Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެކުނު ކޮރެއާގެ އުޅަނދަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވުމާ ގުޅިގެން، އެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ބައިވެރިވުމަށް އެމެރިކާއިން ދެކުނު ކޮރެއާއަށް ވަނީ ގޮވާލާފައި. ނަމަވެސް އީރާނުން ވަނީ މި ހާދިސާގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ އެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށްފައި. މި ހާލަތާ ގުޅިގެން، އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވުމާ މެދު ކުރިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ބޭނުންނުވާ ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން މިހާރު ވަނީ ހާމަކޮށްފައި.

ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 07:03
ޖަރުމަނުވިލާތުގެ ހެމްބާގް ބަނދަރުގެ "ބާޗާޑްކައި" ލޯޑިންގ ޓާމިނަލްގައި، ދެކުނު ކޮރެއާގެ ކޮންޓެއިނަރު އުފުލާ މަނަވަރު "އެޗް.އެމް.އެމް ސްޓޮކްހޯމް" އަށް މުދާ ބަރުކުރަނީ (ފައިލް).

ޖަރުމަނުވިލާތުގެ ހެމްބާގް ބަނދަރުގެ "ބާޗާޑްކައި" ލޯޑިންގ ޓާމިނަލްގައި، ދެކުނު ކޮރެއާގެ ކޮންޓެއިނަރު އުފުލާ މަނަވަރު "އެޗް.އެމް.އެމް ސްޓޮކްހޯމް" އަށް މުދާ ބަރުކުރަނީ (ފައިލް). | ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެކުނު ކޮރެއާގެ އުޅަނދެއްގައި މި ހަފުތާގައި ހިނގި ގޮވުމުގެ ހާދިސާގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެ ގައުމުން އެ ތުހުމަތުތައް ބުރާސްފަތި ދުވަހު ދޮގުކޮށްފިއެވެ.

ޕެނަމާގެ ދިދަ ނަގައިގެން 24 ފަޅުވެރިންނާއެކު ދަތުރުކުރި "އެޗްއެމްއެމް ނާމޫ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުގައި މި ގޮވުމާއި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން ވިދާޅުވެފައިވަނީ، އީރާނުން އެ އުޅަނދަށް "ހަމަލާތަކެއް ދީފައިވާ" ކަމަށެވެ. އަދި މިހާރު ދަތުރުފަތުރު ކުރުން ގާތްގަނޑަކަށް ހުއްޓިފައިވާ އެ ކަނޑުއޮޅިން އާންމު ހާލަތުގައި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް އެމެރިކާއިން ހިންގާ އޮޕަރޭޝަންތަކުގައި ބައިވެރިވުމަށް ޓްރަމްޕް ވަނީ ދެކުނު ކޮރެއާއަށް ގޮވާލައްވާފައެވެ.

ތެހެރާނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ކޮރެއާގެ އުޅަނދަށް ލިބުނު ގެއްލުންތަކުގައި އީރާނުގެ އަސްކަރީ ބާރުތަކުގެ  ބައިވެރިވުމެއް އޮތް ކަމަށް ބުނެ ކުރާ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކުރާ ކަމަށެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، ހޮރްމޫޒް ކަނޑުއޮޅިއަކީ އެ ގައުމުގެ ދިފާއީ ސަރަހައްދުގެ މުހިންމު ބައެއް ކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުންދާ ކަމަށް އެމްބަސީން ފާހަގަކުރިއެވެ.

އެހެންކަމުން، ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނީ ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އީރާނުން އިތުރަށް ބުނެފައިވަނީ، މިފަދަ ހާލަތެއްގައި އިއުލާންކޮށްފައިވާ އިރުޝާދުތަކަށް އިހުމާލުވުމަކީ، ގަސްދުގައި ނޫން ނަމަވެސް ނުރައްކާތެރި ހާދިސާތަކެއް ހިނގުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށެވެ.

ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ދެކުނު ކޮރެއާއިން ކުރިން ބުނެފައިވަނީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް އެމެރިކާއިން ހިންގާ އޮޕަރޭޝަންތަކުގައި ބައިވެރިވުމާ މެދު އެ ގައުމުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރާނެ ކަމަށެވެ.

ނަމަވެސް، ދެކުނު ކޮރެއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވީ ސަންގް-ލަކް ބުދަ ދުވަހު ވިދާޅުވީ، "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ހިންގާ އެ ޕްރޮގްރާމް މެދުކަނޑާލާފައިވާތީ، އެ ނިންމުން މުރާޖައާ ކުރަން މިހާރު ބޭނުންނުވާ ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިއީރާންދެކުނު ކޮރެއާޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާޕްރޮޖެކްޓް ފްރީޑަމް

އިތުރަށް ކިޔާލަން

07 މެއި 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު، ނޫން ނަމަ ހަމަލާ ދޭނަން: ޓްރަމްޕް

07 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު، ނޫން ނަމަ ހަމަލާ ދޭނަން: ޓްރަމްޕް
07 މެއި 2026

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް

07 މެއި 2026
އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް
06 މެއި 2026

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

06 މެއި 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި
06 މެއި 2026

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

06 މެއި 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ
06 މެއި 2026

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

06 މެއި 2026
އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު