Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

7 މެއި 2026 | ބުރާސްފަތި 08:51

އެކަމާ ގުޅިގެން އީރާން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅީގައި ދެކުނު ކޮރެއާގެ ބޯޓަށް ލިބުނު ގެއްލުން ތަކުގައި އީރާންގެ އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، އެފަދަ ބައިވެރިވުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2026 | ބުރާސްފަތި 08:51
ދެކުނު ކޮރެއާގެ ކޮންޓޭނަރު އުފުލާ މަނަވަރު "އެޗްއެމްއެމް ސްޓޮކްހޯމް".

ދެކުނު ކޮރެއާގެ ކޮންޓޭނަރު އުފުލާ މަނަވަރު "އެޗްއެމްއެމް ސްޓޮކްހޯމް". | ރޮއިޓާސް

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރި ދެކުނު ކޮރެއާގެ މުދާ އުފުލާ ބޯޓަކަށް އަމާޒުކޮށް އީރާންގެ އަސްކަރިއްޔާ އިން ހަމަލާ ދީފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް، އެ ޤައުމުން ދޮގު ކޮށްފި އެވެ. 

މި ހަފުތާގެ ހޯމަ ދުވަހު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަމުން ދަނިކޮށް، ޕެނަމާގެ ދިދަ ޖަހާފައިވާ "އެޗްއެމްއެމް ނާމޫ" ނަމަކަށް ކިޔާ މި ބޯޓުގައި ގޮވުމެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. މި ހާދިސާ ހިނގިއިރު، ބޯޓުގައި ޖުމުލަ 24 ފަޅުވެރިން ތިއްބެވެ. 

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާން އިން އެ ބޯޓަށް ހަމަލާ ދީފައިވާ ކަމަށް ތުހުމަތު ކުރައްްވައިފަ އެވެ. އަދި އެ ސަރަހައްދުގެ ކަނޑު ދަތުރު ފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާ އިން ހިންގާ އޮޕަރޭޝަން ތަކުގައި ބައިވެރިވުމަށް، ޓްރަމްޕް ވަނީ ދެކުނު ކޮރެއާ އަށް ގޮވާލައްވައިފަ އެވެ. 

އެކަމާ ގުޅިގެން އީރާން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅީގައި ދެކުނު ކޮރެއާގެ ބޯޓަށް ލިބުނު ގެއްލުން ތަކުގައި އީރާންގެ އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، އެފަދަ ބައިވެރިވުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކަށް ފަހު، ހޮރްމޫޒް ކަނޑު އޮޅި އަކީ އީރާންގެ ދިފާއީ ސަރަހައްދުގެ މުހިންމު ބައެއް ކަމަށް އެ ޤައުމުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އެހެންކަމުން އެ ސަރަހައްދުން ރައްކާތެރިކަމާ އެކު ދަތުރު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ޤަވާއިދު ތަކަށް ފުރިހަމަ އަށް އަމަލު ކުރަން ޖެހޭނެ ކަމަށް އީރާން އިން ބުނެ އެވެ.

އީރާންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ކަނޑަ އެޅިފައިވާ އުސޫލު ތަކާއި ހަގީގީ ޙާލަތަށް ރިއާޔަަތް ނުކޮށް އަމަލު ކުރުމަކީ ގަސްދުގައި ނޫން ނަމަވެސް، ނުރައްކާތެރި ހާދިސާ ތަކެއް ހިނގުމަށް މެދުވެރިވާނެ ސަބަބެއް ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލުކަން ނުދީ، އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވެސް އީރާން އިން ބުނެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްދެކުނު ކޮރެއާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި
07 މެއި 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު، ނޫން ނަމަ ހަމަލާ ދޭނަން: ޓްރަމްޕް

07 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު، ނޫން ނަމަ ހަމަލާ ދޭނަން: ޓްރަމްޕް
07 މެއި 2026

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް

07 މެއި 2026
އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް
06 މެއި 2026

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

06 މެއި 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި
06 މެއި 2026

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

06 މެއި 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ
06 މެއި 2026

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

06 މެއި 2026
އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި
06 މެއި 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި
06 މެއި 2026

ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

06 މެއި 2026
ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި
06 މެއި 2026

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

06 މެއި 2026
ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި
06 މެއި 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް