Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދެކުނު ކޮރެއާ

ދެކުނު ކޮރެއާގައި މަޝްހޫރު ރެސްޓޯރެންޓެއްގައި، ފޮނިކާތަކެތި ގާނިޝްކުރުމަށް ހިނި ބޭނުންކުރި މައްސަލައެއްގައި އެތަނުގެ ވެރިޔާ އެއް އަހަރަށް ޖަލަށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ

ދެކުނު ކޮރެއާގައި ކެއުމަށް ހުއްދަ ނޫން ބާވަތެއްގެ ހިނި ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކުރި މައްސަލައެއްގައި، މިޝެލިން ސްޓާ ލިބިފައިވާ ރެސްޓޯރެންޓެއްގެ ވެރިޔާ ޖަލަށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ. މި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ ކުރީކޮޅަށް ވަނީ ތާވަލުކޮށްފައި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 08:44
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ރެސްޓޯރަންޓުން ތައްޔާރުކުރި ތަފާތު އެކި ކާބޯތަކެތީގައި 49،000 އެއްހާ ހިނި ބޭނުންކޮށްފައިވޭ

ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ރެސްޓޯރަންޓުން ތައްޔާރުކުރި ތަފާތު އެކި ކާބޯތަކެތީގައި 49،000 އެއްހާ ހިނި ބޭނުންކޮށްފައިވޭ | ގެޓީ އިމޭޖަސް

ދެކުނު ކޮރެއާގައި މިޝެލިން ސްޓާގެ ޝަރަފު ލިބިފައިވާ ރެސްޓޯރެންޓެއްގައި، ފޮނިކާތަކެތި ގާނިޝްކުރުމަށް ނުވަތަ ޒީނަތްތެރިކުރުމަށް ހިނި ބޭނުންކުރި މައްސަލައެއްގައި އެ ރެސްޓޯރެންޓުގެ ވެރިޔާ އެއް އަހަރަށް ޖަލަށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ދެކުނު ކޮރެއާގެ ގާނޫނުތަކުގެ ދަށުން އިންސާނުން ކެއުމަށް ހުއްދަކޮށްފައިވާ 10 ބާވަތުގެ ސޫފީގެ ތެރޭގައި ހިނި ހިމެނިފައެއް ނުވެ އެވެ. ކެއުމަށް ހުއްދަދީފައިވާ ސޫފިތަކުގެ ތެރޭގައި ގޮއްފުޅަނގި ފަދަ ބާވަތްތައް ހިމެނެއެވެ.

މިދިޔަ ހޯމަ ދުވަހު ޕްރޮސެކިއުޓަރުން ވަނީ، ދެ މިޝެލިން ސްޓާ ހާސިލްކޮށްފައިވާ އެ ރެސްޓޯރެންޓް 20 މިލިއަން ކޮރެއަން ވޮން (13,510 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށްވެސް ކޯޓުގައި އެދިފަ އެވެ.

ރެސްޓޯރެންޓުގެ ވެރިޔާ ވަނީ ކާތަކެތީގައި ހިނި ބޭނުންކުރި ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް އޭނާ ދިފާއުގައި ބުނީ، ހިނި ބޭނުންކުރީ އެ ރެސްޓޯރެންޓުގެ 15 ކޯސް ހިމެނޭ މެނޫގެ ތެރެއިން ވަރަށް ކުޑަ މިންވަރެއްގައި ކަމަށާއި، އެއީ ހަމައެކަނި ސޯބޭ (sorbet) މަތީގައި ފަތުރާލުމަށް ބޭނުންކުރި އެއްޗެއް ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންނަމަ ހިނި ނާޅައި އެހެން އެއްޗެއް ބޭނުންކުރުމުގެ އިޚްތިޔާރު ދީފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލަ ފެންމަތިވީ، އެ ރެސްޓޯރެންޓުން ކެއި މީހުން ހިނި އަޅާފައި ހުރި ކާތަކެތީގެ ފޮޓޯތަކާއެކު އިންޓަނެޓުގައި ޝާއިއުކުރި ރިވިއުތަކެއް، ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ފުޑް އެންޑް ޑްރަގް ސޭފްޓީގެ އޮފިޝަލުންނަށް ފެނުމާ ގުޅިގެންނެވެ.

ތަހުގީގު ކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެމެރިކާ އާއި ތައިލެންޑުން އެތެރެކުރި ގާތްގަނޑަކަށް 49,000 ހިނި އެ ރެސްޓޯރެންޓުގެ އެކި ކާތަކެތީގައި ވަނީ ބޭނުންކޮށްފަ އެވެ.

"ދަ ޗޯސުން ޑެއިލީ" ނޫހުގައިވާ ރިޕޯޓަކާ ހަވާލާދީ ސިއްހީ އިދާރާތަކުން ބުނެފައިވަނީ، އެ ރެސްޓޯރެންޓުން ބޭނުންކުރި ހިނީގައި، އާންމުކޮށް ކެއުމަށް ބޭނުންކުރާ ސޫފިތަކަށްވުރެ 55 ގުނަ އިތުރަށް "ހެވީ މެޓަލްސް" ނުވަތަ ނުރައްކާތެރި މައުދަންތައް އެކުލެވިގެންވާ ކަމަށެވެ.

ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ސޫފިތަކަކީ ކެއުމަށް އެކަށީގެންވާ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ވިހަ މާއްދާތައް ހުރި މިންވަރާއި، ކާނާގެ މުއްސަނދިކަމުގެ އިތުރުން، އެ ތަކެތި ސިއްހީ މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށް ޕްރޮސެސް ކުރެވޭތޯ ބެލުން ހިމެނެއެވެ.

ރެސްޓޯރެންޓުގެ ވެރިޔާގެ ދިފާއުގައި ބުނެފައިވަނީ، އެތަނުން ކެއި މީހުންގެ ތެރެއިން ހިނި ހިމެނޭ ކާތަކެތި ކެއުމަށް އިޚްތިޔާރުކުރީ އެންމެ 60 އިންސައްތަ މީހުން ކަމަށެވެ. އަދި ބާކީ ތިބި މީހުންނަށް ހިނީގެ ބަދަލުގައި ފާމެންޓަޑް ވިނިގާ އާއި ކެއުމަށް ބޭނުންކުރާ މާ ފަދަ ތަކެތި އަޅައިދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާ، ޑެންމާކް އަދި އިނގިރޭސިވިލާތް ފަދަ އެހެން ގައުމުތަކުގެ ރެސްޓޯރެންޓުތަކުގައިވެސް ކާތަކެތި ތައްޔާރުކުރުމަށް ހިނި ބޭނުންކުރާކަން އޭނާ ފާހަގަކުރި އެވެ.

ކޯޓުގެ ލިޔެކިޔުންތަކުގައި އެ ރެސްޓޯރެންޓުގެ ނަމެއް ނުވަތަ ވެރިޔާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ދެ މިޝެލިން ސްޓާގެ ޝަރަފު ލިބިފައިވާ 10 ރެސްޓޯރެންޓެއް ހުރެ އެވެ.

މިޝެލިން ގައިޑުން ރެސްޓޯރެންޓުތަކަށް ތިން ސްޓާއާ ހަމައަށް ދަރަޖަ ދެނީ، ބޭނުންކުރާ ތަކެތީގެ ފެންވަރާއި، ރަހަ ނެރުމުގެ ހުނަރާއި، ކެއްކުމުގެ އުކުޅުތަކާއި، ޝެފްގެ ހުނަރުވެރިކަމުގެ އިތުރުން ކާތަކެތީގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ބަލާފަ އެވެ.

މިޝެލިންގެ މިންގަނޑުތަކަށް ބަލާއިރު، ދެ ސްޓާ ލިބިފައިވާ ރެސްޓޯރެންޓުތަކަކީ "ނުހަނު މީރު ކާތަކެތި" ތައްޔާރުކުރާ، އަދި އެތަނަކަށް ކެއުމަށް ދިއުމަށްޓަކައި ދަތުރުގެ މަގު ބަދަލުކޮށްލަންވެސް ބޭނުންވާ ވަރުގެ ތަންތަނެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ބައެއް ސަގާފަތްތަކުގައި ހިންޏަކީ ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. އަދި ބައެއް ފަހަރު މިއީ ވަރަށް އަގުބޮޑު މީރު ކެއުމެއްގެ ގޮތުގައިވެސް ބެލެވެއެވެ. އެގޮތުން ތައިލެންޑާއި ކެމްބޯޑިއާގެ ކެއްކުންތަކުގައި "ވީވަރ އޭންޓްސް" އާއި އޭގެ ބިސް ބޭނުންކުރާއިރު، ކޮލަމްބިއާގައި ރަނި ހިނި (queen ants) ބެލެވެނީ ކެވިއާ ފަދަ އަގުބޮޑު މީރު ކެއުމެއްގެ ގޮތުގަ އެވެ.

ދެކުނު ކޮރެއާކާބޯތަކެތި

އިތުރަށް ކިޔާލަން

20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
15 ޖުލައި 2026

އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި

15 ޖުލައި 2026
އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި
29 ޖޫން 2026

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި

29 ޖޫން 2026
ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި
29 ޖޫން 2026

ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

29 ޖޫން 2026
ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
27 ޖޫން 2026

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ހަތް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

27 ޖޫން 2026
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ހަތް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
24 ޖޫން 2026

133 ފަހަރު ޖަންގްކޫކްގެ ގޭގެ ރަނގަބީލު ޖަހާ، އޭނާއަށް ފާރަލީ އަންހެނަކު ޖަލަށްލުމަށް ހުކުމްކޮށްފި

24 ޖޫން 2026
133 ފަހަރު ޖަންގްކޫކްގެ ގޭގެ ރަނގަބީލު ޖަހާ، އޭނާއަށް ފާރަލީ އަންހެނަކު ޖަލަށްލުމަށް ހުކުމްކޮށްފި
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި
22 ފެބުރުއަރީ 2026

ބަޣާވާތްކުރަން އުޅުނުކަން ސާބިތުވެ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށް

22 ފެބުރުއަރީ 2026
ބަޣާވާތްކުރަން އުޅުނުކަން ސާބިތުވެ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު