Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމާލީ ހިސާބު

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025 | ބުދަ 14:46

ހިންގުމުގެ ޚަރަދުތައް ފާހަގަ ކުރެވޭ މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު ކެޕިޓަލް ޚަރަދުތައް ވަރަށް ބޮޑަށް ދަށުގައި ހުރުމުން ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2025 | ބުދަ 14:46
އެތައް މިނިސްޓްރީތަކެއް އަނދާ ހުލިބި އަލިފާނުގެ ހާދިސާއާ ގުޅިގެން ޗައިނާ ސަރުކާރުން ދިން އެހީތެރިކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެތައް މިނިސްޓްރީތަކެއް އަނދާ ހުލިބި އަލިފާނުގެ ހާދިސާއާ ގުޅިގެން ޗައިނާ ސަރުކާރުން ދިން އެހީތެރިކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަ ކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ހޭދަ ކޮށްފި އެވެ.

ޖުމްލަ އާމްދަނީ މިހާތަށް އައި އިރު 36.0 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސް ގެ ގޮތުގައި ލިބުނު ފައިސާ އެވެ. މިގޮތުން އެންމެ ބޮޑު ހިއްސާ އެއް އައިސްފައި ވަނީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް އިންނެވެ. ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާ އަށް އަށް އަރާފައިވާއިރު، ޓެކްސް ނޫން  އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާ އެވެ.

ޚަރަދަށް ބަލާއިރު، ޖުމްލަ 37.9 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދު ކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އެއްޗެއް ހޭދަ ކޮށްފައި ވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. މުސާރަ، އުޖޫރަ، އަދި ޕެންޝަނަށް އަހަރުގެ މިހާތަނަށް 13.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ. އިދާރީ އަދި އޮޕަރޭޝަނަލް ހަރަދުތައް 19.2 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ.  ސަބްސިޑީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ.

ހިންގުމުގެ ޚަރަދުތައް ފާހަގަ ކުރެވޭ މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު ކެޕިޓަލް ޚަރަދުތައް 5.4 ބިލިއަން ރުފިޔާގެ ދަށް މިންވަރެއްގައި ހުރިކަން ފާހަގަކުރެވެ އެވެ. އަހަރު ނިމެން ކައިރިވެފައިވާ އިރު ކެޕިޓަލް ޚަރަދުތައް މިހާ ދަށުގައި ހުރުމުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައި ނުވާކަން ހާމަވެ އެވެ. 

ފިނޭންސް މިނިސްޓްރީދައުލަތުގެ ބަޖެޓްތަރައްޤީގެ މަޝްރޫޢުދައުލަތުގެ ޚަރަދުމާލީ ހާލަތު

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
21 ނޮވެމްބަރު 2025

ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު

21 ނޮވެމްބަރު 2025
ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
20 ނޮވެމްބަރު 2025

ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

20 ނޮވެމްބަރު 2025
ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް