Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަބްސިޑީ ހޭދަ އިތުރުވުން

ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ

މާލީ ވުޒާރާ އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ހިމެނޭ މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ސަބްސިޑީ އަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގައި ހޭދަކުރި 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެއް. ރިޕޯޓުގައި ވާގޮތުން މި އަހަރުގެ މިހާތަނަށް ސަބްސިޑީ އާއި އެހީގެ ގޮތުގައި 5.2 ބިލިޔަން ރުފިޔާ ވަނީ ހޭދަ ކޮަށްފަ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި ހޭދަކޮށްފައިވާ 3.5 ބިލިޔަން ރުފިޔާ އާ އަޅާބަލާއިރު 1.7 ބިލިޔަން ރުފިޔާ އިތުރު އަދަދެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 29 މެއި 2026 | ހުކުރު 18:11
ސަބްސިިޑީ އަށް މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މިމުއްދަތުގައި ހޭދަ ކުރި 1.2 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެއް

ސަބްސިިޑީ އަށް މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މިމުއްދަތުގައި ހޭދަ ކުރި 1.2 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެއް | ރާއްޖެއެމްވީ

މި ދިޔަ 2025 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ސަބްސިޑީ އަށް ހޭދަ ކުރި ފައިސާ 77 އިންސައްތަ އިތުރު ވެފަވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މާލީ ވުޒާރާ އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ހިމެނޭ މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ސަބްސިޑީ އަށް  2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގައި ހޭދަކުރި 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެކެވެ.

ރިޕޯޓުގައި ވާގޮތުން މި އަހަރުގެ މިހާތަނަށް ސަބްސިޑީ އާއި އެހީގެ ގޮތުގައި 5.2 ބިލިޔަން ރުފިޔާ ވަނީ ހޭދަ ކޮަށްފަ އެވެ.  މިއީ މިދިޔަ އަހަރު މި މުއްދަތުގައި ހޭދަކޮށްފައިވާ 3.5 ބިލިޔަން ރުފިޔާ އާ އަޅާބަލާއިރު 1.7 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު ސަބްސިޑީ އާއި އެހީގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 48 އިންސައްތަ އިތުރުވެފައިވެ އެވެ.

ނަމަވެސް އާސަންދަ އާއި ވެލްފެއަރއަށް ކުރި ހޭދަތައް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އާސަންދައަށް 804 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 806 މިލިޔަން ރުފިޔާ އެވެ.

ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރުގެ މި މުއްދަތުގައި 91.5 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 113 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. 

މީގެ އިތުރުން އެހެނިހެން ގްރާންޓް އަދި އެހީގެ ގޮތުގައި މި އަހަރު ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި އެހެނިހެން ގްރާންޓް އަދި އެހީގެ ގޮތުގައި ދޫކޮށްފައިވާ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. 

ސަބްސިޑީފިނޭންސް މިނިސްޓްރީވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު

އިތުރަށް ކިޔާލަން

01 މާރިޗު 2026

އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ރަސްމީ ރިޒާވްގައި އެބަހުރި: މިނިސްޓްރީ

01 މާރިޗު 2026
އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ރަސްމީ ރިޒާވްގައި އެބަހުރި: މިނިސްޓްރީ
26 ފެބުރުއަރީ 2026

ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް

26 ފެބުރުއަރީ 2026
ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް
22 ފެބުރުއަރީ 2026

ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް

22 ފެބުރުއަރީ 2026
ފ. އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތާއި އަތޮޅު ފިހާރައަށް މުދާ ގަންނަން ލަންކާ އަށް ކުރި ދަތުރަކީ ބޭކާރު ހަރަދެއް: އޮޑިޓް
14 ފެބުރުއަރީ 2026

މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ

14 ފެބުރުއަރީ 2026
މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ
09 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް
01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
19 ނޮވެމްބަރު 2025

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު