Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓްރެޜަރީ ބިލު

ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ

ދައުލަތުގެ މާލީ ބޭނުންތަކަށް 1.1 ބިލިއަން ރުފިޔާ ހޯދުމަށްޓަކައި ހަތަރު ބާވަތެއްގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައި. މީގެ ތެރޭގައި ހިމެނެނީ 28 ދުވަހާއި 364 ދުވަހާ ދެމެދުގެ މުއްދަތުތަކަށް، 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ އިންޓްރެސްޓް ރޭޓްތަކެއް ކަނޑައަޅާފައިވާ ބިލްތައް. މި ބިލްތައް ވިއްކުމާއި ފައިސާ ދެއްކުމުގެ ކަންކަން މާރިޗު 23 ގައި ކުރިއަށްދާއިރު، މިއީ ދައުލަތުގެ ކަޝްފްލޯ މެނޭޖްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅެއް.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 18:15
ނޫޓު ގުނާ މެޝިނަކުން ދިވެހި ރުފިޔާ ގުނަނީ.

ނޫޓު ގުނާ މެޝިނަކުން ދިވެހި ރުފިޔާ ގުނަނީ. | އައިސްޓޮކް

ޓްރެޜަރީ ބިލު ވިއްކައިގެން ދައުލަތަށް 1.1 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ދައުލަތުގެ ކަޝްފްލޯ ނުވަތަ ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރު މުއްދަތުގެ ލޯނުތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިން ނެރުނު އިއުލާނެއްގައިވާ ގޮތުން، ދިވެހި ރުފިޔާއިން މުއާމަލާތް ކުރާ ހަތަރު ބާވަތެއްގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ހަތަރު ބާވަތުގެ ޓީ-ބިލްގެ ޖުމްލަ އަގަކީ 1.128 ބިލިއަން ރުފިޔާއެވެ.

މި ފަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ 28 ދުވަހާއި 364 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކުރު އަދި މެދު މުއްދަތުގެ ޓީ-ބިލްތަކެކެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ 3.50 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ވިއްކާ 28 ދުވަހުގެ ޓީ-ބިލެވެ. މި ބާވަތުގެ ޓީ-ބިލްގެ ޖުމްލަ އަގަކީ 490 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، 4.60 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި 364 ދުވަހުގެ މުއްދަތަށް 423.6 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ރޭޓަކީ ދިގު މުއްދަތުގެ ބިލްތަކަށް އާންމުކޮށް ކަނޑައަޅާ މަތީ ރޭޓެކެވެ.

ދެން ހިމެނޭ ދެ ބާވަތަކީ 3.87 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ވިއްކާ 98 ދުވަހުގެ 180.04 މިލިއަން ރުފިޔާގެ ޓީ-ބިލާއި، 4.23 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ވިއްކާ 182 ދުވަހުގެ 35 މިލިއަން ރުފިޔާގެ ޓީ-ބިލެވެ.

މި ހަތަރު ބާވަތުގެ ޓީ-ބިލް ވިއްކުމާއި ފައިސާ ދެއްކުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ މާރޗް މަހުގެ 23 ވަނަ ދުވަހުއެވެ. އިންވެސްޓަރުން އެ ދުވަހަށް ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅަންޖެހޭއިރު، ސަރުކާރުގެ ޓްރެޜަރީ ބިލް ޕްރޮސްޕެކްޓަސްގައިވާ އުސޫލުތަކާ އެއްގޮތަށް، ފައިސާ ދައްކަންޖެހޭ ދުވަހަށް ޖުމްލަ ފައިސާ ދައްކާ ނިންމަންޖެހޭނެއެވެ.

ޓްރެޜަރީ ބިލަކީ ދައުލަތުގެ ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށާއި ކަޝްފްލޯ މެނޭޖްކުރުމަށް ސަރުކާރުން ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. 

ޓްރެޜަރީ ބިލްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގމާލީ ހާލަތު

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވާތީ، ފޫބައްދަން ސަރުކާރުން 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވާތީ، ފޫބައްދަން ސަރުކާރުން 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

21 ފެބުރުއަރީ 2026
ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކައިގެން ކުރުމުއްދަތެއްގައި 1.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަނީ

ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކައިގެން ކުރުމުއްދަތެއްގައި 1.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަނީ

26 ޖެނުއަރީ 2026
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
ފިނޭންސް މިނިސްޓަރު ޒަމީރު ސާޖަރީއެއް ކުރައްވައިފި

ފިނޭންސް މިނިސްޓަރު ޒަމީރު ސާޖަރީއެއް ކުރައްވައިފި

17 ޑިސެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު