Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފިނޭންސް މިނިސްޓްރީ

މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ

14 ފެބުރުއަރީ 2026 | ހޮނިހިރު 12:56

ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތައް ހިމެނޭ ފިސްކަލް ރިޕޯޓުތަކާއި ގްރީން ފަންޑުގެ ރިޕޯޓު އާންމުކުރުން މި ސަރުކާރުން ހުއްޓާލާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބިފައިނުވާއިރު، ދަރަނި ބޮޑުވެ އިގްތިސާދީ ނުރައްކާ އޮތްކަމުގެ އިންޒާރު މާލީ ތަޖުރިބާކާރުން ދަނީ ދެމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 14 ފެބުރުއަރީ 2026 | ހޮނިހިރު 12:56
ސަރުކާރުން ޕްރޮޖެކްޓްތައް ބަހާލި ރަސްމިއްޔާތުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ވ)

ސަރުކާރުން ޕްރޮޖެކްޓްތައް ބަހާލި ރަސްމިއްޔާތުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ވ) | ރައީސް އޮފީސް

މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ އެވެ. 

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަކީ ކޮންމެ ހަފްތާއެއްގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފާސްހިސާބުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން އާންމުކުރާ ރިޕޯޓެކެވެ. މީގެ ކުރީ ސަރުކާރުގައި ވެސް ގަވާއިދުން އެ އެރިޕޯޓު ކޮށްފައިވެ އެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި މި ރިޕޯޓު އާއްމު ނުކުރާ މައްސަލަ ބޮޑެވެ. 

2024 ވަނަ އަހަރުގެ ތެރޭގައި މި މައްސަލަ ބޮޑުވި އެވެ. ޖޫން 2024 އިން ފެށިގެން ތިން މަހަށް ވުރެ ދިގު މުއްދަތަކަށް މި ރިޕޯޓުތައް އާއްމު ކޮށްފައިނުވެ އެވެ. އޭގެފަހުން ސަރުކާރުން ބުނީ ރިޕޯޓު ނެރުން ލަސްވެގެން ދިޔައީ ކުރީ ސަރުކާރުން ހަރަދުތަކެއް ރެކޯޑު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި ހުރުމުގެ ސަބަބުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ގަވާއިދުން މިރިޕޯޓު އާއްމު ކުރާނެ ކަމަށެވެ. 

ނަމަވެސް މިއަހަރުގެ މިހާތަނަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގެ އިތުރުން މަންތްލީ ފިސްކަލް ރިޕޯޓު އާންމު ކޮށްފައިނުވެ އެވެ. 

މީގެ އިތުރުން ގްރީން ފަންޑު ރިޕޯޓު ވެސް 2025 ވަނަ އަހަރުން ފެށިގެން އާއްމު ކޮށްފައިނުވެ އެވެ. 

ގްރީން ފަންޑު ރިޕޯޓަކީ، ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާގެ އަދަދާއި، ފަންޑުގެ ޖުމްލަ އާއި، ފަންޑުން ހަރަދުކުރަމުންދާ ފައިސާ އެ ފައިސާ ހަރަދުކުރާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓެކެވެ. 

ރިޕޯޓުތައް ސަރުކާރުން ސިއްރު ކުރަމުންދާ މައްސަލައާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ރާއްޖޭގެ މާލީ ހާލަތާ މެދު ގިނަ އާއްމު ރައްޔިތުންގެ އިތުރުން ބޭރުގެ ދުނިޔޭގެ މާލީ އެކި އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ދައުލަތުގެ ދަރަނީގެ މައްސަލަ އިންތިހާ އަށް ބޮޑުވަމުންދިއުމާއި އަދި އާމްދަނީ އަށް ވުރެ ޚަރަދުތައް މައްޗަށްދާ މައްސަލަ ސްޓްރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ނުގެނެސް ހައްލު ނުވާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ގެ ތަޖުރިބާކާރަކު މިމަހުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ. 

ފިނޭންސް މިނިސްޓްރީވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގްރީން ފަންޑްޑރ.މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

5

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!
26 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި
21 އޮކްޓޯބަރު 2026

ރިކަރަންޓް ޚަރަދު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަނަށް، މުސާރަ އާއި އިނާޔަތްތަކަށް 5.56 ބިލިއަން ރުފިޔާ!

21 އޮކްޓޯބަރު 2026
ރިކަރަންޓް ޚަރަދު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަނަށް،  މުސާރަ އާއި އިނާޔަތްތަކަށް 5.56 ބިލިއަން ރުފިޔާ!
07 އޮކްޓޯބަރު 2026

އޮކްޓޫބަރު 1 ގެ ނިޔަލަށް ދައުލަތުގެ ޚަރަދު 35.4 ބިލިއަނަށް އަރައިފި، އެންމެ ބޮޑު ޚަރަދެއް މުސާރައަށް!

07 އޮކްޓޯބަރު 2026
އޮކްޓޫބަރު 1 ގެ ނިޔަލަށް ދައުލަތުގެ ޚަރަދު 35.4 ބިލިއަނަށް އަރައިފި، އެންމެ ބޮޑު ޚަރަދެއް މުސާރައަށް!
03 އޮކްޓޯބަރު 2026

އެލްޖީއޭއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްފި

03 އޮކްޓޯބަރު 2026
އެލްޖީއޭއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްފި
03 އޮކްޓޯބަރު 2026

މިއަހަރު އަދި އެއްވެސް ވަރަކަށް ގްރީން ފަންޑްގެ ރިޕޯޓު ސަރުކާރުން ހާމަނުކުރޭ، ފެންނަމުން ދަނީ ސަރުކާރުގެ ޓްރާންސްޕޭރެންސީ ތިމާވެށި ކަންކަމުގައި ގެއްލޭ މިންވަރު: ސަރުވަޝް

03 އޮކްޓޯބަރު 2026
މިއަހަރު އަދި އެއްވެސް ވަރަކަށް ގްރީން ފަންޑްގެ ރިޕޯޓު ސަރުކާރުން ހާމަނުކުރޭ، ފެންނަމުން ދަނީ ސަރުކާރުގެ ޓްރާންސްޕޭރެންސީ ތިމާވެށި ކަންކަމުގައި ގެއްލޭ މިންވަރު: ސަރުވަޝް
17 ސެޕްޓެމްބަރު 2026

އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް ދައްކައިފި

17 ސެޕްޓެމްބަރު 2026
އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް ދައްކައިފި
05 ސެޕްޓެމްބަރު 2026

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އަނެއްކާވެސް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

05 ސެޕްޓެމްބަރު 2026
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އަނެއްކާވެސް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި
04 ސެޕްޓެމްބަރު 2026

ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން

04 ސެޕްޓެމްބަރު 2026
ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން
20 އޯގަސްޓު 2026

އޮގަސްޓް 13 ގެ ނިޔަލަށް އާމްދަނީއަށް ވުރެ އިތުރަށް 950 މިލިއަން ރުފިޔާ ޚަރަދުކޮށްފި

20 އޯގަސްޓު 2026
އޮގަސްޓް 13 ގެ ނިޔަލަށް އާމްދަނީއަށް ވުރެ އިތުރަށް 950 މިލިއަން ރުފިޔާ ޚަރަދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް