Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި

މުބާރާތުން ކެޓުމުގެ ޒިންމާ އުފުލައި ކޯޗު އިސްތިއުފާ ދިންއިރު، ދެކުނު ކޮރެއާގެ ރައީސް ވަނީ ކުޅިވަރުގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް މިފަދަ ނަތީޖާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ މިނިސްޓްރީއަށް އަންގަވާފައި. މި މައްސަލައިގައި ރައްޔިތުންނަށް ލިބުނު މާޔޫސްކަމަށްޓަކައި ރައީސް މާފަށް އެދިވަޑައިގެންފައިވާއިރު، ގައުމީ ޓީމުގެ ނަތީޖާތަކާ މެދު އާންމުންނާއި މީޑިއާގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 11:16
އިނގިރޭސިވިލާތުގެ މިލްޓަން ކީންސްގައި 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި އައިވަރީ ކޯސްޓް ބައްދަލުކުރި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިން، ދެކުނު ކޮރެއާގެ ހެޑް ކޯޗު ނުވަތަ މެނޭޖަރު ހޮންގް މިއުންގް-ބޯ

އިނގިރޭސިވިލާތުގެ މިލްޓަން ކީންސްގައި 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި އައިވަރީ ކޯސްޓް ބައްދަލުކުރި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިން، ދެކުނު ކޮރެއާގެ ހެޑް ކޯޗު ނުވަތަ މެނޭޖަރު ހޮންގް މިއުންގް-ބޯ | ގެޓީ އިމޭޖަސް

ދެކުނު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއްގެ ގޮތުގައި އެ ގައުމުގެ ރައީސް ލީ ޖޭ-މިއުންގް ސިފަކުރައްވައި، ގައުމީ ޓީމުގެ މުޅި ޕްރޮގްރާމް އަލުން މުރާޖައާ ކުރުމަށް އަމުރުކުރައްވައިފި އެވެ.

އުމުރުން 57 އަހަރުގެ ކޯޗު ހޮންގް މިއުންގް-ބޯ އަށް އަމާޒުކޮށް އަމިއްލަ ގައުމުން ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. 

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، ކުރީގެ އޮނަރަރީ ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބެއްގެ ޗެއާމަނެއްގެ ހައިސިއްޔަތުންނާއި، ގައުމީ ޓީމުގެ ސަޕޯޓަރުންގެ ގްރޫޕް ކަމަށްވާ "ރެޑް ޑެވިލްސް" ގެ މެންބަރެއްގެ ހައިސިއްޔަތުން، މި ހީނުކުރާ ނަތީޖާގެ ސަބަބުން ހައިރާންކަމާއި ބޮޑު ކަންބޮޑުވުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކަންކަން ހިންގުމަށް އިސްކުރާ މީހުންގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެގެންދާކަން އަނެއްކާވެސް ސާބިތުވެފައިވާ ކަމަށެވެ. އަދި ގާބިލުކަމުގެ ބަދަލުގައި ވަކި ފަރާތަކަށް ކަމެއްކޮށްދިނުމުގެ ގޮތުން ކަންކަން ކުރުމާއި އަމިއްލަ އެދުން އިސްކޮށް، ގާބިލުކަމެއް ނެތް މީހަކު ލީޑަރަކަށް އައްޔަންކޮށްފިނަމަ، އޭގެ ނަތީޖާ އަކީ އަލިފާން ފަދައިން ފެންނަން އޮތް ސާފު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައިގައި ފިޔަވަޅު އެޅުމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ، ސްޕޯޓްސް އެންޑް ޓޫރިޒަމަށް ރައީސް ލީ ވަނީ ގޮވާލައްވާފަ އެވެ. އަދި މި ދިމާވި ހިތާމަވެރި ހާލަތުގެ ސަބަބުން ރައްޔިތުންނަށް ލިބުނު މާޔޫސްކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކުޅިވަރުގެ އިދާރީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އަވަސް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދެކުނު ކޮރެއާގެ ބްރޯޑްކާސްޓަރު ކޭ.ބީ.އެސް އިން، މުބާރާތުން އެ ގައުމު އަވަހަށް ވަކިވާން ޖެހުނު ޚަބަރު ރިޕޯޓްކުރިއިރު، ކޯޗު ހޮންގް އަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަވާ ގޮތައް އޭނާގެ މޫނު ވަނީ ފުސްކޮށްފަ އެވެ.

މެކްސިކޯގައި ހުރި ޓީމުގެ ބޭސް ކޭމްޕުން އާދީއްތަ ދުވަހު ފުރުމުގެ ކުރިން، ކޯޗު ހޮންގް ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދި މަގާމުން އިސްތިއުފާ ދިންކަން އިއުލާންކޮށްފަ އެވެ. ދެކުނު ކޮރެއާ އިން ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް މެކްސިކޯގައި ކުޅެފަ އެވެ.

އިސްތިއުފާ އިއުލާން ކުރަމުން ހޮންގް ބުނީ، ގައުމީ ޓީމަށް ލޯތްބާއި ތާއީދު ދިން ހުރިހާ ރައްޔިތުންގެ ކިބައިން އިޚްލާޞްތެރިކަމާއެކު މާފަށް އެދޭ ކަމަށާއި، މިއަދުން ފެށިގެން ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ވަކިވާން ނިންމާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، ހެޑް ކޯޗުގެ ހައިސިއްޔަތުން ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށާއި ރައްޔިތުން އުންމީދުކުރި ފަދަ ނަތީޖާއެއް ހޯދައިނުދެވުނު ކަމަށާއި، އެހެންކަމުން ހުރިހާ ޒިންމާއެއް އުފުލަނީ އޭނާ އަމިއްލައަށް ކަމަށެވެ.

"މިއަދު އަޅުގަނޑު ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުން މި ވަކިވަނީ. އެހެންނަމަވެސް، ކޮރެއާގެ ފުޓްބޯޅައަށް އަޅުގަނޑުގެ ހިތުގައި އޮތް ލޯތްބަކަށް ބަދަލެއް ނާންނާނެ. ރައްޔިތުންގެ އިތުބާރާއި ލޯބި އަލުން ހޯދުމަށް ދެކުނު ކޮރެއާގެ ގައުމީ ޓީމަށް އަޅުގަނޑު އަބަދުވެސް ސަޕޯޓް ކުރާނަން،" ހޮންގް ބުނެފައިވެ އެވެ.

މިއީ ހޮންގް ގައުމީ ޓީމާ ހަވާލުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައިވެސް އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ދެކުނު ކޮރެއާ ޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.

ދެކުނު ކޮރެއާއަކީ ޖެހިޖެހިގެން 11 ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ، މުބާރާތުގެ ގަވާއިދުން ފެންނަ ޓީމެކެވެ. އަދި 2002 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައި އެ ޓީމުން ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފަ އެވެ.

މިފަހަރުގެ މުބާރާތުން ދެކުނު ކޮރެއާ ކަޓައިގެން ދިޔައީ ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން ފަހަތުން އަރައި މޮޅުވި ނަމަވެސް، އެ ކާމިޔާބީ ދަމަހައްޓާލެވޭ ގޮތް ނުވުމުންނެވެ. ގްރޫޕް އޭ ގައި ދެން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ ދެކުނު އެފްރިކާ އަދި މެކްސިކޯ އަތުން ބަލިވެފަ އެވެ.

މި އަހަރުގެ މުބާރާތް ފުޅާކޮށްފައިވާތީ، ގްރޫޕްތަކުގެ ތިންވަނަ ހޯދާ އެންމެ މޮޅު އަށް ޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16 އަށް ދެވޭނެ ކަމުގެ އުންމީދު އެ ގައުމުން ކުރި އެވެ. ނަމަވެސް ހޮނިހިރު ދުވަހު ކުޅުނު މެޗުން ޑީ.އާރު ކޮންގޯ އަތުން އުޒްބެކިސްތާން 3-1 އިން ބަލިވުމާއެކު، ދެކުނު ކޮރެއާގެ އެ އުންމީދު ވަނީ ފެނަށް ވެފައެވެ.

ދެކުނު ކޮރެއާލީ ޖޭ-މިޔުންގްހޮންގް މިއުންގް-ބޯވޯލްޑް ކަޕްރެޑް ޑެވިލްސްފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

29 ޖޫން 2026

ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

29 ޖޫން 2026
ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
29 ޖޫން 2026

ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ

29 ޖޫން 2026
ވޯލްޑް ކަޕްގެ ނާކާމިޔާބާ އެކު، ދެކުނު ކޮރެއާގެ ކޯޗު މަގާމުން ވަކިވެއްޖެ
28 ޖޫން 2026

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟

28 ޖޫން 2026
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެން ފިޔާތޮށި ބޫޓަށް އަރައިގެން މިއުޅެނީ ކީއްވެ؟
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟
28 ޖޫން 2026

ވޯލްޑް ކަޕްގެ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލް

28 ޖޫން 2026
ވޯލްޑް ކަޕްގެ ގަދަ 32 އަށް ހޮވުނު ޓީމުތަކާއި މެޗުތައް ތާވަލުކުރެވިފައިވާ ގޮތުގެ ތަފުސީލް
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް

27 ޖޫން 2026
ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް
27 ޖޫން 2026

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ހަތް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

27 ޖޫން 2026
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ހަތް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
27 ޖޫން 2026

ޓިޕް ދޭންޖެހޭލެއް ގިނަކަމުން ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިޔަ ސަޕޯޓަރުން ފޫހިވެއްޖެ

27 ޖޫން 2026
ޓިޕް ދޭންޖެހޭލެއް ގިނަކަމުން ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިޔަ ސަޕޯޓަރުން ފޫހިވެއްޖެ
27 ޖޫން 2026

އުރުގުއޭ މުބާރާތުން ކެޓުން - "ވިހަ" މީހެއް ކަމަށް އަމިއްލަ އަށް ސިފަކުރި ހެޑް ކޯޗު ބުނީ މި މާޔޫސްކަމުގެ ޒިންމާ އުފުލަނީ އޭނާ ކަމަށް

27 ޖޫން 2026
އުރުގުއޭ މުބާރާތުން ކެޓުން - "ވިހަ" މީހެއް ކަމަށް އަމިއްލަ އަށް ސިފަކުރި ހެޑް ކޯޗު ބުނީ މި މާޔޫސްކަމުގެ ޒިންމާ އުފުލަނީ އޭނާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު