Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ރާހުލް ގާނދީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ނީޓް އިމްތިހާނުގެ މައްސަލައިގައި ދަރިވަރުން ކުރި މުޒާހަރާއަށް ފުލުހުން ހުރަސްއެޅުމުން، އެކަމާ ދެކޮޅަށް އިންޑިއާގެ އިދިކޮޅު ލީޑަރުން ކުރިއަށްގެންދިޔަ އިހުތިޖާޖު ފުލުހުން ރޫޅާލައި ބައެއް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. ކޮންގްރެސް ޕާޓީން ދަނީ އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި، ދަރިވަރުންނަށް ކުރި އަނިޔާތައް ތަހުގީގު ކުރުމަށް ބާރުއަޅަމުން.

ރާއްޖެ އެމްވީ | 21 ޖުލައި 2026 | އަންގާރަ 15:39
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނާ އެކު ހުންނަވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީ އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނާ އެކު ހުންނަވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީ އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ސޯޝަލް މީޑިއާ

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ ގެކޮޅު ކުރިމަތީގައި އިށީނދެވަޑައިގެން މުޒާހަރާ ކުރައްވަމުން ގެންދަވަނިކޮށް، ކޮންގްރެސްގެ ލީޑަރުން ކަމަށްވާ ރާހުލް ގާނދީ އާއި ޕްރިޔަންކާ ގާނދީ ވަދްރާގެ އިތުރުން ސަމާޖްވާދީ ޕާޓީގެ ރައީސް އަކިލޭޝް ޔާދަވް އާއި އިދިކޮޅު އެހެން ލީޑަރުން ދިއްލީ ފުލުހުން އަންގާރަ ދުވަހު އެ ސަރަހައްދުން ގެންގޮސްފި އެވެ.

Your browser does not support the video tag.

އިންޑިއާގެ މީޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި އެބޭފުޅުން ގެންދިޔައީ ފުލުހުންގެ އުޅަނދެއްގަ އެވެ.

ކަރްނާޓަކާ އާއި ކެރެލާގެ މުދީރުލް އާމުންނާއެކު ކޮންގްރެސްގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި މުޒާހަރާ ރާހުލް ގާނދީ ފެއްޓެވީ އަންގާރަ ދުވަހުގެ މެންދުރުފަހު 3:30 ހާއިރު އެވެ. މިއީ އޭގެ ކުރީ ދުވަހު މުޒާހަރާކުރި ދަރިވަރުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ފެށި މުޒާހަރާއެކެވެ. ފުލުހުން އެ ސަރަހައްދު ހުސްކުރަން ފެށުމާއެކު، ސަލާމަތީ ބާރުތަކުން ވަނީ އެ ލީޑަރުން ފުލުހުންގެ ވެހިކަލްތަކަށް އަރުވައިގެން ގެންގޮސްފަ އެވެ.

މި މުޒާހަރާ ނިންމުމަކަށް ގެނައުމަށްޓަކައި ފުލުހުން ހަރަކާތްތެރިވިއިރު، ޕްރިޔަންކާ ގާނދީ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރުވައިގެން ގެންގޮސްފަ އެވެ.

ކޮންގްރެސް ޕާޓީން އަންނަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށާއި، ނީޓް (NEET) އިމްތިހާނުގެ މައްސަލައާ ގުޅޭގޮތުން ޕާލަމެންޓުގައި ބަހުސް ކުރުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން، މުޒާހަރާކުރި ދަރިވަރުންނާ ދެކޮޅަށް ފުލުހުން ހިންގި އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ވަނީ ބާރުއަޅާފަ އެވެ.

އާދިއްތަ ދުވަހު ނިއުދިއްލީގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން އަލްޖަޒީރާގެ ރިޕޯޓަރު ބުނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ހޯމް މިނިސްޓަރު އަމިތު ޝާހް އަދި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން ވަކިވުމަށް އިދިކޮޅު ލީޑަރު ގާނދީ ގޮވާލެއްވި ކަމަށެވެ.

ހައްޔަރުކުރި މީހުން ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓަރު ބުންޏެވެ.

ގާނދީ ނިސްބަތްވާ އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ މެންބަރެއް ކަމަށްވާ ޕަވަން ކޭރާ ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދިން ގޮތުގައި، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ގާނދީ ގެންގޮސްފަ އެވެ. އަދި ގާނދީގެ ކޮއްކޯފުޅު ޕްރިޔަންކާ ގާނދީއާއި އެ ޕާޓީގެ އިތުރު މެންބަރުންތަކެއް ވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

އިންޑިއާގެ މީޑިއާތަކުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ގާނދީ ބިންމައްޗަށް ވެއްޓިފައި އޮއްވައި ފުލުހުން އޭނާ ހިފެހެއްޓުމުން، މުޒާހަރާގެ ބައިވެރިން ވަނީ އޭނާ ހިމާޔަތްކުރުމަށް މަސައްކަތް ކޮށްފަ އެވެ. 

ސޯޝަލް މީޑިއާގައި ފަހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި ގާނދީއަށް އަނިޔާވެފައިވާ ކަމުގެ ސާފު ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ނިއުދިއްލީގެ އެކި ސަރަހައްދުތަކުގައި ޒުވާނުން އިސްވެ ހިންގާ "ކޮކްރޯޗް މޫވްމަންޓް" ގެ މުޒާހަރާތައް ދެވަނަ ދުވަހަކަށް ކުރިއަށްދަނިކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްތިއުފާ ދެއްވުމަށް ގޮވާލައި، 2026 ޖުލައި 21 ވީ އަންގާރަ ދުވަހު ނިއުދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގޭކޮޅު ކުރިމަތީގައި އިށީނދެވަޑައިގެން މުޒާހަރާ ކުރައްވަމުން ގެންދަވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީ ސަލާމަތީ ބާރުތަކުން ގެންދަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްތިއުފާ ދެއްވުމަށް ގޮވާލައި، 2026 ޖުލައި 21 ވީ އަންގާރަ ދުވަހު ނިއުދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގޭކޮޅު ކުރިމަތީގައި އިށީނދެވަޑައިގެން މުޒާހަރާ ކުރައްވަމުން ގެންދަވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީ ސަލާމަތީ ބާރުތަކުން ގެންދަނީ | ގެޓީ އިމޭޖަސް

ހޯމަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ޕާލަމެންޓާ ދިމާލަށް ހިނގާފައި ދަނިކޮށް، ފުލުހުން ވަނީ ކަރުނަގޭސް ޖަހައި، މުގުރުން ޖަހައި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފަ އެވެ. މިއާއެކު މުޅި ގައުމުގެ ހަމްދަރުދީ މުޒާހަރާގެ ބައިވެރިންނަށް ވަނީ ލިބިފަ އެވެ.

ދިއްލީ ފުލުހުން ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ސަޕޯޓަރުން ރޫޅާލުމަށްޓަކައި ޖެހި ކަރުނަގޭސް އުންޑަތައް ހުއްޓުވުމަށް، އެ ޕާޓީގެ މުޒާހަރާގެ ބައިވެރިއަކު ތަވައަކާއި ތެތް ފޮތިގަނޑެއް ބޭނުންކުރަނީ

ދިއްލީ ފުލުހުން ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ސަޕޯޓަރުން ރޫޅާލުމަށްޓަކައި ޖެހި ކަރުނަގޭސް އުންޑަތައް ހުއްޓުވުމަށް، އެ ޕާޓީގެ މުޒާހަރާގެ ބައިވެރިއަކު ތަވައަކާއި ތެތް ފޮތިގަނޑެއް ބޭނުންކުރަނީ | ގެޓީ އިމޭޖަސް

ދަރިވަރުންގެ އިތުރުން އެކި ދާއިރާތަކުގެ ފަންނީ ފަރާތްތަކާއި އާއިލާތައް ބައިވެރިވާ މި ހަރަކާތަކީ، ފަހުގެ ތާރީޚެއްގައި މޯދީގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މީގެ ސަބަބުން، ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުންކުރާ ގޮތާމެދު ކުރެވޭ ފާޑުކިޔުންތައް ވަނީ އަލުން އާވެފަ އެވެ.

ގާނދީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި، "އިންޑިއާގެ ޒުވާނުންގެ މުސްތަގުބަލު ހަލާކުކޮށްލުމުގެ" ޒިންމާ އުފުއްލަވައި މޯދީ އިސްތިއުފާ ދެއްވަން ޖެހެ އެވެ. "ސަރުކާރުން އެއްވެސް ޒިންމާއެއް އުފުލާކަށް ބޭނުމެއް ނުވޭ، އަދި ޕާލަމެންޓުގައި މިކަމާ ބެހޭގޮތުން ބަހުސްކުރާކަށް ވެސް ބޭނުމެއް ނުވޭ،" ގާނދީ ވިދާޅުވި އެވެ.

އިންޑިއާގެ އިމްތިހާނު ނިޒާމުގައި ހުރި ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވަންދެން އެތަނުގައި ތިބޭނެ ކަމަށް ބުނެ، އަންގާރަ ދުވަހު ނިއުދިއްލީގެ ޖަންތަރު މަންތަރަށް އެތައް ހާސް މީހުން ވަނީ އެއްވެފަ އެވެ. އެ ސަރަހައްދުގައި ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

"އަޅުގަނޑުމެންގެ މުޒާހަރާ ކުރިއަށް ގެންދާނަން،" މީގެ ދެ މަސް ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އިންޑިއާގެ ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރުމުން، އެކަމަށް މަލާމާތްކޮށް އުފެއްދި "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ބާނީ އަބީޖީތު ދިޕްކޭ ބުންޏެވެ.

ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ބާނީ އަބީޖީތު ދިޕްކޭ، މުޒާހަރާއެއްގެ ތެރެއިން މީޑިއާތަކާ ވާހަކަދައްކަނީ

ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ބާނީ އަބީޖީތު ދިޕްކޭ، މުޒާހަރާއެއްގެ ތެރެއިން މީޑިއާތަކާ ވާހަކަދައްކަނީ | ގެޓީ އިމޭޖަސް

މި ހަރަކާތް އިތުރަށް ވަރުގަދަވެގެން ދިޔައީ، ތިން ހަފުތާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރެއްވި މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް، ފުލުހުން ބާރުގެ ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ހާދިސާއަށް ފަހުގަ އެވެ.

ދިއްލީ ފުލުހުން ބުނި ގޮތުގައި މި ކުރިމަތިލުންތަކުގައި 180 އެއްހާ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 118 މެންބަރުންނާއި މުޒާހަރާގެ 60 ބައިވެރިން ހިމެނެ އެވެ.

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ޖަހަނީ

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ޖަހަނީ | ގެޓީ އިމޭޖަސް

މުޒާހަރާގައި ބައިވެރިވި 20 އަހަރުގެ ދަރިވަރެއް ކަމަށްވާ ސޯނާ ބިޝްތު ބުނީ، މި ކުރިމަތިލުންތަކުގެ ސަބަބުން އޭނާގެ އަޒުމް އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

"ސަރުކާރަށް ހީވަނީނަމަ ޒެޑް ޖެނެރޭޝަނާ ދެކޮޅަށް މިފަދަ ކަންކަން ކޮށްގެން އަޅުގަނޑުމެން ހުއްޓުވިދާނެ ކަމަށް، އެއީ ކުށްހީއެއް. އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ތައުލީމާއި އަޅުގަނޑުމެންގެ މުސްތަގުބަލު ރައްކާތެރިކުރުމާ ބެހޭގޮތުން. އަދި އަޅުގަނޑުމެންގެ ޑިމާންޑްތައް ފުރިހަމަވަންދެން މިތަނުން ގުޑައެއް ނުލާނަން،" އޭނާ ބުންޏެވެ.

މަސްދަރު: އަލް ޖަޒީރާ، ޓައިމްސް އޮފް އިންޑިއާ

ނަރެންދުރަ މޯދީ ރާހުލް ގާންދީ ޕްރިޔަންކާ ގާންދީ ވަދްރާކޮކްރޯޗް ޖަނަތާ ޕާޓީ

އިތުރަށް ކިޔާލަން

21 ޖުލައި 2026

އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ

21 ޖުލައި 2026
އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ
20 ޖުލައި 2026

އިންޑިއާގެ ކޮކްރޯޯޗް ޕާޓީގެ އެތައްހާސް ސަޕޯޓަރުން އެ ގައުމުގެ ތަޢުލީމީ ނިޒާމު އިޞްލާހުކުރުމަށް ގޮވާލައި ޕާލަމެންޓާ ދިމާލަށް

20 ޖުލައި 2026
އިންޑިއާގެ ކޮކްރޯޯޗް ޕާޓީގެ އެތައްހާސް ސަޕޯޓަރުން އެ ގައުމުގެ ތަޢުލީމީ ނިޒާމު އިޞްލާހުކުރުމަށް ގޮވާލައި ޕާލަމެންޓާ ދިމާލަށް
07 ޖުލައި 2026

މޯދީގެ އިންޑޮނޭޝިއާ ދަތުރުފުޅުގެ ފޯކަސް އިންޑިއާގެ ބްރަހްމޯސް މިސައިލް ނިޒާމަށް

07 ޖުލައި 2026
މޯދީގެ އިންޑޮނޭޝިއާ ދަތުރުފުޅުގެ ފޯކަސް އިންޑިއާގެ ބްރަހްމޯސް މިސައިލް ނިޒާމަށް
03 ޖުލައި 2026

ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި

03 ޖުލައި 2026
ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
25 ޖޫން 2026

އަލްކާ ޔަގްނިކަށް ޕަދުމާ ބޫޝަން އެވޯޑު ލިބުން.

25 ޖޫން 2026
އަލްކާ ޔަގްނިކަށް ޕަދުމާ ބޫޝަން އެވޯޑު ލިބުން.
21 ޖޫން 2026

"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި

21 ޖޫން 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
07 ޖޫން 2026

ކުރަފި ޕާޓީގެ ފުރަތަމަ މުޒާހަރާ ވެރި ރަށް ނިއު ދިއްލީގައި ބާއްވައިފި

07 ޖޫން 2026
ކުރަފި ޕާޓީގެ ފުރަތަމަ މުޒާހަރާ ވެރި ރަށް ނިއު ދިއްލީގައި ބާއްވައިފި
21 މެއި 2026

ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ

21 މެއި 2026
ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ
25 ފެބުރުއަރީ 2026

އިންޑިއާ އޮންނާނީ ސާބިތުކަމާއެކު އިޒްރޭލާއެކު: މޯދީ

25 ފެބުރުއަރީ 2026
އިންޑިއާ އޮންނާނީ ސާބިތުކަމާއެކު އިޒްރޭލާއެކު: މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު