Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދައުލަތުގެ މާލީ ހާލަތު

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ދައުލަތުގެ އާމްދަނީ 10 އިންސައްތަ އިތުރުވި ނަމަވެސް، ޚަރަދުތައް 18 އިންސައްތައަށް މަތިވުމާ ގުޅިގެން ބަޖެޓު ވަނީ ބޮޑުތަނުން ޑެފިސިޓްވެފައި. ޚަރަދު ބޮޑުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ 69 އިންސައްތަ އިތުރުވުމާއި، ލޯނު އަނބުރާ ދެއްކުމަށް ކުރި ޚަރަދު ތިން ގުނަ މަތައްވުން ހިމެނޭ. ޓެކްސް އާމްދަނީއަށް ކުރިއެރުމެއް ލިބުނު ނަމަވެސް، ރިކަރަންޓް ޚަރަދުތަކާއި އިދާރީ ހިންގުމުގެ ޚަރަދުތައް ބޮޑުވުމަކީ މާލީ ގޮންޖެހުންތައް ކުރިމަތިވި ކަމެއް.

ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 17:05
ދިވެހި ފައިސާގެ އެކި އަދަދުތަކުގެ ނޫޓުތަކެއް.

ދިވެހި ފައިސާގެ އެކި އަދަދުތަކުގެ ނޫޓުތަކެއް. | ޝަޓާ ސްޓޮކް

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެ، 2026 ޖޫން 4 ގެ ނިޔަލަށް ސަރުކާރުން 110.6 މިލިއަން ދިވެހި ރުފިޔާގެ ދަރަނި އުފައްދައިފިއެވެ.

އަނެއްކޮޅުން މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމލަ 19.09 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.34 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތައިގެ އިތުރުވުމެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް އިން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ޚަރަދުތައް ވަނީ އާމްދަނީއަށްވުރެ ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޚަރަދުތައް 18 އިންސައްތަ އިތުރުވެ، ވޭތުވެދިޔަ އަހަރު މި މުއްދަތުގައި ޚަރަދު ކުރި 16.33 ބިލިއަން ރުފިޔާއިން 19.20 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރި 1.01 ބިލިއަން ރުފިޔާގެ ސާޕްލަސް ނުވަތަ އިތުރުވި ބައި ވަނީ ދަރަންޏަށް ބަދަލުވެފައެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ 12 އިންސައްތަ އިތުރުވެ، 14.84 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 8.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު 6.02 ބިލިއަން ރުފިޔާ ހިމެނެއެވެ.

ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ 2.11 ބިލިއަން ރުފިޔާއިން 2.77 ބިލިއަން ރުފިޔާއަށް މި އަހަރުގެ މި މުއްދަތުގައި ވަނީ އިތުރުވެފައެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 939.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ނަމަވެސް، ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ ގާތްގަނޑަކަށް 4 އިންސައްތަ ދަށްވެ، 3.85 ބިލިއަން ރުފިޔާއަށް ވަނީ މަދުވެފައެވެ. އެކި ކަންކަމަށް ނަގާ ފީ އާއި ޗާޖުތަކުން ލިބުނު އާމްދަނީ 2.03 ބިލިއަން ރުފިޔާއިން 1.65 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު، އިންޓްރެސްޓާއި ފައިދާ އަދި ޑިވިޑެންޑްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފައެވެ.

ޚަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ހިންގުމުގެ ޚަރަދުތައް ނުވަތަ ރިކަރަންޓް ޚަރަދުތައް 17 އިންސައްތަ އިތުރުވެ، 16.87 ބިލިއަން ރުފިޔާއަށް އެރުމެވެ. މީގެ ތެރޭގައި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 10.19 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 6.62 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ހިލޭ އެހީ އާއި އެހީތެރިކަމުގެ ގޮތުގައި ދޭ ފައިސާ އަދި ސަބްސިޑީގެ ޚަރަދުތައް 5.69 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. ހަމައެކަނި ސަބްސިޑީއަށް ކުރި ޚަރަދު 2.30 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 69 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ކެޕިޓަލް ޚަރަދުތައް 25 އިންސައްތަ އިތުރުވެ، 2.33 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް 761.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އުމްރާނީ ތަރައްގީގެ އެހެނިހެން ވަސީލަތްތަކަށް 560.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރި ޚަރަދުތައް ވަނީ 4 އިންސައްތަ ދަށްވެ، 2.31 ބިލިއަން ރުފިޔާއަށް މަދުވެފައެވެ. 

ލޯނު އަނބުރާ ދެއްކުމަށް ކުރި ހޭދަ 8.71 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 3.13 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ. 

ދައުލަތުން ދައްކަންޖެހޭ އިންޓްރެސްޓާއި ފައިނޭންސިންގ ޚަރަދުތައް ނުހިމަނައި، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 2.18 ބިލިއަން ރުފިޔާ ހުރި ކަމަށް ދައްކައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 3.38 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމލަ އަދަދު ހުރީ 97.15 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން ރާއްޖޭގެ ބާޒާރަށް ދޫކޮށްފައިވާ ސެކިއުރިޓީޒްގެ އަދަދަކީ 95.61 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ 43.93 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލާއި 28.64 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެވެ.

ދައުލަތުގެ ބަޖެޓްޖީއެސްޓީ ޕީއެސްއައިޕީފިނޭންސް މިނިސްޓްރީމާލީ ހާލަތުވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެހި ހުއްޓި ކުންފުނިތައް މާޔޫސް ކަމުގައި!

ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެހި ހުއްޓި ކުންފުނިތައް މާޔޫސް ކަމުގައި!

15 ޖޫން 2026
ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ

ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ

14 ޖޫން 2026
ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ

ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ

14 ޖޫން 2026
އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ

އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ

10 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު