Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމާލީ ހާލަތު

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

ބޭންކުތަކުން ސަރުކާރަށް ދޫކުރި ފައިސާ 25.9 އިންސައްތަ އިތުރުވެފައިވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިކަންކަން ގާތުން ބެލުމަކީ މުހިންމު ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުނޭ.

ރާއްޖެ އެމްވީ | 26 ޖޫން 2026 | ހުކުރު 17:40
ދައުލަތުން ދަރަނީގެ ގޮތުގައި ނަގާ ފައިސާ ދަނީ އިތުރުވަމުންކަން ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައި.

ދައުލަތުން ދަރަނީގެ ގޮތުގައި ނަގާ ފައިސާ ދަނީ އިތުރުވަމުންކަން ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައި. | ޝަޓާ ސްޓޮކް

މާލީ ދާއިރާއިން ދައުލަތަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާ، 2025 ވަނަ އަހަރު ނިމުނުއިރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަ ކޮށްފި އެވެ.

މީގެ ތެރޭގައި މަރުކަޒީ ސަރުކާރުގެ ސެކިއުރިޓީޒްތަކާއި ލޯނުތަކުގެ ގޮތުގައި ނެގި 75 ބިލިއަން ދިވެހި ރުފިޔާ (4.9 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ 62.8 އިންސައްތަ) އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ 8.5 ބިލިއަން ދިވެހި ރުފިޔާގެ (552 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ 7.1 އިންސައްތަ) ލޯނު ހިމެނެ އެވެ.

ވޯލްޑް ބޭންކުން އާންމު ކޮށްފައިވާ "މޯލްޑްވިސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ގައި ބުނެފައިވަނީ ބޭންކުތަކުން ދައުލަތަށް ދޫކޮށްފައިވާ ފައިސާގެ މިންވަރު 25.9 އިންސައްތަ އިތުރުވެފައިވާއިރު، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ދައުލަތަށް ދޫކޮށްފައިވާ މިންވަރު ވަނީ 1.5 އިންސައްތަ ދަށްވެފަ އެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް، ބޭންކުތަކުން 40 އިންސައްތަ، މާލީ އެހެނިހެން އިދާރާތަކުން 66 އިންސައްތަ، އެމްއެމްއޭ އިން 42 އިންސައްތަ ދައުލަތަށް ފައިސާގެ ގޮތުގައި ދޫކޮށްފައިވެ އެވެ. މި އިންސައްތަ އަކީ އެތަންތާނގެ މުޅި މިލްކިއްޔާތުގެ ނިސްބަތުން ދޫކޮށްފައިވާ ފައިސާގެ މިންވަރުކަން ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ދަރަނި އަދާކުރުމުގައި ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެފައިވާތީ، މާލީ އިދާރާތަކުން ދައުލަތަށް ދޫކޮށްފައިވާ މި ފައިސާގެ ކަންކަން ވަރަށް ގާތުން ބަލަންޖެހޭ ކަމަށެވެ. 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)މޯލްޑިވްސް މަނިޓަރީ އޮތޯރިޓީސަރުކާރުގެ ދަރަނިމާލީ ހާލަތުވޯލްޑް ބޭންކް-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެމްއެމްއޭގެ އެހީތެރިކަމާއެކު ބީއެމްއެލް އިން ކާޑުތަކަށް ޚާއްސަ ލިމިޓެއް ދޫކުރަން ވަނީ ނިންމާފައި. މި ބަދަލާއެކު، ދަރިވަރުން ބޭންކަށް ހުށަހެޅުމުން ވިސާ އާއި އައިއެޗްއެސް ފަދަ ޕޭމަންޓްތައް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މީގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ޓީޓީ މެދުވެރިކޮށް އަދި މަހަކު 1200 ޑޮލަރުގެ ކާޑު ލިމިޓެއްގެ ދަށުން މިހާރުވެސް ދަނީ ފޯރުކޮށްދެމުން.

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލުމާއި ބޭރު ފައިސާ ލިބުމުގެ ދަތިކަމާ ގުޅިގެން، 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވެ ފަގީރުކަން އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފި. މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަނުކުރެވި ބަޖެޓް ޑެފިސިޓް ބޮޑުވުމުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 140 އިންސައްތައަށް ވުރެ މަތިވާނެ ކަމަށް އެ ބޭންކުން ދެކޭ. މި ހާލަތުގެ ސަބަބުން އާމްދަނީ ދަށްވެ، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ނިކަމެތިކަން އިތުރުވުމުގެ ބިރު އެބައޮތް.

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
20 ޖޫން 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް

ރާއްޖޭގެ އިންފްލޭޝަން މަތިވެ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދީ ނުރައްކާތައް ބޮޑުވަމުންދާތީ، ދައުލަތުގެ ދަރަނި 2028 ވަނަ އަހަރާ ހަމައަށް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރޭ. ބޭރު ފައިސާގެ ރިޒާވަށް އޮތް ޕްރެޝަރު ބޮޑުވެ، މާލީ ނިޒާމުގެ ހަމަޖެހުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަބްސިޑީ އާއި އާސަންދަ ނިޒާމު އިސްލާހުކުރުން މުހިންމު ކަމަށް ވަނީ ބުނެފައި. އެހެންކަމުން، އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ އިސްލާހީ އެޖެންޑާ ހަރުދަނާކަމާއެކު ތަންފީޒުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނޭ.

20 ޖޫން 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

ރާއްޖެއަށް ޕޭޕާލްގެ ޚިދުމަތް ތައާރަފް ވުމަކީ އުރީދޫގެ އަމިއްލަ މަސައްކަތާއި ކުރީ ސަރުކާރުން ގާއިމުކުރި ނޭޝަނަލް ޕޭމަންޓް ސިސްޓަމްގެ ނަތީޖާ ކަމަށްވާ އިރު، މި ސަރުކާރުން އެކަމުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ. ރައީސް ސޯލިހުގެ ވެރިކަމުގައި ޕޭޕާލް ގެނައުމަށް ބޭނުންވާ ފަންނީ އަދި އިދާރީ ގިނަ މަސައްކަތްތަކެއް ނިންމާފައިވާކަން ލިޔެކިޔުންތަކުން ހާމަވާން އޮތްއިރު، މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން މާލީ އިދާރާތަކުގެ އިތުބާރު ކުޑަވެ މި ޚިދުމަތް ލަސްވެގެން ދިޔަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ޕޭޕާލް ރާއްޖެއަށް ލިބުމުގައި މިހާރުގެ ސަރުކާރުގެ އަމަލީ ދައުރެއް ނެތްކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވޭ.

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
18 ޖޫން 2026

ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި

ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރަށްވުރެ ޑިމާންޑް ބޮޑުވުމާ ގުޅިގެން ކާޑުތަކުން ކުރާ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ގެނައި ހިފެހެއްޓުންތަކަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދިނުމަށް ބީއެމްއެލް އިން ދަނީ މަސައްކަތް ކުރަމުން. މިދިޔަ އަހަރާ އަޅާބަލާއިރު ބޭންކުން ވިއްކި ޑޮލަރުގެ މިންވަރު 47 އިންސައްތަ އިތުރުވެފައިވާއިރު، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އެމްއެމްއޭގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ބޭންކަށް ވަނީ ލިބިފަ. މި ބަދަލާއެކު އޮންލައިންކޮށް މުދަލާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ.

18 ޖޫން 2026
ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު