފެމެލީ އެންޑް ވެލްފެއަރ ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ވުރެ ފަހަތުގަ އެވެ.  

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުމާލީ ހާލަތުދައުލަތުގެ ބަޖެޓް 2026

އިތުރަށް ކިޔާލަން

29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
29 މެއި 2026

ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ

29 މެއި 2026
ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ
01 އެޕްރީލު 2026

އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

01 އެޕްރީލު 2026
އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
29 މާރިޗު 2026

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

29 މާރިޗު 2026
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި
18 މާރިޗު 2026

ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ

18 މާރިޗު 2026
ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ
14 ފެބުރުއަރީ 2026

މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ

14 ފެބުރުއަރީ 2026
މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ
17 ޑިސެމްބަރު 2025

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު