Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ހަތް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

މި ހުކުމާއެކު، އެކަމަނާ ހޯއްދެވި އަގުބޮޑު ގަހަނާއާއި އަތްދަބަސް ފަދަ ތަކެތި ދައުލަތަށް ނެގުމަށާއި، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައި. ކޯޓުން ފާހަގަކުރި ގޮތުގައި، ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެން އަމިއްލަ މަންފާއަށްޓަކައި ތަކުރާރުކޮށް ރިޝްވަތު ހިފުމަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ފޭލްވުމެއް

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 14:28
މަގާމުން ދުރުކޮށްފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލްގެ އަނބިކަނބަލުން، އެ ގައުމުގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ޚާއްސަ ޕްރޮސިކިއުޓަރުން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް، 2025 އޮގަސްޓް 12 ވީ އަންގާރަ ދުވަހު ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް އެކަމަނާ ހާޒިރުވަނީ.

މަގާމުން ދުރުކޮށްފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލްގެ އަނބިކަނބަލުން، އެ ގައުމުގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ޚާއްސަ ޕްރޮސިކިއުޓަރުން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް، 2025 އޮގަސްޓް 12 ވީ އަންގާރަ ދުވަހު ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް އެކަމަނާ ހާޒިރުވަނީ. | ގެޓީ އިމޭޖަސް

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ، ސިޔާސީ އަދި ވިޔަފާރީގެ މަންފާތަކެއް ހޯދައިދިނުމުގެ ބަދަލުގައި އަގުބޮޑު ގަހަނާއާއި "ޑިއޯ" ބްރޭންޑުގެ އަތްދަބަހެއް ހިމެނޭހެން އަގުބޮޑު ހަދިޔާތަކެއް ގަބޫލުކުރި މައްސަލައިގައި، އެކަމަނާ ހަތް އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ކިމް ކިއޮން ހީ އަކީ، 2024 ވަނަ އަހަރުގެ ފަހުކޮޅު ދެކުނު ކޮރެއާގައި މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު އިއުލާންކުރަން ކުރި ނާކާމިޔާބު މަސައްކަތާ ގުޅިގެން މަގާމުން ވަކިކޮށްފައިވާ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލްގެ އަނބިކަނބަލުންނެވެ. ރައީސް ޔޫންގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް އުފުލައި ޖަލު ހުކުމްތަކެއް އިއްވަމުންދާއިރު، ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ބުނީ ކިމް ވަނީ ފަސްޓް ލޭޑީގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާތަކާއި ވިޔަފާރީގެ އެކި ފުރުސަތުތައް ފަހިކޮށްދީފައި ކަމަށެވެ. އަދި އެ މަގާމުގެ ހައިސިއްޔަތުން، ރައީސެއްގެ އަނބިކަނބަލުންނަކީ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި ސަމާލުވުމުގައި އެންމެ މަތީ ދަރަޖައިގެ ނަމޫނާ ދައްކަންޖެހޭނެ ފަރާތެއްކަން ވެސް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، އެފަދަ އިޖުތިމާއީ ޒިންމާތަކަށް ބެލުމެއްނެތި، ދައުވާ ލިބޭ ކިމް ކިއޮން ހީ ވަނީ އެކަމަނާގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ފަހިކޮށްދިނުމުގެ ވަސީލަތެއްގެ ގޮތުގައި ތަކުރާރުކޮށް އަގުބޮޑު ތަކެތި ގަބޫލުކޮށްފައި ކަމަށެވެ.

ކިމްގެ ފިރިކަލުން ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، އަގުބޮޑު ތަކެތި ހަދިޔާގެ ގޮތުގައި ހޯއްދަވާފައިވާކަން ކޯޓަށް ވަނީ ސާބިތުވެފައެވެ. މީގެ އިތުރުން ގާތްގަނޑަކަށް 19،000 ޕައުންޑް (ގާތްގަނޑަކަށް 375،000 ދިވެހި ރުފިޔާ) އަށް ވުރެ އަގުބޮޑު "ވެޝެރޮން ކޮންސްޓަންޓިން" ބްރޭންޑުގެ އަތުކުރީ ގަޑިއެއް ވެސް އެކަމަނާ ވަނީ ގަބޫލުކުރައްވާފަ އެވެ.

ކޯޓުން ވަނީ މި ހަދިޔާތައް ފެންނަން ހުރި ނަމަ އެ ތަކެތި ދައުލަތަށް ނެގުމަށް އަމުރުކޮށް، ކިމް ކިއޮން ހީ ގާތްގަނޑަކަށް 32,000 ޕައުންޑުން (ގާތްގަނޑަކަށް 632,000 ދިވެހި ރުފިޔާ) ޖޫރިމަނާކުރުމަށް ވެސް ހުކުމްކޮށްފަ އެވެ.

ކިމް ކިއޮން ހީދެކުނު ކޮރެއާޔޫން ސުކް ޔިއޯލް

އިތުރަށް ކިޔާލަން

24 ޖޫން 2026

133 ފަހަރު ޖަންގްކޫކްގެ ގޭގެ ރަނގަބީލު ޖަހާ، އޭނާއަށް ފާރަލީ އަންހެނަކު ޖަލަށްލުމަށް ހުކުމްކޮށްފި

24 ޖޫން 2026
133 ފަހަރު ޖަންގްކޫކްގެ ގޭގެ ރަނގަބީލު ޖަހާ، އޭނާއަށް ފާރަލީ އަންހެނަކު ޖަލަށްލުމަށް ހުކުމްކޮށްފި
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި
22 ފެބުރުއަރީ 2026

ބަޣާވާތްކުރަން އުޅުނުކަން ސާބިތުވެ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށް

22 ފެބުރުއަރީ 2026
ބަޣާވާތްކުރަން އުޅުނުކަން ސާބިތުވެ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށް
29 ޖެނުއަރީ 2026

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

29 ޖެނުއަރީ 2026
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި
13 ޖެނުއަރީ 2026

ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި

13 ޖެނުއަރީ 2026
ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި
26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު