Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

ބަޣާވާތްކުރަން އުޅުނުކަން ސާބިތުވެ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށް

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން އިއްވި މި ހުކުމަކީ، ޑިސެމްބަރު 2024 ގައި ދެކުނު ކޮރެއާގެ އޭރުގެ ރައީސް ޔޫން ސުކް ޔޯލް މާޝަލް ލޯ އިއުލާނުކޮށް، އަދި އެ ޤައުމުގެ ރައްޔިތުންގެ މަޖިލިސް (ޕާލަމެންޓް) ހިފުމަށް ސިފައިން ފޮނުއްވި މައްސަލައިގައި ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރަން އުޅުނުކަން ސާބިތުވެ، ކުރީގެ ރައީސް ޔޫން ސުކް ޔޯލް އުމުރަށް ޖަލަށް ލުމަށް މައްސަލައިގައި އިއްވި ހުކުމެކެވެ.

އަލް - ހުރަވީ
އަލް - ހުރަވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 08:54
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް، ބަޣާވާތްކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ ޖިނާއީ ޝަރީއަތަށް 21 އެޕްރީލް 2025 ގައި ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ވަދެވަޑައި ގަންނަވަނީ

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް، ބަޣާވާތްކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ ޖިނާއީ ޝަރީއަތަށް 21 އެޕްރީލް 2025 ގައި ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ވަދެވަޑައި ގަންނަވަނީ | ސީއެންބީސީ


ދެކުނު ކޮރެއާގައި މާޝަލް ލޯ އިއުލާނުކޮށް، ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރަން އުޅުނުކަން ސާބިތުވެ، އެ ޤައުމުގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް އުމުރަށް ޖަލަށް ލުމަށް ސޯލްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

 ބުރާސްފަތި ދުވަހު ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން އިއްވި މި ހުކުމަކީ، ޑިސެމްބަރު 2024 ގައި ޔޫން ކުއްލި ނުރައްކަލުގެ ހާލަތު (މާޝަލް ލޯ) އިއުލާނުކުރައްވައި، ރައްޔިތުންގެ މަޖިލިސް  ހިފުމަށް ސިފައިން ފޮނުއްވި މައްސަލައިގައި އިއްވި ހުކުމެކެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ޖީ ގްވީ-ޔޯން ވިދާޅުވީ، ޔޫންގެ މަޤުސަދަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި، ސިޔާސީ އިދިކޮޅު ފަރާތްތައް ހައްޔަރުކުރުން ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިންނާއި ހެލިކޮޕްޓަރުތައް ޕާލަމެންޓަށް ފޮނުވުމަކީ ބަޣާވާތް ކުރުމުގެ އަމަލެއް ކަމަށް ފަނޑިޔާރު ކަނޑައެޅުއްވިއެވެ.

މި މައްސަލައިގައި ދައުލަތުގެ ޕްރޮސެކިއުޓަރުން އެދުނީ ޔޫންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށެވެ. ނަމަވެސް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ، އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގޮސްފައި ނުވާތީއާއި، އެ ހަރަކާތްތައް އެންމެ ފުރިހަމައަށް ރާވާފައި ނުވާތީ ކަމަށް ކޯޓުން ބުންޏެވެ. އަދި އޭނާގެ މައްޗަށް މީގެ ކުރިން އެހެން ކުށެއްގެ ރެކޯޑެއް ނެތުންވެސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ޔޫންގެ އިތުރުން، އޭރުގެ ޑިފެންސް މިނިސްޓަރު ކިމް ޔޮންގް-ހިޔުންގެ މައްޗަށްވެސް ކުށް ސާބިތުވެ، 30 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ފުލުހުންނާއި ސިފައިންގެ އިސް ބައެއް އޮފިޝަލުންނަށްވެސް އެކި މުއްދަތުގެ ޖަލު ހުކުމްތައް ވަނީ އިއްވާފައެވެ.

ޔޫންގެ މައްޗަށް އިއްވި މި ހުކުމަކީ ދެކުނު ކޮރެއާގެ ތާރީޚުގައި ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޤައުމުގެ ލީޑަރެއްގެ މައްޗަށް ބަޣާވާތްކުރުމުގެ ކުށުގައި ހުކުމްކުރި ފުރަތަމަ ފަހަރެވެ.

ޝަރީއަތުގައި ޔޫން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. އަދި ޔޫންގެ ވަކީލުން ވަނީ މިއީ "ކުރިން ލިޔެފައިވާ ސްކްރިޕްޓެއް" ފަދަ ސިޔާސީ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ސިފަކޮށް، މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

ޑިސެމްބަރު މަހު ޔޫން އިއުލާނުކުރެއްވި މާޝަލް ލޯ އެންމެ 6 ގަޑިއިރު ތެރޭގައި އުވާލަން ޖެހުނުއިރު، އެ ހާދިސާއާ ގުޅިގެން ޤައުމުގައި ބޮޑެތި މުޒާހަރާތަކެއް ކުރެވުނެވެ. އޭގެ ފަހުން ޕާލަމެންޓުން ވަނީ އޭނާ މަޤާމުން ދުރުކޮށްފައެވެ.

ދެކުނު ކޮރެއާދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

29 ޖެނުއަރީ 2026
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި
13 ޖެނުއަރީ 2026

ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި

13 ޖެނުއަރީ 2026
ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި
26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު