Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ނިމިފައިވާއިރު، އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަ ކުރެވުނު ކުޅުންތެރިންނަށް ބެލެންޑިއޯ ހޯދުމުގެ ފުރުސަތު ބޮޑުވި ނަމަވެސް، ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ މި އެވޯޑު ލިބުމަށް އޮތް މަޖުބޫރު ޝަރުތެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2026 | އަންގާރަ 05:00
2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު، މެސީ މުބާރާތުގެ ތައްޓާ އެކު

2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު، މެސީ މުބާރާތުގެ ތައްޓާ އެކު | ރޮއިޓާސް

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ނިމުމާ އެކު، ފުޓުބޯޅަ ދުނިޔޭގައި އަބަދުވެސް ދެކެވޭ އެއް ވާހަކަ އަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރާނީ ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމެއްގެ ކުޅުންތެރިއެއް ކަމަށް ބުނާ ވާހަކަ އެވެ. ނަމަވެސް މިއީ ހަގީގަތެއް ހެއްޔެވެ؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ނިމިފައިވާއިރު، އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަ ކުރެވުނު ކުޅުންތެރިންނަށް ބެލެންޑިއޯ ހޯދުމުގެ ފުރުސަތު ބޮޑުވި ނަމަވެސް، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ މި އެވޯޑު ލިބުމަށް އޮތް މަޖުބޫރު ޝަރުތެއް ނޫނެވެ.

މިކަމާ ގުޅޭ ތަފާސް ހިސާބުތަކަށް ބަލާއިރު، 1966 ވަނަ އަހަރު ބޮބީ ޗާލްޓަން، 1982 ވަނަ އަހަރު ޕައޮލޯ ރޮސީ އަދި 1990 ވަނަ އަހަރު ލޮތާ މަތިއަސް ވަނީ އެއް އަހަރެއްގައި ވޯލްޑް ކަޕް އަދި ބެލެންޑިއޯ ކާމިޔާބު ކޮށްފައި އެވެ. ނަމަވެސް، މި ދިރާސާ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ 1995 ވަނަ އަހަރުން ފެށިގެންނެވެ. އެއީ ހަމައެކަނި ޔޫރަޕުގެ ކުޅުންތެރިންނަށް ދެމުން އައި ބެލެންޑިއޯ އެވޯޑު، ދުނިޔޭގެ ހުރިހާ ޤައުމެއްގެ ކުޅުންތެރިންނަށް ހުޅުވާލި އަހަރެވެ.

މި ބަދަލަށް ފަހު، ވޯލްޑް ކަޕް ކާމިޔާބުކުރާ ކުޅުންތެރިޔަކަށް ބެލެންޑިއޯ ލިބުމުގެ ފުރުސަތު އޮތީ 57 އިންސައްތައިގައި އެވެ. 1998 ވަނަ އަހަރު ފްރާންސްގެ ޒިނެދިން ޒިދާން، އަމިއްލަ ޤައުމުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ބެލެންޑިއޯ ހޯދި އެވެ. އޭގެ ހަތަރު އަހަރު ފަހުން، 2002 ވަނަ އަހަރު ބްރެޒިލްގެ ރޮނާލްޑޯ ވެސް ވަނީ މި ކާމިޔާބީ ތަކުރާރުކޮށް ހޯދާފަ އެވެ. އަދި 2006 ވަނަ އަހަރު އިޓަލީގެ ޑިފެންޑަރު ފަބިއޯ ކަނަވާރޯ ވެސް ވަނީ ވޯލްޑް ކަޕާ އެކު މި އެވޯޑް އުފުލާލާފައި އެވެ. ނަމަވެސް މި ސިލްސިލާ މެދު ކެނޑުނީ 2010 ވަނަ އަހަރު އެވެ.

1998 ވަނަ އަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ފްރާންސްގެ ޒިނެދިން ޒިދާން

1998 ވަނަ އަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ފްރާންސްގެ ޒިނެދިން ޒިދާން | ސޯޝަލް މީޑިއާ

2010 ވަނަ އަހަރު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް، އެ ޓީމުގެ އަންދްރޭ އިނިއެސްޓާ އާއި ޒަވީ ހެނާންޑޭޒް ފަހަތަށް ޖައްސާލުމަށް ފަހު، ބެލެންޑިއޯ ކާމިޔާބުކުރީ ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ލިއޮނަލް މެސީ އެވެ. ހަމަ އެގޮތަށް، 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް، އެވޯޑު ހޯދީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި މެނުއަލް ނޯޔާ އާއި ފައިނަލުގައި ކުޅުނު މެސީ އަށް ވެސް ރޮނާލްޑޯއާ ވާދައެއް ނުކުރެވުނެވެ. އަދި 2018 ވަނަ އަހަރު ލޫކާ މޮޑްރިޗް ބެލެންޑިއޯ ހޯދިއިރު، އޭނާ އަކީ ވޯލްޑް ކަޕްގެ ފައިނަލުގައި ބަލިވި ކްރޮއޭޝިއާ ޓީމުގެ ކުޅުންތެރިޔެކެވެ. އެ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސްގެ އެންޓޮއިން ގްރީޒްމަން އަށް ލިބުނީ ތިން ވަނަ އެވެ.

2014 ވަނަ އަހަރުގެ ބެލެންޑިއޯ ކާމިޔާބު ކުރި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ

2014 ވަނަ އަހަރުގެ ބެލެންޑިއޯ ކާމިޔާބު ކުރި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ | ރޮއިޓާސް

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ބަލާއިރު، އާޖެންޓީނާ އާއެކު މުބާރާތް ކާމިޔާބުކުރި ލިއޮނަލް މެސީ ވަނީ 2023 ވަނަ އަހަރުގެ ބެލެންޑިއޯ ކާމިޔާބު ކޮށްފައި އެވެ. މިއާ އެކު ވޯލްޑް ކަޕް އަދި ބެލެންޑިއޯ އެއް އަހަރެއްގައި ކާމިޔާބުކުރި ކުޅުންތެރިންގެ އަދަދު ވަނީ ހަތަކަށް އަރާފައި އެވެ.

2023 ވަނަ އަހަރުގެ ބެލެންޑިއޯ ކާމިޔާބު ކުރި އާޖެންޓީނާގެ ލިއޮނަލް މެސީ

2023 ވަނަ އަހަރުގެ ބެލެންޑިއޯ ކާމިޔާބު ކުރި އާޖެންޓީނާގެ ލިއޮނަލް މެސީ | ރޮއިޓާސް

ނަމަވެސް، 1995 ވަނަ އަހަރުން ފެށިގެން ބަލާއިރު މި ކާމިޔާބީ ހޯދިފައި ވަނީ ހަތް ކުޅުންތެރިންގެ ތެރެއިން އެންމެ ހަތަރު ކުޅުންތެރިންނަށެވެ. އެހެންކަމުން، ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ބެލެންޑިއޯ ހޯދުމަށް ލިބޭ ބޮޑު އެހީ އަކަށް ވީ ނަމަވެސް، އެއީ އެވޯޑު ޔަގީންވާ ކަމެއް ނޫނެވެ. މި ޝަރަފުވެރި އެވޯޑު ހޯދުމަށްޓަކައި ހަމައެކަނި ވޯލްޑް ކަޕުގައި މޮޅުވުމުގެ ބަދަލުގައި، މުޅި ސީޒަނުގައި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެމިހުރުން މުހިންމެވެ.

ފީފާ ވަރލްޑް ކަޕް 2026ބެލެންޑިއޯ އެވޯޑު

އިތުރަށް ކިޔާލަން

21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން
20 ޖުލައި 2026

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ

20 ޖުލައި 2026
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ
20 ޖުލައި 2026

ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!

20 ޖުލައި 2026
ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!
20 ޖުލައި 2026

ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި

20 ޖުލައި 2026
ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި
20 ޖުލައި 2026

ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!

20 ޖުލައި 2026
ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!
19 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

19 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
19 ޖުލައި 2026

ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް

19 ޖުލައި 2026
ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް
19 ޖުލައި 2026

ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް

19 ޖުލައި 2026
ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް
19 ޖުލައި 2026

ތަޖުރިބާކާރު ރެފްރީއެއްގެ ބަސް: ވޯލްޑް ކަޕްގައި އެއްވެސް ޓީމަކަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުމެއް ނުނިންމާނެ!

19 ޖުލައި 2026
ތަޖުރިބާކާރު ރެފްރީއެއްގެ ބަސް: ވޯލްޑް ކަޕްގައި އެއްވެސް ޓީމަކަށް ފައިދާވާ ގޮތަށް ރެފްރީން ނިންމުމެއް ނުނިންމާނެ!
19 ޖުލައި 2026

ކުރިއަށް އޮތް ތަނުގައި ހައިޑްރޭޝަން ބްރޭކް ބޭނުން ކުރާނެ ކަމުގެ ޔަޤީން ކަމެއް ފީފާ އަކަށް ނެތް!

19 ޖުލައި 2026
ކުރިއަށް އޮތް ތަނުގައި ހައިޑްރޭޝަން ބްރޭކް ބޭނުން ކުރާނެ ކަމުގެ ޔަޤީން ކަމެއް ފީފާ އަކަށް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު