Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބަޖެޓު ޚަރަދު

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

މިއަހަރުގެ މާރޗް މަހުގެ މެދާ ހަމައަށް ދައުލަތުގެ ބަޖެޓުން 2.10 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 7.73 ބިލިއަން ރުފިޔާއަށް އިތުރުވި އިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޚަރަދު ދަށަށް ދިއުމުގެ ސަބަބުން.

ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 02:46
ނ. އަތޮޅު ވިހަފަރުގައި އެއާޕޯޓެއް ތަރައްޤީކުރުމަށްޓަކައި ގަވައިދާ ޚިލާފަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ނ. އަތޮޅު ވިހަފަރުގައި އެއާޕޯޓެއް ތަރައްޤީކުރުމަށްޓަކައި ގަވައިދާ ޚިލާފަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. | ރައީސް އޮފީސް

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް އިތުރަށް ދަށަށް ގޮސްފައިވާ ކަން ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހަފުތާގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.

މާރޗް މަހުގެ މެދާ ހަމައަށް އައިއިރު ދައުލަތުގެ ބަޖެޓު އޮތީ ސާޕްލަސް ގައި ކަން ހާމަ ކުރި އިރު، އެކަން އެހެން ވެފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވި އިރު، މަޝްރޫއުތައް ހިންގުމަށް ކުރާ ޚަރަދުތައް ދަށަށް ދިއުމުގެ ސަބަބުން ކަން ފާހަގަ ކުރެވެ އެވެ.

Advertisement - businessAdvertisement

2026 ވަނަ އަހަރުގެ މާރިޗު 19 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު ވަނީ 9.38 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހަމަ އެ މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ޚަރަދަކީ 7.27 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މިއަހަރުގެ މިހާތަނަށް ބަޖެޓުގައި 2.10 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް އެބައޮތެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު 873.7 މިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 6.85 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރު އެ އަދަދު ވަނީ 7.73 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީ.އެސް.ޓީ އިންނެވެ. ޖުމްލަ 4 ބިލިއަން ރުފިޔާ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނުއިރު، އޭގެ ތެރެއިން ޓޫރިޒަމް ޖީ.އެސް.ޓީގެ ގޮތުގައި 2.86 ބިލިއަން ރުފިޔާ އަދި އާންމު ޖީ.އެސް.ޓީގެ ގޮތުގައި 1.14 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޓެކްސް އާމްދަނީ އިތުރުވި އިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. ޓެކްސް ނޫން އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި 2.07 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 1.60 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. 

ޚަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 8.11 ބިލިއަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު، މިއަހަރުގެ ޚަރަދު ވަނީ 7.27 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެ ތެރެއިން ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 6.61 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 665.2 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ފާހަގަކޮށްލެވޭ އެއް ބަދަލަކީ ތަރައްޤީގެ މަޝްރޫޢުތަކަށާއި އިންވެސްޓްމަންޓްތަކަށް ކުރާ ހޭދަ މަދުވުމެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރި ޚަރަދު ވަނީ 2025 ވަނަ އަހަރުގެ 857.7 މިލިއަން ރުފިޔާއިން 695.4 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. ޚާއްޞަކޮށް ދަތުރުފަތުރުގެ އުމްރާނީ ތަރައްޤީއަށް ކުރި ހޭދަ 530.5 މިލިއަން ރުފިޔާއިން 182.0 މިލިއަން ރުފިޔާއަށް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރި ހޭދަވެސް ވަނީ މަދުވެފައެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުސާރަ އާއި އިނާޔަތްތަކަށް ކުރި ހޭދަ ވަނީ 2.73 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ވަނީ މިދިޔަ އަހަރުގެ 4.74 ބިލިއަން ރުފިޔާއިން 3.88 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެ އިތުރުން، ދަރަނި އަދާކުރުމާއި އިންޓްރެސްޓަށް ކުރި ހޭދަ 1.45 ބިލިއަން ރުފިޔާއިން 577.7 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައިވެއެވެ.

ބައެއް ދާއިރާތަކުން ޚަރަދު އިތުރުވެފައިވާކަން ވެސް ފާހަގަކުރެވެއެވެ. އެގޮތުން އެކި އެހީތަކާއި އިނާޔަތްތަކަށް ކުރި ހޭދަ 618.2 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 633.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. 

މުއައްސަސާތަކުގެ ފެންވަރުގައި ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސްޕެޝަލް ބަޖެޓާއި، އެޑިޔުކޭޝަން މިނިސްޓްރީ އާއި، އެންސްޕާ އާއި، ފުލުހުންގެ ޚިދުމަތާއި، ހެލްތު މިނިސްޓްރީގެ އިތުރުން އެމް.އެން.ޑީ.އެފް އިންނެވެ. އެހެންނަމަވެސް، އުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ އިދާރާތަކަކުން ބަޖެޓު ބޭނުންކޮށްފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ.

ފިނޭންސް މިނިސްޓްރީޖީއެސްޓީ ޕީއެސްއައިޕީފަތުރުވެރިކަންމާލީ ހާލަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ

ފައިސާގެ ދަތިކަން ހައްލު ކުރަން ޓްރެޜަރީ ބިލް ވިއްކައިގެން 1.1 ބިލިއަން ރުފިޔާ ހޯދަނީ

18 މާރިޗު 2026
ފަތުރުވެރިކަން ބޮޑު ތަނުން ދަށަށް ހިނގައްޖެ

ފަތުރުވެރިކަން ބޮޑު ތަނުން ދަށަށް ހިނގައްޖެ

17 މާރިޗު 2026
ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

08 މާރިޗު 2026
އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

06 މާރިޗު 2026
ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

02 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު