Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަންގްކޫކް

133 ފަހަރު ޖަންގްކޫކްގެ ގޭގެ ރަނގަބީލު ޖަހާ، އޭނާއަށް ފާރަލީ އަންހެނަކު ޖަލަށްލުމަށް ހުކުމްކޮށްފި

24 ޖޫން 2026 | ބުދަ 08:25

ބީޓީއެސްގެ ޖަންގްކޫކަށް ފާރަލައި، އޭނާގެ ގެއަށް ތަކުރާރުކޮށް ވަދެ އުނދަގޫކުރި ބްރެޒިލްގެ އަންހެނަކު އެއް އަހަރަށް ޖަލަށްލުމަށް ދެކުނު ކޮރެއާގެ ކޯޓަކުން ހުކުމްކޮށްފި. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޖުމްލަ 22 ފަހަރު އެ ގެއަށް ގޮސްފައިވާ މި އަންހެންމީހާގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކުރުން ދެ އަހަރަށް ފަސްކޮށްފައިވާއިރު، އިސްތިއުނާފުން ނާކާމިޔާބުވެއްޖެނަމަ އޭނާ އެ ގައުމުން ޑީޕޯޓްކޮށްލާނެ. ކޯޓުގެ އަމުރުތަކާ ޚިލާފަށް އޭނާ ހިންގި މި އަމަލުތަކަކީ ޖަންގްކޫކަށް ކުރާ ތާއީދެއްގެ ސަބަބުން ކުރި ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 08:25
ނިއުޔޯކް ސިޓީގެ ޓައިމްސް ސްކޮޔަރގައި ހުންނަ ޓީއެސްއެކްސް އެންޓަޓެއިންމަންޓްގައި 2023 ނޮވެމްބަރު 9 ވަނަ ދުވަހު ޖަންގްކޫކް ލަވަކިޔަނީ

ނިއުޔޯކް ސިޓީގެ ޓައިމްސް ސްކޮޔަރގައި ހުންނަ ޓީއެސްއެކްސް އެންޓަޓެއިންމަންޓްގައި 2023 ނޮވެމްބަރު 9 ވަނަ ދުވަހު ޖަންގްކޫކް ލަވަކިޔަނީ | ގެޓީ އިމޭޖަސް

ދެކުނު ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް، ބީޓީއެސްގެ މެންބަރު ޖަންގްކޫކްގެ ގެއަށް ތަކުރާރުކޮށް ގޮސް އޭނާއަށް ފާރަލީ ބްރެޒިލްގެ އަންހެނަކު، ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މި އަންހެންމީހާ ވަނީ ޖަންގްކޫކްގެ ގެއަށް ނުދިއުމަށް އަންގާފައިވަނިކޮށް، އެއް ދުވަހެއްގެ ތެރޭގައި އެގޭގެ ރަނގަބީލު 133 ފަހަރު ޖަހާފައެވެ.

މި އަންހެންމީހާ ޖަންގްކޫކަށް ފާރަލާން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ބުނި ގޮތުގައި ޖަންގްކޫކްގެ ގޭގެ ދޮރުމައްޗަށް ސިޓީއާއި ފޮޓޯތައް ދޫކޮށްފައިވަނީ އޭނާދެކެވާ "ލޯތްބެއްގެ ބޮޑުކަމުން" ނެވެ.

ސޯލްގެ ޑިސްޓްރިކްޓް ކޯޓުން މި އަންހެންމީހާގެ މައްޗަށް ވަނީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް، ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފައެވެ.

މި ހުކުމް އިސްތިއުނާފުކޮށް ކާމިޔާބު ނުވެއްޖެނަމަ، އޭނާ ދެކުނު ކޮރެއާއިން ޑީޕޯޓްކޮށްލާނެ ކަމަށް ބެލެވެއެވެ.

ކޯޓުގެ ލިޔެކިޔުންތަކުގައި ނަން ހާމަކޮށްފައިނުވާ މި އަންހެންމީހާ، ސޯލްގައި ހުންނަ ޖަންގްކޫކްގެ ގެއަށް އެންމެ ފުރަތަމަ ގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ ވަނީ އެގޭގެ ވަށައިގެން އުޅެ، ފާރުމަތިން އެކި އެއްޗެހި އުކައި، ދޮރުގެ ހުޅުވިފައި ހުރި ތަންތަނުން ސިޓީތައް އެތެރެއަށް ލާފައެވެ.

އޭގެ މަދު ދުވަސްކޮޅެއް ފަހުން އޭނާ އަލުން އެ ގެއަށް ގޮސް 133 ފަހަރު ރަނގަބީލު ޖަހާފައިވެއެވެ. 

މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ އެ ގެއަށް ވަދެފައިވަނީ ކާބޯތަކެތި ޑެލިވަރީ ކުރަން އައި މީހެއްގެ ފަހަތުން ގޮސް، ގޭގެ އަރިމަތީ ގޭޓަކުންނެވެ. އޭގެ އަނެއް ދުވަހު އޭނާ ދޫކޮށްލީ އެ ގެއާ ކައިރިނުވުމަށް އިންޒާރު ދިނުމަށްފަހުގައެވެ. 

ޖެހިގެން އައި ހަފުތާތަކުގައިވެސް އޭނާ އެ ގެއަށް ދިއުން ހުއްޓާނުލުމުން، ފުލުހުން ވަނީ އެ ގެއާ 100 މީޓަރު ކައިރިއަށް އޭނާ ދިއުން މަނާކޮށް ކުއްލި އަމުރެއް ނެރެފައެވެ.

އެ އަމުރަށްފަހުވެސް އޭނާގެ އަމަލުތައް ހުއްޓާނުލައި، ތަކުރާރުކޮށް ޖަންގްކޫކްގެ ގެއަށް ދިއުމުން، ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ އޭނާގެ މައްސަލަ ޕްރޮސިކިއުޓަރުންނަށް ފޮނުވާފައެވެ.

ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އޭނާ ވަނީ ޖުމްލަ 22 ފަހަރު އެ ގެއަށް ގޮސްފައެވެ.

މި މައްސަލައިގައި ހުކުމް އިއްވަވަމުން ޑިސްޓްރިކްޓް ފަނޑިޔާރު ވިދާޅުވީ، އޭނާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނާތީ، ހުކުމް އިއްވުމުގައި އެކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް، އުމުރުން 30 އަހަރުގެ ޗައިނާ އަންހެނަކު ވަނީ ޖަންގްކޫކް އަސްކަރީ ހިދުމަތް ނިންމިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާގެ ގެއަށް ވަންނަން އުޅެނިކޮށް ހައްޔަރުކޮށްފައެވެ.

މަސްދަރު: ބީބީސީ

ޖަންގްކޫކްބީޓީއެސްދެކުނު ކޮރެއާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި
22 ފެބުރުއަރީ 2026

ބަޣާވާތްކުރަން އުޅުނުކަން ސާބިތުވެ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށް

22 ފެބުރުއަރީ 2026
ބަޣާވާތްކުރަން އުޅުނުކަން ސާބިތުވެ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށް
29 ޖެނުއަރީ 2026

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

29 ޖެނުއަރީ 2026
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި
13 ޖެނުއަރީ 2026

ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި

13 ޖެނުއަރީ 2026
ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި
26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
14 ޑިސެމްބަރު 2024

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް