Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީރާން ހަނގުރާމަ

އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިން އިންސައްތައަށް އުފުލިއްޖެ. މި ހާލަތުގެ ސަބަބުން ތެޔޮ އުފުލާ އުޅަނދުފަހަރަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ބައެއް އުޅަނދުތަކުން މިހާރު ދަނީ އޮމާންގެ އައްސޭރިފަށުން ބަދަލު މަގުތައް ބޭނުންކުރަމުން.

ރާއްޖެ އެމްވީ | 20 ޖުލައި 2026 | ހޯމަ 07:40
2026 މާރިޗު 30 ވަނަ ދުވަހު، ޖަޕާނުގެ އިހިމޭ ޕްރިފެކްޗަރގެ އިމަބާރީ ސިޓީގެ ކިކޫމާ-ޗޯގެ ތާނޭ ސަރަހައްދުން ދަތުރުކުރި މި ޓޭންކަރަކީ، ހުރްމޫޒް ކަނޑުއޮޅި ހުރަސްނުކޮށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) އުފުލި އުޅަނދެއް

2026 މާރިޗު 30 ވަނަ ދުވަހު، ޖަޕާނުގެ އިހިމޭ ޕްރިފެކްޗަރގެ އިމަބާރީ ސިޓީގެ ކިކޫމާ-ޗޯގެ ތާނޭ ސަރަހައްދުން ދަތުރުކުރި މި ޓޭންކަރަކީ، ހުރްމޫޒް ކަނޑުއޮޅި ހުރަސްނުކޮށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) އުފުލި އުޅަނދެއް | ގެޓީ އިމޭޖަސް


އެމެރިކާއާއި އީރާނާ ދެމެދު އެއް ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން ބަދަލުކުރަމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން، އާދީއްތަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް ތިން އިންސައްތައަށް އުފުލިއްޖެ އެވެ.

ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށް ބަލާ ބްރެންޓް ކްރޫޑްގެ އަގު ތިން އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު މިހާރު ހުރީ 90.78 ޑޮލަރުގައެވެ. އަދި އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގުވެސް ގާތްގަނޑަކަށް ތިން އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 84.85 ޑޮލަރަށް އުފުލިފަ އެވެ.

ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ ސަޕްލައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު މިދިޔަ ހަފުތާގައި ގޯސްވުމާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ މަދުވާން ފަށާފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށް (ނޭވަލް ބްލޮކޭޑް)، ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކުރުވާފަ އެވެ.

މި ހާލަތާ ގުޅިގެން ބައެއް އުޅަނދުފަހަރު މިހާރު ދަތުރުކުރަމުންދަނީ އީރާނުގެ ސަރުކާރުން ހުއްދަ ނުދޭ، އޮމާންގެ އައްސޭރިފަށުގެ މަގުތައް ފަދަ ބަދަލު މަގުތަކުންނެވެ.

އެމެރިކާ-އީރާންބްރެންޓް ކުރޫޑްހުރްމުޒް ކަނޑުއޮޅިތެލުގެ އަގު

އިތުރަށް ކިޔާލަން

20 ޖުލައި 2026

އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން

20 ޖުލައި 2026
އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން
20 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި

20 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި
20 ޖުލައި 2026

އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

20 ޖުލައި 2026
އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
20 ޖުލައި 2026

އީރާނުގެ ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ

20 ޖުލައި 2026
އީރާނުގެ ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ
19 ޖުލައި 2026

ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ

19 ޖުލައި 2026
ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ
19 ޖުލައި 2026

އީރާނުން އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާ ވީޑިއޯ އެއް ހާމަކޮށްފި

19 ޖުލައި 2026
އީރާނުން އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާ ވީޑިއޯ އެއް ހާމަކޮށްފި
19 ޖުލައި 2026

އާދިއްތަ ދުވަހު އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން ބުނެފި، ބަހްރައިންގައި އިންޒާރުގެ ސައިރަން އަޅައިފި

19 ޖުލައި 2026
އާދިއްތަ ދުވަހު އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން ބުނެފި، ބަހްރައިންގައި އިންޒާރުގެ ސައިރަން އަޅައިފި
19 ޖުލައި 2026

އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު

19 ޖުލައި 2026
އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު
18 ޖުލައި 2026

ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

18 ޖުލައި 2026
ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު